ސްޓާލިންކް މުޅިދުނިޔެއަށް ފެތުރުމަށް ބާކީ ފަސް ހަފުތާ

ހުސެއިން އާރިފް 30 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މޯބައިލް ވޯލްޑް ކޮންގްރެސް ގައި ސްޕޭސްއެކްސް ގެ ސީއީއޯ އީލާން މަސްކް ދިން ކީނޯޓް ސްޕީޗް އެއްގައި ވާހަކަ ދައްކަމުން ސްޓާލިންކް އިންޓަނެޓް ހިދުމަތް އޮގަސްޓް މަހުގައި މުޅި ދުނިއަށް އިފްތިތާހުކުރާނެ ކަމަށް ބުނެފައިއެވެ. މިމޭރުމުން ވާހަކަ ދައްކަމުން އީލާން ބުނެފައިވަނީ "އޮގަސްޓް މަހުގައި އުތުރާއި ދެކުނު ބިތް ނޫން ދުނިޔޭގެ އެހެން ހުރިހާ ހިސާބަކަށް ސްޓާލިންކް ހިދުމަތް ލިބޭނެ" ކަމަށެވެ.

މިއިއުލާނާއި އެކު މި ހިދުމަތް އިފްތިތާހު ކުރުމާއި ގުޅޭގޮތުން ކުރިން އަންދާޒާ ކުރެވިފައިވާ ތާވަލަށް ވުރެއް ގާތްގަނޑަކަށް 1 މަސްދުވަސް މިވަނީ ކުރިއަށް ޖެހިލައިފިއެވެ. މިދިޔަ ހަފްތާގައި ސްޕޭސްއެކްސް ގެ ރައީސް ގްވީން ޝޮޓްވެލް ބުނެފައިވަނީ ސްޓާލިންކް މުޅިދުނިއެއަށް ފޯރުކޮށްދޭން ފެށޭނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މޯބައިލް ވޯލްޑް ކޮންގްރެސް ގައި އީލާން މަސްކް ވާހަކަ ދައްކަނީ

ސްޓާލިންކް އަކީ 5ޖީ ނެޓްވޯރކް ތަކާއި ފައިބަރ ނެޓްވޯރކް ތަކާއި ދެމެދު ގުޅުވައިދޭ ލިންކް އެއް ކަމަށް ސިފަކުރަމުން އެލަން މަސްކް ބުނެފައިވަނީ "ސްޓާލިންކް އާއި އެކު އުނދަގުލުން ވާސިލް ވެވޭ 3-5 އިންސައްތަ މީހުންނާއި ހަމަ އަށް ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓް ލިބިގެންދާނެ" ކަމަށެވެ. އަދި 12 މަސް ދުވަސް ތެރޭގައި ސްޓާލިންކް ބޭނުންކުރާ ފަސްލައްކަ މީހުން ތިބޭނެއެވެ. އެކަމަށް ބޭނުންވާ ޔޫސަރ ޓާމިނަލްތަކަށް އޮތް ޑިމާންޑް އިންތިހާއަށް އިތުރުވެގެން ގޮސްފައިވާކަމަށާއި އެ ޓާމިންލަތައް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ހަލުވި ދުވެއްޔެއްގައި ދަނީ މަސައްކަތް ކުރެވެމުންނެވެ.

މަސްކު ފާހަގަ ކުރާ އުންދަގުލުން ވާސިލް ވެވޭ އާބާދީ ތަކަށް ސްޓާލިންކް ގެ ހިދުމަތް ހޯދުމަށް ބޭނުންވާ ވަރަށް ތަނަވަސްކަން އެބަހުރި ބާއެވެ. މިހާރު ސްޓާލިންން ޑިޝް އެއްގެ އަގަކީ ޤާތްގަނޑަކަށް 500 އެމެރިކާ ޑޮލަރެވެ. މަސްކް ކުރިން ބުނެފައިވަނީ މިހިދުމަތް ބޭނުން ކުރުމަށް މަހު ފީ އެއް ހިނގާނެ ކަމަށެވެ. އަދި އެފީ އަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށް އެއް އަގެއްގައި (ޓެކްސް ނުހިމަނާ) ގާތްގަނޑަކަށް ކޮންމެ މަހަކު 100 ވަރަކަށް ޑޮލަރެވެ. މި އަގުގައި މިހިދުމަތް ފޯރުކޮށްދެނީ ގެއްލުމުގައި ކަމަށް މަސްކް ވަނީ ފާހަގަ ކޮށްފައެވެ. ހާއްސަކޮށް މިހާރު ބޭނުންކުރާ ޓާމިލް ތަކުގެ ސަބަބުންނެވެ. ސްޕޭސްއެކްސް އިން މަސައްކަތް ކުރަމުންގެންދަނީ ނޭކްސްޓް ޖެނެރޭޝަން ޓަމިނަލް ތަކުގެ އެހީގައި އެހޭދަ ކުޑަކުރުމަށެވެ. އެކުންފުނިން އުންމީދު ކުރަނީ ޓާމިނަލް ތަކުގެ އަގު 350 އާއި 200 އާއި ދެމެދުގެ އަގަކަށް ކުޑަކުރުމަށެވެ.

ސްޓާލިންކް ހިދުމަތް ފޯރުކޮށްދިނުމަށް 1500 އަށްވުރެއް ގިނަ ސެޓެލައިޓް ސްޕޭސްއެކްސް ގެ ފަރާތުން ދުނިޔޭގެ އޯބިޓް ގައި ދައުރުކުރަން ފަށާފައިވެއެވެ. އަދި މިހާރުވެސް މިހިދުމަތް 12 ވަރަކަށް ގައުމަކަށް ދަނީ ލިބެމުންނެވެ. ސްޓާލިންކް ގެ އެކްޓިވް ޔޫޒަރސް ގެ އަދަދު 69،420 އަށް އަރާފައިވާ ކަމަށް ޖޫންމަހުގެ 26 ވަނަ ދުވަހު އީލާން މަސްކް ކުރި ޓްވީޓް އެއްގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލުމަށް :

ސްޓާލިންކް އިންޓަނެޓް ޕްރޮޖެކްޓާ މެދު އެހެން ފިކުރެއް

ސްޕޭސް އެކްސްގެ ސްޓާރލިންކަށް ފަސް ލައްކަ އޯޑަރު ލިބިއްޖެ

ސްޓާލިންކްގެ ހިދުމަތް 2021 ގައި މުޅި ދުނިޔެއަށް ލިބިދާނެ

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.