އެކްސްބޮކްސް ސީރީޒް އެކްސް ކޮންސޯލް އަށް އާބަދަލެއް

އައިމިނަތު މިންހާ 20 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެކްސްބޮކްސް ސީރީޒް އެކްސްގެ ފުރަތަމަ މުރާޖާ ލީކުކޮށްލާފައިވާ ކަމަށް ރިޕޯޓުތަކުން ބުނާއިރު، އަންނަ ބަދަލަކީ މާ ބޮޑު ބަދަލެއް ނޫންކަމަށްވެއެވެ. ރިޕޯޓުތަކުން ބުނާގޮތުގައި ކޮންސޯލް ޖެނެރޭޝަނަކުން އުފައްދާ ފަރާތްތަކުންގެ އަމާޒަކީ ކޮންސޯލްތަކުގެ ޑިޒައިން ބަދަލުކޮށް، އުފެއްދުންތަކުގެ އަގު ކުޑަކުރުމެވެ.

އެކްސްބޮކްސް އިންސައިޑަރ އަދި ނޫސްވެރިޔާ ބްރެޑް ސޭމްސް ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި މައިކްރޮސޮފްޓުން އަންނަނީ ކޮންސޯލްގެ ޗިޕް މުރާޖައާ ކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. "އަހަރެންނަށް ޤަބޫލްކުރެވޭގޮތުގައި އަދި އަހަންނަށް އެނގިފައިވާ ގޮތުގައި މައިކްރޮސޮފްޓުން މަސައްކަތް ކުރަމުން ދިޔައީ ޗިޕްގެ ރިވިއުތަކަށްކަށް" ސޭމްސް ހަމަކުރައްވާފައި ވެއެވެ.

ރަނގަޅު އެކްސްބޮކްސް ރިވިޝަން އެއް ދެން އަންނާނީ ކޮން އިރެއްގައި ކަމާއި މެދު ތަފާތު އެކި ވާހަކަތައް ދެކެވެމުން އަންނަ އިރު، ކުރިއަށް އޮތް އެކްސްބޮކްސް ކޮންސޯލް ހާމަކުރުމަށް މާ ގިނަ ދުވަހެއް ނެތެވެ. އުފެދޭ ސުވާލަކީ ދެން އަންނަ އެކްސްބޮކްސްގެ ރިވިޝަން އަކީ ، އެކްސްބޮކްސް ސީރީޒް އެކްސްގެ ރިވިޝަންއަކަށް ވާނެތޯ ނުވަތަ މުޅިން ތަފާތު އެއްޗަކަށް ވާނެތޯ ކުރެވޭ ސުވާލެވެ. އިންތިޒާރީގައި ތިބެމާތޯއެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.