މެޓާ ކުންފުނިން ހިންގަމުންގެންދާ ފޭސްބުކް އިން ކުރަމުންގެންދާ ގްރޫޕް ޗެޓްތަކާއި އަދި ހަދާފައިވާ ތަފާތު ގްރޫޕްތައް މިހާރު ފެންނަ ގޮތް ބަދަލުކޮށް ގްރޫޕްތަކުގެ މަލަމަތި ފެންނަ ގޮތް ޓެސްޓް ކުރުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.
މިހާރު ސޯޝަލް މީޑިޔާގެ ތަފާތު މީޑިއަމްތަކުން އާއްމުވެފައިވާ ބައެއް ސްކުރީން ސޮޓްތަކުން ފެނިގެންދާ ގޮތުގައި ފޭސްބުކަށް މި ގެންނަ ބޮޑު ބަދަލު އެންމެ ބޮޑަށް ވައްތަރުވެގެން ދަނީ އޮންލައިންކޮށް ގޭމު ކުޅޭ ފަރާތްތަކުގެ މެދުގައި ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ އެޕްލިކޭޝަނެއް ކަމަށްވާ "ޑިސްކޯޑް"ގެ އިންޓަފޭސްއާ އެވެ.
މިގޮތުން މިހާރު ފެނިގެން ގޮސްފައިވާ އިންޓަރފޭސްގައި ބޭނުންކޮށްފައިވާ ކުލައަކީވެސް ޑިސްކޯގައި ބޭނުންކޮށްފައިވާ ފަދަ ދަނބު ކުލައާއި ދާދި އެއްގޮތް ކުލައެކެވެ. ގްރޫޕްތަކުގައި ބޭނުންކުރުމަށް ޗެނެލްތަކުގެ ލިސްޓެއް ހިމެނޭއިރު ، މި ޗެނަލްތައް ބޭނުންކޮށްގެން އޯޑިއޯ ރޫމްސް އާއި ފީޑް ރޫމްސްތައް ހެދި އަދި މެސެޖުވެސް ކުރެވޭނެއެވެ. މި އާ އިންޓަފޭސްގައި އަރިމަތި ބާ އިންނަނީ ވާތްފަރާތުގައެވެ. މިހާރު ފެނިގެންދާން މިއުޅޭ ބަދަލުގައި މެސެޖުކުރެވޭ ބައި ފޭސްބުކުގައި މިހާރުވެސް ބޭނުންކުރެވޭ މެސެންޖާ އާއި އެއްގޮތް ކަމެއް ހުރި ނަމަވެސް އޯޑިއޯ ރޫމްސް ބޮޑަށް ވައްތަރުވެގެން ދަނީ ޑިސްކޯޑްގެ އޯޑިއޯ ރޫމްސް އިންނަ ގޮތާއެވެ.
މެޓާ އިން ފޭސްބުކަށް ގެންނަށް މިއުޅޭ ބަދަލުވެގެންދާނީ ފޭސްބުކްގައި ގްރޫޕްތައް ގެންގުޅޭ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށެވެ.
މޭޓާ ކުންފުނިން ހިންގަމުންގެންދާ ފޭސްބުކް އިން ކުރަމުންގެންދާ ގްރޫޕް ޗެޓްތަކާއި އަދި ހަދާފައިވާ ތަފާތު ގްރޫޕްތައް މިހާރު ފެންނަ ގޮތް ބަދަލުކޮށް ގްރޫޕްތަކުގެ މަލަމަތި ފެންނަ ގޮތް ޓެސްޓް ކުރުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.
މިހާރު ސޯޝަލް މީޑިޔާގެ ތަފާތު މީޑިއަމްތަކުން އާއްމުވެފައިވާ ބައެއް ސްކުރީން ސޮޓްތަކުން ފެނިގެންދާ ގޮތުގައި ފޭސްބުކަށް މި ގެންނަ ބޮޑު ބަދަލު އެންމެ ބޮޑަށް ވައްތަރުވެގެން ދަނީ އޮންލައިންކޮށް ގޭމު ކުޅޭ ފަރާތްތަކުގެ މެދުގައި ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ އެޕްލިކޭޝަނެއް ކަމަށްވާ "ޑިސްކޯޑް"ގެ އިންޓަފޭސްއާ އެވެ.
މިގޮތުން މިހާރު ފެނިގެން ގޮސްފައިވާ އިންޓަރފޭސްގައި ބޭނުންކޮށްފައިވާ ކުލައަކީވެސް ޑިސްކޯގައި ބޭނުންކޮށްފައިވާ ފަދަ ދަނބު ކުލައާއި ދާދި އެއްގޮތް ކުލައެކެވެ. ގްރޫޕްތަކުގައި ބޭނުންކުރުމަށް ޗެނެލްތަކުގެ ލިސްޓެއް ހިމެނޭއިރު ، މި ޗެނަލްތައް ބޭނުންކޮށްގެން އޯޑިއޯ ރޫމްސް އާއި ފީޑް ރޫމްސްތައް ހެދި އަދި މެސެޖުވެސް ކުރެވޭނެއެވެ. މި އާ އިންޓަފޭސްގައި އަރިމަތި ބާ އިންނަނީ ވާތްފަރާތުގައެވެ. މިހާރު ފެނިގެންދާން މިއުޅޭ ބަދަލުގައި މެސެޖުކުރެވޭ ބައި ފޭސްބުކުގައި މިހާރުވެސް ބޭނުންކުރެވޭ މެސެންޖާ އާއި އެއްގޮތް ކަމެއް ހުރި ނަމަވެސް އޯޑިއޯ ރޫމްސް ބޮޑަށް ވައްތަރުވެގެން ދަނީ ޑިސްކޯޑްގެ އޯޑިއޯ ރޫމްސް އިންނަ ގޮތާއެވެ.
މެޓާ އިން ފޭސްބުކަށް ގެންނަށް މިއުޅޭ ބަދަލުވެގެންދާނީ ފޭސްބުކްގައި ގްރޫޕްތައް ގެންގުޅޭ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށެވެ.
ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި