އީލޮން މަސްކް ޓްވިޓާ އަށް ގެންނާނެ ބަދަލުތަކަކީ ކޮބާ؟

އަޙްމަދު ދާއޫދު 26 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

44 ބިލިއަން ޑޮލަރަށް މަހުޖަނު އީލޮން މަސްކް ޓްވިޓާ ގަންނެފައި ވާއިރު ޓްވިޓަރއަށް ގެންނާނެ ބޮޑެތި ބަދަލުތަކުގެ އިތުރުން ޓްވިޓަރ ބޭނުންކުރާ ހުރިހާ އެންމެންވެސް ވެރިފައިކޮށް ސައްޙަ ކަން ކަށަވަރު ކުރާނެކަމަށް އޭނާބުނެފިއެވެ.

ޓްވިޓަރގެ ބިޑް ކާމިޔާބު ކުރެއްވިޖެކަން އިޢުލާނު ކުރައްވައި ހޯމަ ދުވަހު ނެރުއްވި ޕްރެސް ރިލީސްގައި އޭނާ ބުނެފައިވަނީ މިނިވަން ޚިޔާލަކީ ހަރަކާތްތެރި ޑިމޮކްރެސީއެއްގެ އަސާސް ކަމަށާއި ޓްވިޓާއަކީ ޑިޖިޓަލް ޓައުން ސްކޮޔާ ކަމަށެވެ. އަދި އެ ޕްލެޓްފޯމްގައި އިންސާނިއްޔަތުގެ މުސްތަގުބަލަށް މުހިންމު ކަންކަމާ މެދު ބަހުސް ކުރެވޭ ކަމަށް އޭނާ ހާމަކުރިއެވެ.

އާ ފީޗާސްތަކާއެކު ޕްރޮޑަކްޓް އިތުރުކޮށް، ޓްވިޓަރއަށް އޮތް އިތުބާރު އިތުރުކުރުމަށް އެލްގޮރިދަމްތައް އޯޕަން ސޯސްކޮށް، ސްޕޭމް ބޮޓްތައް ނައްތައިލައި، ހުރިހާ ޔޫޒަރުންގެ ސައްހަކަން ކަށަވަރުކޮށް، ޓްވިޓާ ކުރިއަށްވުރެ ރަނގަޅު ކުރަނެކަމަށްވެސް އެބަޔާނުގައި އޭނާވަނީ ބުނެފައެވެ.

80 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ނާއެކު ޓްވިޓާގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ކުރި މަސްކް ވަނީ މި ހިދުމަތާ މެދު އޭނާގެ އިހުސާސްތައް ތަފްސީލުކޮށް ކިޔައިދޭތާ އަހަރުތަކެއް ވެފަ އެވެ. އޭނާގެ ބިނާކުރަނިވި ޚިޔާލުތަކާއެކު ޓްވިޓާއަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތަކަކީ، އޭނާގެ ކުރީގެ ޓްވީޓްތަކުގެ މައްޗަށް ބިނާކޮށް، ފާޅުކޮށްފައިވާ ޚިޔާލުތައް ކަމުގައި ރެގިއުލޭޓަރުން ދަނީ ބުނަމުންނެވެ.

ޓްވިޓަރއަށް އަންނާނެ ބަދަލު ތަކާއި މެދު ބަލައިލަމާތޯއެވެ.

1.ކޮންޓެންޓް މޮޑަރޭޝަން ލުއިކުރުން

މަސްކް ވަނީ ޓްވިޓާރ އަކީ މި ޒަމާނުގެ "ޑި ފެކްޓާ ޕަބްލިކް ޓައުން ސްކޮޔާ" ކަމުގައި ތަކުރާރުކޮށް ސިފަކޮށްފަ އެވެ.

އެ ގޮތުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ކެޕިޓޮލް އިމާރާތުގައި ހިންގި އިންޤިލާބަށް ފަހު، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޓްވިޓަރ ބޭނުންކުރުން ދާއިމީގޮތެއްގައި މަނާކުރުމަށް ޓްވިޓަރއިން ނިންމި ނިންމުމަށް މަސްކް ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކުރީގެ ރައީސް ޓްރަމްޕް ގެ ޓްވިޓާ އެކައުންޓް އަލުން ބޭނުން ކުރައްވާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފު ނުވި ނަމަވެސް، ޓްރަމްޕްގެ ޓްވިޓާ އެކައުންޓް އަލުން ރީއިންސްޓޭޓް ކުރެވިދާނެ އެވެ.

މަސްކްގެ ކުރީގެ ޓުވީޓުތަކުގެ މައްޗަށް ބިނާކޮށް، އެއްޗެއް ބުނާނަމަ ޓްވިޓާގައި އެންމެ ކުޑަމިނުން ލުއި މޮޑަރޭޝަން އަށް އޭނާ ބާރު އަޅާނެ ކަމަށް ލަފާކުރެވެ އެވެ.

ފާއިތުވެދިޔަ ހަފްތާތަކުގައި މަސްކުވަނީ އޭނާގެ އެ ވިސްނުން ސާބިތުކޮށްދީފައެވެ. އޭނާގެ ސެޓެލައިޓް އިންޓަނެޓް ސްޓާޓްއަޕް ސްޓާލިންކްގައި، ރަޝިއާއިން ގެނެސްދޭ ހަބަރުތައް ބްލޮކް ކުރުމަށް ބައެއް ސަރުކާރުތަކުން އެދުނު އެދުމަށްވެސް އޭނާ ވަނީ ދެކޮޅު ހަދާފަ އެވެ.

2. އަލްގޮރިދަމް ބަދަލުކުރުން

މީގެ ކުރިން ވެސް މަސްކް ފާހަގަކުރި އަނެއް ޕޮއިންޓަކީ މުޖުތަމަޢު ބައްޓަން ކުރުމުގައި ޓްވިޓާގެ ދައުރު ހިމެނޭ ކަމެވެ.

ޓްވިޓާގެ އެލްގޮރިދަމް އަކީ "އޯޕަން ސޯސް" އަކަށް ވާން ޖެހޭ ކަމަށް ޓްވީޓަރ ބޭނުންކުރާ މީހުން ދެކޭތޯ ނުވަތަ ނޫންތޯ މިދިޔަ މަހު އޭނާ ވަނީ އޭނާގެ ފޮލޯވަރުންނަށް ސުވާލު ކޮށްފަ އެވެ.

އެއީ ޓެކްނިކަލް ސްޓަންޓެއް ކަމަށްވެސް ވެދާނެއެވެ. އެކަމަކު އެ ވިސްނުން ގުޅިފައި ވަނީ މިނިވަން ޚިޔާލެއްގެ މައްޗަށް އޭނާގެ އިހުސާސްތަކާކަން ޔަޤީނެވެ.

3. ސްޕޭމް ބޮޓުތައް ނައްތާލުން

މަސްކްގެ ފަރާތުން ހުށަހެޅި އެހެން ބައެއް ހުށަހެޅުންތަކަކީ އެހެން ހުރިހާ ކަމަކަށްވުރެ އޭނާގެ އަމިއްލަ ޓްވިޓާ ބޭނުންކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކާ ހުށަހެޅުންތަކެވެ. މިސާލަކަށް އޭނާ މީގެ ކުރިން ބުނެފައި ވަނީ "ކްރިޕްޓޯ ސްޕޭމް ބޮޓްސް" އިން ސަލާމަތްވާން ބޭނުންވާ ކަމަށެވެ. ކްރިޕްޓޯ ބޭސްޑް ސްކޭމްތަކެއް ކަމަށް ބެލެވޭ އެއްޗެއް ޕްރޮމޯޓްކުރާ ސްޕޭމް އެކައުންޓްތަކެއް މަސްކްގެ ޓްވިޓާ ލައިކް ކުރާކަމަށް އޭނާ ތުހުމަތު ކުރެ އެވެ.

މި ހިދުމަތް ބޭނުން ކުރުމުގައި "ސިންގަލް މޯސްޓް އެންހޭންސިގް ޕްރޮބްލަމް" ގެ ގޮތުގައި ޓްވިޓާގައި މަސްކް ވަނީ ސްޕޭމް މައްސަލަ ފާހަގަކޮށްފަ އެވެ. އަދި ޓްވިޓާގައި އޭނާ ފާޅުގައި ވެސް މި މައްސަލައާ ވަކާލާތު ކުރި އެވެ. "މިކަން ކިހާ ދުވަހެއް ވަންދެން ކުރިއަށް ގެންދަން ޖެހޭތޯ؟" ފެބްރުއަރީ މަހު އޭނާ ސުވާލު ކުރިއެވެ.

ޓެޑްއަށް އޭޕްރީލް 14 ގައި ދިން އިންޓަވިއުއެއްގައި މަސްކް ވަނީ ޓްވިޓާގަތުމަށްފަހު ފުރަތަމަ ކުރާނެ ކަމެއްގެ ގޮތުގައި މި މައްސަލަ ފާހަގަކޮށްފަ އެވެ. "އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދޭނީ ސްޕޭމް އަދި ސްކޭމް ބޮޓްތައް ނައްތާލައި، ޓްވިޓާގައި އުޅޭ ބޮޓް އާމީތައް ނައްތާލަން،" އޭނާބުނެފައިވެ އެވެ.

4. އެޑިޓް ބަޓަން އެޑް ކުރުން

މަސްކް އަކީ ޓްވިޓާ ބޭނުންކުރާ ފަރާތްތަކުން މީގެ އަހަރުތަކެއް ކުރިން ރިކުއެސްޓް ކުރަމުން އައި އެޑިޓް ބަޓަން އަށް ތާއީދުކުރާ މީހެކެވެ.

ޓްވިޓާއިން ކޮންމެވެސް ދުވަހަކުން އެ ކުންފުނީގެ ހިދުމަތަށް އެޑިޓް ފަންކްޝަނެއް އިތުރުކުރާނެ ކަމަށް އޭނާ ކުރާ ދިގު އުންމީދަށް އޭނާ ތާއީދުކުރީ، ޕޯސްޓް ކުރާ ވަގުތުން ފެށިގެން، އެންމެ މަދުވެގެން، ބޭސިކް ސްޕެލިންގް އެރަރސް ނުވަތަ އޮޅުން އަރާ ލިންކްތައް ރަނގަޅު ކުރުމުގެ ގާބިލްކަން ޓްވިޓާއިން ލިބި، އެ ފަންކްޝަން ގެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކަށް ރަނގަޅު ކުރެވޭނެ ގޮތް ހެދުމަށް ޓަކައެވެ. އޭނާގެ 80 މިލިއަން ފޮލޯވަރުންގެ ތެރެއިން ގިނަ ބަޔަކުވަނީ މިދިޔަ މަހު އޭނާ ނެގި ޕޯލްއެއްގައި މި ފަންކްޝަން އިތުރުކުރުމަށް ތާއީދުކޮށްފަ އެވެ.

ދާދިފަހުން ޓްވިޓަރއިން ވަނީ އެ ފަންކްޝަނަލިޓީގެ މަސައްކަތް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާކަމަށް ބުނެފައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.