ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އެކު މިހާރު ފައިނޭންސިންއާއި ބޭންކިން ސެކްޓާއަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިހާރު މިފަދަ ފައިނޭންޝަލް ހިދުމަތްތައް ޑިޖިޓަލް ކުރެވެމުންދާ މިންވަރު މިވަނީ ވޭތުވެ ދިޔަ އަހަރުތަކާއި ބަލާއިރު ވަރަށް ގިނަ ވެފައެވެ.
މި ޑިޖިޓަލައިޒޭޝަނާއި އެކު ފިންޓެކް، ބްލޮކްޗެއިން، އާޓިފިޝަލް އިންޓަލިޖަންސް، ޑިޖިޓަލް އެސެޓްސް، ބިޓްކޮއިންއާއި މެޝިން ލާނިން ކޮންމެ ކަލްޗާއަކަށްވެސް މިދަނީ މަޑުމަޑުން ވަންނަމުންނެވެ.
އެހެންކަމުން ކޮންމެ ޤަޢުމަކުންވެސް އެމީހުންގެ އެންމެ މަތީ ފަންތީގެ ފައިނޭންޝަލް ރެގިއުލޭޝަން މުއައްސަސާތަކުން މިކަންތަކަށް ސަމާލުކަންދީ، މިފަދަ ބަދަލުގެ ސަބަބުން އާންމުންނަށާއި މުޅި މުޖުތަމަޢުއަށް އައިސްފާނެ ބަދަލުތަކަށް ބަލަމުންދެއެވެ.
"ކްރިޕްޓޯ ސްޕޭސްގައި އަންނަ މާކެޓްޕްލޭސް ބަދަލުގެ ބާރުމިނާއި ބޮޑުމިން - ކްރިޕްޓޯއެސެޓްސް، ބްލޮކްޗެއިންސް، ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީތަކާއި، ޑީފީ، ވެބް3، ޑީއޭއޯސް، މެޓަވާސް - މިއީ އަހަރެމެންގެ ހަޔާތުގައި މިހާތަނަށް ފެނުނު އެންމެ ތަފާތު ކަންތައްތައް" ކަމުގައި އެލަޔަންސް ފޯ އިނޮވޭޓިވް ރެގިއުލޭޝަންގެ ސީއީއޯ، ޖޯ އޭން ބެރޯފޫޓް ވިދާޅުވިއެވެ.
ސެނެޓް ބޭންކިން ކޮމިޓީގެ ކުރީގެ ޑެޕިއުޓީ ކޮންޓްރޯލަރު ޖޯ އޭން މީގެ އިތުރަށް ހާމަކުރީ ރެގިއުލޭޓަރުންނަށް މިފަދަ ކަންތައްތައް ރެގިއުލޭޓް ކުރުމަށް އަދި ނޭގޭ ކަމާއި މިފަދަ އިނޮވޭޝަންތަކަކީ ކޮބައިކަންވެސް އަދި ރަނގަޅަށް ނޭނގޭ ކަމަށެވެ.
ގަވަނަމެންޓް އެކައުންޓަބިލިޓީ އޮފީސްގެ (ޖީ.އޭ.އޯ) ރިޕޯޓުތަކުން އެމީހުން ފާހަގަކޮށްފައިވަނީ މިފަދަ އިނޮވޭޝަންތަކަކީ އެއާއި އެކު ވަރަށް ބައިވަރު އެހެނިހެން އުނދަގޫތަކެއް ހުރި އިނޮވޭޝަންތަކެއް ކަމުގައެވެ.
"ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަ ކުރުމަށް އިޤްތިޞާދުތައް ބަރޯސާވަނީ މަރުކަޒީ އިދާރާތަކަށާއި އިތުބާރުކުރެވޭ އިންޓަރމީޑިއަރީތަކަށް. ބްލޮކްޗެއިނަކީ އެފަދަ ބޭނުންތެރިކަން ކުޑަކުރެވިދާނެ ޓެކްނޮލޮޖީއެއް"، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އޮފީހުން މާޗް މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.
އަދި ބްލޮކްޗެއިން ބޭސްޑް ފައިނޭންޝަލް އެޕްލިކޭޝަންތަކުގެ ސަބަބުން ނާޖާއިޒު ގޮތުގައި ހަރަކާތްތެރިވުމަށް މަގުފަހިވެ، ޓްރެޑިޝަނަލް ފައިނޭންސްއާއި އަޅާ ބަލާއިރު ކޮންސިއުމަރުންނާއި އިންވެސްޓަރުންގެ ރައްކާތެރިކަން ކުޑަކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޖީ.އޭ.އޯއިން ހާމަކޮށްފައިވަނީ ބްލޮކްޗެއިނަކީ ބައެއް އެޕްލިކޭޝަންތަކަށް ވަރަށް ބޭނުންތެރި އެއްޗެއް ކަމަށެވެ. ނަމަވެސް، ބައެއް އެޕްލިކޭޝަންތަކަށް ވަރަށް ލިމިޓްވެފައި ބްލޮކްޗެއިނުން މިފަދަ ޓެމްޕަރިން ކުރުމަށް ދެކޮޅު ހެދުމަކީ އެހާ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ޖީ.އޭ.އޯއިން ބުނެއެވެ.
އިންޓަނޭޝަނަލް އޯގަނައިޒޭޝަން އޮފް ސެކިއުރިޓީޒް ކޮމިޝަންސް އިން މިދިޔަ މަހު އިންޒާރު ދީފައި ވަނީ، ލާމަރުކަޒީ އުސޫލުން ފައިނޭންސް، ނުވަތަ ޑީފީ، ބޭންކުތަކާއި ބްރޯކަރުން، ގާތުން ރެގިއުލޭޓް ކުރާ މުއައްސަސާތައް ފަދަ އިންޓަރމީޑިއަރީތައް އުވާލެވިދާނެ ކަމަށެވެ.
އޭގެ ނަތީޖާއަކަށް ވާނީ އިންވެސްޓަރުންނަށް ލަފާ ނުލިބުމާއި ކެޕިޓަލް ކޮންޓްރޯލް ނެތުމާއި ކޮމްޕްލަޔަންސް ފިޔަވަޅުތައް އެޅުން ކަމަށް ވެދާނެ ކަމަށް ވެސް ބުންޏެވެ.
މިފަދަ ޓެކްނޮލޮޖީތަކުން ޑެސްޓޮޕިއަން ވާސަސް ޔޫޓޯޕިއަން މޮމެންޓެއް ލިބޭ ކަމުގައިވެސް ފިންޓެކްގެ މާހިރުން ބުނެއެވެ.
ޖޯ އޭން ބުނެފައިވަނީ ފައިނޭންސްގައި އައު ޓެކްނޮލޮޖީތައް ރެގިއުލޭޓް ކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ދެނެގަތުމުގައި ރެގިއުލޭޓަރުންނަށް ހީވެސް ނުކުރާ ވަރުގެ ބޮޑެތި ގޮންޖެހުންތަކާއި ދަނީ ކުރިމަތި ވަމުންނެވެ. ކުރީގެ ބޭންކް ރެގިއުލޭޓަރެއްގެ ހައިސިއްޔަތުން ވާހަކަ ދައްކާއިރު، އަޅުގަނޑަށް ހީވަނީ އެބޭފުޅުންނަށް އެޅޭނެ އެންމެ ރަނގަޅު އެއް ފިޔަވަޅަކީ، މި ޓެކްނޮލޮޖީތައް ރެގިއުލޭޓަރުން އަމިއްލަޔަށް އެމީހުންގެ މުއައްސަސާ މެދުވެރިކޮށް ބޭނުންކުރަން ފެށުންކަމުގައިވެސް އޭނާ ބުންޏެވެ.
ޖީ.އޭ.އޯއިންނާއި އެކި ފައިނޭންޝަލް މުއައްސަސާތަކުގެ ރެގިއުލޭޓަރުން ފަހުގެ މި އިނޮވޭޝަންތައް ބަލައި ދިރާސާ ކުރަމުންދާއިރު މި ޓެކްނޮލޮޖީތަކުގައި ހުރި ރަނގަޅު ކަންކަމާއި ގޯސް ކަންތައްވެސް ދަނީ ބަލަމުންނެވެ. ގިނަ މީހުން ދެކެނީ މިއީ ކްލައިމެޓް ޗޭންޖަށާއި ގްލޯބަލް ވާމިންއަށް ބޮޑު ޗެލެންޖެއް ކަމުގައެވެ.
އެގޮތުން، ޖީ.އޭ.އޯގެ ރިޕޯޓުން ދައްކާފައިވާ ހެކިތަކުން އިނގޭ ގޮތުގައި ބްލޮކްޗެއިން ފަދަ ޓެކްނޮލޮޖީތަކުން ޓްރެޑިޝަނަލް ސެންޓްރަލައިޒްޑް ޑޭޓާބޭސްއަކަށްވުރެން ގިނަ ހަކަތަ ބޭނުން ކުރެއެވެ. މިއީ އެ ޓެކްނޮލޮޖީގައި ޓްރާންސެކްޝަންތަކުގެ ކޮޕީތައް އެކި ކޮމްޕިއުޓަރުތަކުގައި ބެހެއްޓުމަށް ބޭނުންވާތީވެ ކަމަށް ބެލެވެއެވެ.
އެނާޖީ ޖޯނަލްއިން 2019 ވަނަ އަހަރު ކުރި ދިރާސާއަކުން އެސްޓިމޭޓް ކުރާ ގޮތުގައި ދުނިޔޭގެ މިވަގުތު އެންމެ މަޝްހޫރު ޑިޖިޓަލް ކްރިޕްޓޯކަރަންސީ، ބިޓްކޮއިންއިން އަހަރެއްގެ މައްޗައް ގާތްގަނޑަކަށް 22 މިލިއަން ޓަނުގެ ކާބަންޑައިއޮކްސައިޑް ބޭރުކުރެއެވެ.
ގެލެކްސީ ޑިޖިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން (އެސެޓް މެނޭޖް ކުރާ ކުންފުންޔެއް) 2021 ގައި ލަފާކޮށްފައިވަނީ ބިޓްކޮއިން ނެޓްވޯކްތަކުން ބޭންކިން ނުވަތަ ރަނުގެ އިންޑަސްޓްރީއިން ބޭނުންކުރާ ވަރަށް ވުރެން ގިނަ ހަކަތަ ބޭނުން ކުރާ ކަމަށެވެ.
މިހުރިހާ ކަމެއް މިގޮތައް އޮތްކަމުގައިވީނަމަވެސް، ޑިޖިޓަލް ޓެކްނޮލޮޖީއާއި ފިންޓެކްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ މާހިރުން ލަފާ ކުރަނީ ނުހުއްޓި ކުރި އަރައިގެންދާނެ ކަމުގައެވެ.
އެހެންކަމުން ގިނަ ޤަޢުމުތަކުން އެމީހުންގެ ފައިނޭންޝަލް ރެގިއުލޭޝަން އޮތޯރިޓީތަކުން މިކަންތައްތަކަށް ސަމާލުވެ، ކަމާ ބެހޭ މާހިރުންގެ ލަފާ ހޯދައި ކަންތައް ކުރާނެ ގޮތްތައް ދަނީ ބަލަމުންނެވެ. މިފަދަ ފަހުގެ ޓެކްނޮލޮޖީތައްވެސް ރެގިއުލޭޓް ވެގެން ދިއުމަކީ ކޮންމެ މުޖުތަމަޢުއަކަށްވެސް މުހިންމު ކަމެކެވެ.
އިތުރަށް ކިޔާލުމަށް:
ކްރިޕްޓޯކަރަންސީ އެނގެނީ ކިހާ މިންވަރަކަށް؟
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.