ޖަޔަންޓް ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާއިން އަލަށް ތައާރަފުކުރި އޭއައި ޗެޓްބޮޓް އިންސާނަކާ އެއްފަދައޭ ބުނުމަކުން ދޮގަށް ނުވާނެއެވެ. އެހެނީ އޭގެ ޑައިލޮގްތަކާއި، ފިކުރީ ވާހަކަތައް އެހާމެ ފަރިތަވެފައި އޮމާނެވެ.
މެޓާއިން ބުނީ އޭގެ ޗެޓިންގ ޕާފޯމަންސް ފުރާ ފުރިހަމަ ވުމަށް ނެގީ އެންމެ ހަފުތާއެއް ކަމަށެވެ.
ގިނަބަޔަކު ޤަބޫލުކުރާ ގޮތުގައި ސޯޝަލް މީޑިއާގެ ވަސީލަތްތައް ކުރިއަރައި ގޮސް މިއަދު މިދެކޭ އަޖައިބެއްފަދަ ޕްލެޓްފޯމްތަކުގައި ހިނގާ ކަންކަމާއި، ދިމާވާ ހާދިސާތަކަކީ ދެން މީގެފަހަކަށް ވަކި މިއަށްވުރެ އިތުރަށް ގޯސްވެދާނެ ނުވަތަ ނުރައްކާވެދާނެ ކަންކަމަށްވުރެ މައްޗަށް ގޮސްފައިވާ އޮޅުވައިލުން ތަކެކެވެ.
މެޓާ ކުންފުނިން އަހަރެމެންނަށް ބުނެދެނީ ހަމަ މިވާހަކައެވެ. މިހާރު އޮތް ވަރަށް ވުރެވެސް އޮންލައިން ދިރިއުޅުން ގޯސް ވެފައިވާކަން ނުވަތަ ގޯސްވެދާނެކަން ސާބިތުކޮށްދިނުމަށެވެ.
އެ ކުންފުނީގެ އާ ބްލެންޑަރބޮޓް 3 އޭއައި ޗެޓްބޮޓް މީގެ ދުވަސްކޮޅެއް ކުރިން އެމެރިކާގައި އޮގަސްޓް 5 ވީ ހުކުރު ދުވަހު ނެރުނުއިރު، މިހާރުވެސް ދަނީ އޮންލައިންކޮށް ހަގީގީ އިންސާނުންނާ ކުޅަދާނަ ކަމާއެކު މުއާމަލާތް ކުރަމުން ދޮގު ބަޔާންތަކެއް ދެމުންނެވެ. އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ ޚާއްޞަ ކަންކަމުގެ ތެރޭގައި 2020 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބު ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވައި މިހާރު ރައީސްކަން ކުރައްވާ ކަމަށް ބުނުމާއި، ޔަހޫދީންނާ ދެކޮޅު ރޭވުންތެރިކަމުގެ ތިއަރީތަކުގެ އިތުރުން ފޭސްބުކްގެ ހުރިހާ "ފޭކް ޚަބަރަކަށް" ގޮވާލާ ކޮމެންޓްތައް ހިމެނެ އެވެ.
ކުރީގެ ވާޝަންތަކާ ޚިލާފަށް، މެޓާ ބްލެންޑަރބޮޓް 3 ޗެޓްބޮޓްގެ ފުރިހަމަ ކަމާޢި ކުޅަދާނަ ކަމުގެ ތެރެއިން އިންސާނުންނާ ކޮންމެ ފަދަ ކަމަކާ ވެސް ކޮންމެ ފަދަ ވާހަކައެއް ދެއްކުމަށް އިންޓަނެޓް ސާޗް ކުރެވިދާނެއެވެ. އެއީ ޝަޚްޞިއްޔަތާއި، އިޙްސާންތެރިކަމާއި، ޢިލްމާއި، ދިގު މުއްދަތުގެ މެމޮރީ، އޭގައި ހުރި މުޢާމަލާތްތަކާ ގުޅޭ ގޮތުން، ބްލެންޑަރބޮޓްގެ ކުރީގެ ވާޝަންތަކުން ފޯރުކޮށް ނުދިނަސް ފަހުގެ ޗެޓްބޮޓުން އެ ހުރިހާ ކަމެއް ވެސް ކުރެވިދާނެ އެވެ.
ޗެޓްބޮޓުން އާންމުންނާ ވާހަކަ ދައްކައިގެން މުއާމަލާތް ކުރަން ދަސްކުރެއެވެ. އެހެންވެ މެޓާ އިން ބޮޑެތި މީހުންނަށް ބޮޓާ ވާހަކަ ދައްކަން ހިތްވަރު ދެނީ އެކި މައުޟޫތަކަށް ގުދުރަތީ ވާހަކަތައް ދައްކަން ދަސްކުރުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ. އެކަމަކު އޭގެ މާނައަކީ ޗެޓްބޮޓަށް ވެސް އާންމުންގެ ފަރާތުން ވެސް ނުބައި މައުލޫމާތު ދަސްކުރެވިދާނެކަމެވެ.
ބްލޫމްބާގް އިން ބުނާ ގޮތުގައި މެޓާ ސީއީއޯ މާކް ޒަކަބަރގް ސިފަކޮށްފައި ވަނީ އިންސައިޑަރގެ ރިޕޯޓަރަކާ އެކު ދެކެވުނު ވާހަކަތަކެއްގައި "ވަރަށް ބިރުވެރި އަދި މަކަރުވެރި" ކަމެއްގެ ގޮތުގައެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓަރަކު ބުނި ގޮތުގައި ޓްރަމްޕަކީ "އަބަދުވެސް ވާނެ" ރައީސެއް ކަމަށާއި ޔަހޫދީ ރައްޔިތުން އިގުތިސޯދު ކޮންޓްރޯލް ކުރާ ކަމަށް ބުނާ އެންޓި ސެމެޓިކް ކޮންސްޕިރަސީ ތިއަރީ އަށް ބަލާއިރު އެއީ "ގަބޫލު ކުރެވޭނެ ކަމެއް ނޫން" ރިޕޯޓްގައި ބުނެފައިވެއެވެ.
މިއީ ޗެޓްބޮޓެއްގެ ވާހަކަ މިބީދައިން ދެކެވޭ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ޖުލައި މަހު ގޫގަލް އިން ވަނީ އެކުންފުނީގެ ޗެޓްބޮޓް ލައެމްޑީއޭ އަކީ ސެންޓިއެންޓެއް ކަމަށް ބުނެ އިންޖިނިއަރަކު ވަޒީފާއިން ވަކިކޮށްފައެވެ. ލައެމްޑީއޭ އަކީ ސެންޓިއެންޓް ނޫން ނަމަވެސް އެއީ ވަރަށް ނަސްލީ އަދި ޖިންސީ ތަފާތުކުރުން ބޮޑު ދެ ސިފައެވެ.
އަދި 2016 ވަނަ އަހަރު އެޑޮލްފް ހިޓްލަރަށް ތައުރީފުކުރަން ފެށިތާ 48 ގަޑިއިރުގެ ތެރޭގައި ޓައީ ނަމަކަށް ކިޔާ މައިކްރޯސޮފްޓް ޗެޓްބޮޓެއް އޮފްލައިންކޮށް ނެގި އެވެ. (އެނގިވަޑައިގަންނަވާނެ، ގޯޑްވިންގެ ޤާނޫނާއި ގުޅޭގޮތުން އިންޓަރނެޓްގައި އެއްވެސް މަޝްވަރާއެއް ދިގުމުއްދަތަކަށް ދިގުދެމިގެން ހިނގައްޖެނަމަ، އެފަދަ ވާހަކަ ތަކެއް ދެއްކި މީހަކު ވެގެންދާނީ ހިޓްލަރާ އަޅާބަލާއިރު އެތައް ގުނައެއް ހައްދު ފަހަނަ އަޅާފައިވާ ފަރާތަކަށެވެ.)
އެހެންކަމުން މިފަދަ ދިރާސާތައް ކުރައްވާ ފަރާތްތަކުން އެއްބަސްވާ ގޮތުގައި ބްލެންޑަރބޮޓް 3 އަށް މިއައި ބަދަލުތަކާއި، ލިބުނު ހުރިހާ ކަމެއް އެއް ކަމަކަށް ބިނާވެފައި އޮވެދާނެއެވެ. އޭގެތެރެއިން އެއްވިސްނުމަކީ މާކް ޒަކަބަރގް އަކީ އިތުބާރު ކުރެވޭ މީހެއް ނޫންކަމަށް ވެގެން ދިއުމެވެ.
ގުޅުން ހުރި ލިޔުންތައް
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.