އިއްޔެ އެކްސްބޮކްސްގެ ދުނިޔެއަށް ބޮޑު ބިންހެލުމެއް އައިސްފައިވަނީ އެކްސްބޮކްސް އެޗީވްމަންޓްސް އުފެއްދުމުގެ އިތުރުން ގޭމް ޕާސް އުފެއްދުމުގެ ފަހަތުގައި ހުރި މީހާ، ކްރިސް ނޮވަކް ގެ ވަކިވެ ދިއުމުންނެވެ.
20 އަހަރަށްފަހު އޭނާ މައިކްރޯސޮފްޓާއި ވަކިވެދިއުމާ މައިކްރޮސޮފްޓުން ގެންނަން އުޅޭ ބޮޑުބަދަލު "އިން-ގޭމް" އިޝްތިހާރުތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެދާނެ އެވެ. ނަމަވެސް ނޮވަކްގެ ވަކިވުން ބައެއް ފަރާތްތަކުން މިކަމާވަނީ ގުޅުވާފައެވެ. އެހެނީ ސޮނީ އިން ވެސް މިހާރު އިއުތިރާފުވެފައި ވަނީ އިން-ގޭމް އިޝްތިހާރުތަކަކީ އެމީހުންވެސް ހިމަނަން ގަސްދުކުރާ އިޝްތިހާރުތަކެއް ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި މައިކްރޮސޮފްޓުން ބޭނުންވަނީ ހަމައެކަނި ވީޑިއޯ ގޭމްތަކުގައި ކުރާ އެޑްތައް ހިމަނަން އެކަންޏެއްނޫނެވެ. އޭގެ އިތުރުން ވީޑިއޯ ގޭމްތަކުގައިވެސް ރަނގަޅު އެޑްތައް ހިމެނޭގޮތަށް މަގުފަހިވާނެ ޓެކްނޮލޮޖީއެ ހޯދުމަށް އެ ކުންފުނިން ދަނީ އަމަލީ ގޮތުން އިންވެސްޓް ކުރަމުންނެވެ. އޭގެ މާނައަކީ ކޮންމެ ވަގުތެއްގައި ވެސް އިސްތިހާރެއް ދައްކާލަން ފަސޭހަކަމާ އެކު ގޭމްތައް އަޕްޑޭޓް ކުރެވޭނެ ގޮތެއް ހެދުމެވެ.
ސޮނީ އިންވެސް ދާދި ފަހުން ވަނީ ގޭމްތަކުގައި އެޑްސް އިމްޕްލިމެންޓް ކުރަން ރާވާފައިވާކަން ހާމަކޮށްފަ އެވެ. އޭގެ މާނައަކީ އެކުންފުނިން މިހާރުވެސް އެޑްތައް ހިމެނުމާ މެދު ވިސްނަމުން ދާކަމެވެ. ނަމަވެސް މިފަދަ ބަދަލެއް ގެނައުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އަތުވެދާނެ ފާޑުކިޔުންތަކާއި، ގެއްލުންތަކަށް ޖަވާބުދާރީވުމުގެ ބަދަލުގައި އެމީހުން ނިވާފަތްގަނޑަކަށް ބޭނުން ކުރަނީ މައިކްރޯސޮފްޓްގެ އިޝާރާތްތަކެވެ.
މި ފަދަ ވިޔަފާރީގެ ދިގު ތާރީޚެއް އޮތް އަނެއް ކުންފުނި، "އީއޭ" އިން ވެސް ބުނެފައި ވަނީ، ފުޓްބޯޅައާ ބެހޭ ގޭމެއް ކަމަށްވާ ، ފީފާގައިވެސް މި ބާވަތުގެ އެޑެއް، ތަންފީޒު ކުރަން ދެކޮޅު ހަދާ ކަމަށާއި، ސީރިއަސް އެޑްތަކެއް ދައްކުވައިދޭ ނަމަ، އެއީ ހަގީގަތުގައި މި ކަހަލަ ގޭމެއް މާ ބޮޑަށް ވެސް ރިއަލިސްޓިކް ވާނެ ކަމެއް ކަމަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.