ވިމެން އިން ޓެކް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އިންތިޚާބުކޮށްފި

2021 ވަނަ އަހަރުގެ ވިމެން އިން ޓެކް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އިންތިޚާބުކޮށް އެކި މަގާމުތަކަށް މީހުން އައްޔަނުކޮށްފިއެވެ. އެއްއަހަރުގެ މުއްދަތަށް ހިންގާ ކޮމިޓީއަށް 5 މެމްބަރުން އިންތިޚާބުކޮށްފައިވެއެވެ.

މި ޖަމްއިއްޔާގެ ރައީސާކަމަށް އިންތިޚާބު ވެފައިވަނީ ހިންދު އަލީއެވެ. ނައިބު ރައީސާއަކަށް އިންތިޚާބު ވެފައިވަނީ މަރިޔަމް އަސްނާ ސައީދުއެވެ. ސެކްރެޓަރީ ޖެނެރަލްއަކަށް އާމިނަތު ފަރުޝާނާ އިންތިޚާބު ވެފައިވާއިރު އިންތިޒާމީ ސެކްރެޓަރީގެ މަގާމަށް ހޮވުނީ އައިޝަތު އަޝްނާ އަބްދުލް ރަޝީދުއެވެ. މީގެ އިތުރުން ޚަޒާންދާރުގެ ގޮތުގައި މަރިޔަމް މަހްރޫސާ ވަނީ ހޮވިފައެވެ.

ހިންގާ ކޮމިޓީގެ އިތުރުން މިޖަމްއިއްޔާގެ އާންމު ގަވާއިދުގައި ކަނޑައެޅިފައިވާ ފަދައިން އެޑްވައިޒަރީ މެމްބަރުންގެ ގޮތުގައި ހަފްސަތު އަލީމް އާއި ނިއުމާ ފާއިޒް ތިއްބަވައެވެ.

މިޖަމްއިއްޔާގެ މަގްސަދަކީ ސައިންސްއާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި، ސައިންސްއާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރި ކުރުވައި ސައިންސްއާއި ޓެކްނޮލޮޖީ ދާއިރާގައި އީޖާދީ އުފެއްދުންތެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ.

ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.