މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އައު ވެބްސައިޓް މިއަދު ޢާންމުކޮށްފިއެވެ. އެއިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު އަދި މިކުރެވުނީ ޕްރީ-ލޯންޗެކެވެ.
އެއިދާރާއިން ކޮށްފައިވާ ޓްވީޓެއްގައި، ވެބްސައިޓް ހެދުމުގައި ޔޫއެންޑީޕީ މޯލްޑިވްސްއިން ދެއްވި އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކޮށްދެއްވި ލޫޕްކްރާފްޓްގެ ނަންވެސް ފާހަގަކުރެއްވިއެވެ.
އެއިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދުގެ ޕްރީލޯންޗަށްފަހު ރަސްމީކޮށް ލޯންޗުކުރުމުގެ ކުރިން، ވެބްސައިޓްގައި އެއްވެސް މައްސަލައެއް ދިމާވޭތޯ ބަލާ އެކަންކަން ހައްލުކުރެވޭނެއެވެ. ޢާންމުންނަށް ވެބްސައިޓް މެދުވެރިކޮށްވެސް ފީޑްބެކް ހުށަހެޅުއްވޭނެކަމަށާއި، ލިބޭ ފީޑްބެކަށް ބަލާ ސައިޓް އިތުރަށް ރަނގަޅު ކުރެވޭނެ ވާހަކަ ދެންނެވިއެވެ. ރަސްމީކޮށް ވެބްސައިޓް އިފްތިތާހު ކުރެވޭނެ ދުވަހެއް އަދި ކަނޑައަޅާފައި ނުވެއެވެ.
މެޓް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި މައިގަނޑުގޮތެއްގައި އައު ވެބްސައިޓްގައި ކުރިއާއި އަޅާބަލާފައި ވަރަށް ގިނަ އިތުރު މަޢުލޫމާތު އެކުލެވިފައިވާނެއެވެ. އަދި ވެބްސައިޓްގެ ފަރުމާއަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާނެއެވެ. އޮޓޮމެޓިކުން އަޕްޑޭޓްވާނެ މޫސުމާބެހޭ އަދި ތިމާވެއްޓާއި ބެހޭ މަޢުލޫމާތު ހާއްސަކޮށް ފާހަގަކޮށްލެއްވިއެވެ. އަދި މިހާރު ވެބްސައިޓް މެދުވެރިކޮށް މޫސުން އަދި ތިމާވެއްޓާއި ބެހޭ މަޢުލޫމާތު ހޯދުމަށް އެދި ހުށަހެޅޭނެއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް