މައިކްރޮސޮފްޓުން ވިންޑޯޒް 11 އަށް ވިޝުއަލް ސްޓޫޑިއޯ 2022 ގެ ARM64 ޕްރިވިއު ބިލްޑް ނެރެފި އެވެ
މައިކްރޮސޮފްޓުން ވިޝުއަލް ސްޓޫޑިއޯ 2022ގެ ފުރަތަމަ ބިލްޑް ނެރެފައި ވާއިރު، އެއީ އޭއާރްއެމް64 އަރކިޓެކްޗާއަށް ނެޓިވްކޮށް ކޮމްޕައިލްކޮށްފައިވާ ބިލްޑެކެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބިލްޑް 2022 ގައި މިވާޝަން ނެރޭނެ ކަމަށް އެ ކުންފުނިން އިއުލާން ކުރިއިރު، އޭގެ އަސްލު ޕްރޮގްރާމް އަދި ތައްޔާރު ނުވި ނަމަވެސް، ވިޝުއަލް ސްޓޫޑިއޯގެ އާ ވަރޝަން ޕްރިވިއު ފޯމުގައި މިހާރު އެވަނީ ނެރެފަ އެވެ.
ވިޝުއަލް ސްޓޫޑިއޯގެ ސީނިއާ ޕްރޮގްރާމް މެނޭޖަރެއް ކަމަށްވާ މާކް ޑައުނީ ވިދާޅުވީ މި ޕްރިވިއުއާއެކު ، އެމީހުންގެ މުހިންމު އަމާޒަކީ އޭއާރުއެމް64 ގައި ހިންގާ އެޕްތައް ބިނާކުރާ ޑިވެލޮޕަރުން ބޭނުންކުރާ އެންމެ މަގުބޫލު ވޯކްލޯޑްތައް ތައާރަފްކޮށް ސްޓޭބަލް ކުރުމާއި، ޖެނެރަލް އެވޭލަބިލިޓީއާ ދިމާއަށް މަސައްކަތް ކުރާއިރު އިތުރު ތަޖުރިބާތަކާއި ވޯކްލޯޑްތަކަށް އިސްކަން ދިނުމަށް އެހީތެރިވުމަށް ކޮމިއުނިޓީގެ ފީޑްބެކް އެއްކުރުން ކަމުގައެވެ.
އެ ކުންފުނިން ބުނާ ގޮތުގައި އޭއާރްއެމް64 ޑިވެލޮޕްމަންޓަކީ ދިގު މުއްދަތަކަށް ކުރާ އިންވެސްޓްމަންޓެއް ކަމަށާއި، އެ އިންވެސްޓްމަންޓަކީ ވިންޑޯޒް 11 ޑިވެލޮޕަރ ޓޫލްޗޭން އޭއާރްއެމްއަށް ގެނައުމުގެ ފެށުން ކަމަށެވެ. މި ފުރަތަމަ ޕްރިވިއުއާއެކު، ގިނަ އެޕްތަކަށް ސަޕޯޓް ކުރާނެއެވެ.
އެގޮތުން މި ފުރަތަމަ ޕްރިވިއު ރިލީޒްގައި ވިންޑޯޒް ފޯމްސް، ޑަބްލިޔުޕީއެފް، އަދި ވެބް އެޕްތަކަށް ވެސް ސަޕޯޓް ހިމެނޭނެއެވެ. ނަމަވެސް ވިންޑޯޒް އެޕް އެސްޑީކޭ، .ނެޓް އެމްއޭޔޫއައި، އަދި ޔޫޑަބްލިޔުޕީ އެޕްތަކަށް ސަޕޯޓް ލިބޭނީ ފަހުގެ ޕްރިވިއުތަކުގައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.