ތަފާތު 24 ޤަޢުމަކުން އޮންލައިން ޕްލެޓްފޯމްތަކުން ކޮންޓަންޓާއި މެދު އަމަލު ކުރާނެ ގޮތް ކަނޑައަޅާ އާ ޤާނޫނުތަކެއް ނުވަތަ އުސޫލުތަކެއް އުފައްދާފައިވާ ކަމަށް ފްރީޑަމް ހައުސްގެ ދިރާސާއަކުން ދައްކައެވެ.
ވޮޝިންޓަން ޑީސީގައި ޑިމޮކްރަސީ އަށް ވަކާލާތު ކުރާ ގްރޫޕެއް ކަމަށްވާ ފްރީޑަމް ހައުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދުނިޔޭގެ އިންޓަނެޓް ގެ މިނިވަންކަން މެދުނުކެނޑި 11 އަހަރު ދަށަށް ދާން ފަށާފައިވެއެވެ.
ފްރީޑަމް ހައުސްއިން ކޮންމެ އަހަރަކުވެސް ނެޓް ރިޕޯޓާއި ބެހޭ ގޮތުން "ފްރިޑަމް އޮން ދަ ނެޓް" ޝާއިއު ކުރާއިރު، 2020 ވަނަ އަހަރު މަދުވެގެން 48 ޤައުމަކުން ޓެކް ކުންފުނިތަކަށް ކޮންޓެންޓާއި ޑޭޓާ އަދި ވާދަވެރިކަމާއި ގުޅޭ އައު ގަވާއިދުތައް ހަދައި، އިންޓަނެޓުގައި ހުންނަ ކޮންޓެންޓާއި މެދު އަމަލު ކުރާ ގޮތާއި ބެހޭ ގޮތުން ހާއްސަ ގޮތްތަކެއް ރާވާފައިވެއެވެ.
އޭގެ ތެރެއިން ބައެއް ގަވާއިދުތަކުގެ ތެރޭގައި ޢައިރު ގާނޫނީ ކޮންޓެންޓް ނެގުމުގެ ޝަރުތުތަކާއި، މިހާރަށްވުރެން ހަރުދަނާކޮށް އަދި ޓްރާންސްޕޭރަންޓުކޮށް ކޮންޓެންޓު ހުރުމަށާއި، ސިޔާސީ އަދި ނޫސްވެރިކަމުގައި ސެންސަރުކުރަން ގޮވާލައި ހިމެނިފައިވާކަމަށް ދިރާސާގައި ބުނެފައިވެއެވެ.
ފްރީޑަމް ހައުސްއިން ބުނާ ގޮތުގައި މި ޓްރެންޑަކީ ހަރުކަށި ފިކުރާއި، އެކްސްޕްލޮއިޓޭޓިވް ވިޔަފާރިތަކާއި، ކުށުގެ އަމަލުތައް ފަދަ މުޖުތަމަޢުގެ ތެރޭގައި ހުރި މައްސަލަތަކުގެ ސަބަބުން ދިމާވެދާނެ ކަންތައްތަކެކެވެ.
ބޮޑެތި ޓެކް ކުންފުނިތައް ރެގިއުލޭޓް ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާރު އަޅަމުން އަންނައިރު، ގެއްލުން ދެނިވި އޮންލައިން ފުރައްސާރައާއި، މަކަރާއި ހީލަތް ހެދުމުގެ މާކެޓް ޕްރެކްޓިސްތައް ހޯދައި އެކަންތައް ހުއްޓުވުމަށް ލިބުނު ޕޮޒިޓިވް ހިޔާލާއި ތާއީދު މަދުކަމަށް މި ރިޕޯޓުން ދައްކައެވެ.
"މިއަހަރު ތަޢާރަފްކުރި މަދު ފިޔަވަޅުތަކެއްގެ ސަބަބުން ޓެކް ބޮޑެތި ކުންފުނިތަކުގެ ޕާފޮމަންސަށް މިހާރަށް ވުރެން ބޮޑަށް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު އޮތް އިރު، އެންމެ ފަސޭހައިން އަމިއްލަ ފާމްތަކަށް ދަޢުލަތާއި ސިޔާސީ ޒިންމާތައްވެސް އުފުލަން ޖެހެނީ ބޭނުންކުރާ މީހުންނަށް އިތުރު ހައްގުތައް ހޯދައިނުދީ" ކަމަށް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
އިންޓަނެޓުގައި ދައްކާ ކޮންޓަންޓް ކޮންޓްރޯލް ކުރުމުގެ ނިޔަތުގައި ވަރަށް ގިނަ ޤަޢުމުތަކުން ދާދިފަހުންވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
- ދުނިޔޭގެ ފެންވަރުގައި އިންޓަނެޓުގެ މިނިވަންކަން ފާއިތުވި 11 އަހަރު ދަށަށް ގޮސްފައިވާ ކަމަށް މި ރިޕޯޓުގައި ބުނެއެވެ.
މިގޮތުން، މިދިޔަ އަހަރު އިންޑިޔާގެ އޮފިޝަލުން ވަނީ މުޒާހަރާތަކާއި ގުޅުން ހުރި ކޮމެންޓްރީތައް އުވާލުމަށާއި، ވެރިކަންކުރާ ޕާޓީން ހިއްސާކުރާ ކޮންޓެންޓްތައް ފްލޭގް ކުރުން ހުއްޓާލުމަށް ޓްވިޓާއަށް ޕްރެޝަރު ކޮށްފައިވެއެވެ.
ނައިޖީރިއާގައި މީސްމީޑިއާ ޕްލެޓްފޯމްތަކުން އެ ޤަޢުމުގެ ރައީސް ކޮށްފައިވާ ޕޯސްޓުތައް ޑިލީޓް ކުރުމާއި ގުޅިގެން އެޤަޢުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޓްވިޓާއަށް ވަނުމަށް ހުރަސްއަޅާފައެވެ.
ހަމަ މިގޮތައް އެމެރިކާގެ ޓެކްސަސްއިންވެސް ވަނީ ޓްވިޓާއާއި ފޭސްބުކް ބޭނުންކުރާ މީހުންގެ ސިޔާސީ ވިސްނުމާއި ގުޅުވައިން ސެންސަރުކުރާ ޕޯސްޓުތަކާއި ބެހޭގޮތުން ސުވާލު އުފައްދައި މި ޕްލެޓްފޯމްތަކާއި ދެކޮޅަށް ދައުވާކުރާނެކަމަށް ބުނެފައެވެ.
މިހާރު ޓްވިޓާއިން ކޮންޓެންޓް ސްކްރީން ނުކުރަނީ ނުވަތަ އުނިކުރަނީ އެ ކުންފުނީގެ ޕޮލިސީއާއި އެއްގޮތަށްކަމަށް ގިނަ ދިރާސާތަކުން ދައްކައެވެ. ނަމަވެސް ޓާގެޓްކޮށް އެހެން މީހަކަށް ގޯނާ ނުވަތަ ފުރައްސާރަކުރުމަކީ ޓްވިޓާގެ ގަވާއިގުތަކާއި ހިލާފު ވެދާނެ ކަމެކެވެ.
ފޭސްބުކްއިން މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ކޮންޓެންޓް މޮޑަރޭޝަނަށް ޤާނޫނީ މިންގަޑުތަކެއް އެ ކުންފުނީގެ ރެގިއުލޭޓަރުން އުފައްދަން ބޭނުންވާ ކަމަށެވެ.
މިމަހު ކުރީކޮޅު ފޭސްބުކްގެ ލީޑަރުންގެ ބައްދަލުވުމެއްގައި ފޯކަސްކޮށްފައިވަނީ މިހާރު ފޭސްބުކް ބޭނުންކުރާ މީހުން ގިނަވެ މި ޕްލެޓްފޯމަކީ މާބޮޑުވެފައިވޭތޯއެވެ.
ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް ނެޓްވޯކް ކަމަށް ފޭސްބުކް ވެފައި، ގާތްގަނޑަކަށް 3 ބިލިއަން މީހުން ފޭސްބުކް ބޭނުންކުރާ އިރުވެސް އެ ކުންފުނިންވަނީ މި ރިޕޯޓާއި ދެކޮޅު ހަދާފައެވެ.
ދިވެހިރާއްޖޭގައި މިވަގުތު އޮންލައިން ކޮންޓަންޓާއި ބެހޭގޮތުން ވަކި ޤާނޫނެއް ފާސްކުރެވިފައި ނުވެއެވެ. އެހެން ނަމަވެސް، ދާދި ފަހުން އިލެކްޓްރޯނިކް މުޢާމަލާތްތަކާއި ބެހޭ ޤާނޫނުގެ ބިލްވަނީ މަޖިލިހަށް ހުށަހަޅާފައެވެ. މިހާރު މި ބިލް ފާސްކުރުމުގެ މަރުޙަލާ އޮތީ ކޮމިޓީގައިކަން މަޖިލިސްގެ ވެބްސައިޓުން ފެންނަން ހާމަކޮށްފައިވެއެވެ.
އަދިވެސް ސައިބާކްރައިމް ޤާނޫނު، ކޮންސިއުމާ ޕްރޮޓެކްޝަން ޤާނޫނު، ޑޭޓާ ޕްރޮޓެކްޝަން / ޕްރައިވެސީ ޤާނޫނުފަދަ ޤާނޫނުތައް ދިވެހިރާއްޖޭގައި އުފެދިފައި ނެތެވެ.
އޭޝިއާ ޕެސިފިކް ޤަޢުމުތަކަށް ބަލާއިރު މިފަދަ ޤާނޫނުތައް ހެދިފައިވަނީ ވަރަށް މަދު ޤަޢުމެއްގައިކަންވެސް ފާހަގަ ކުރެވެއެވެ.
އިތުރަށް ކިޔާލުމަށް:
އިލެކްޓްރޯނިކް މުޢާމަލާތާބެހޭ ބިލު މަޖުލިހަށް ހުށަހަޅައިފި
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.