ކްލައުޑް ފްލެއަރގެ ޚިދުމަތަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެއްޖެ

އަޙްމަދު ދާއޫދު 12 ސެޕްޓެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކްލައުޑްފްލޭއަރ އަކީ އިންޓަރނެޓް ގެ މަސައްކަތްތައް ހުއްޓުނަނުދީ ތަފާތު ޚިދުމަތްތައް ދުނިޔޭގެ އެތަންމިތަނަށް ފޯރުކޮށްދެމުން އަންނަ މަޝްހޫރު ބޮޑު ކުންފުންޏަކަށް ވާއިރު އެކުންފުނިން ފޯރުކޮށްދެމުންދާ ވެބްހޯސްޓިންގ ގެ މަސައްކަތްތަކަށް ވަރަށްބޮޑު ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ދާދިފަހުން، ނިއުޔޯކް މެގަޒިންއިން ސިފަކުރި ގޮތުގައި ކްލައުޑް ފްލެއަރ އަކީ، ތަފާތު ދާއިރާތަކާ ގުޅޭގޮތުން ފަތުރަމުންދާ ނުބައި މައުލޫމާތު ތަކާއި، ބައިނަލް އަޤުވާމީ މިންގަނޑު ތަކާ ޚިލާފަށް ހިންގަމުންދާ މަނާ ވެބްސައިޓްތަކަށް ޚިދުމަތްދޭ ކުންފުންޏެކެވެ.

ނިއުޔޯކް މެގަޒިންއިން މިތުހުމަތު ތައް ކޮށްފައި މިވަނީ، އޮންލައިން ގްރޫޕެއް ކަމަށްވާ ކިވީ ފާމްސްއިން ދޭ ހިދުމަތްތައް ކްލައުޑް ފްލެއާރ އިން އަނބުރާ ނެގުމަށް ގޮވާލާ އެކްޓިވިސްޓުންގެ ޕްރެޝަރުތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ކިވީ ފާމްސް އަކީ ފުރައްސާރައާއި، ނުރަނގަޅު މައުލޫމާތު ފެތުރުމުގައި މަޝްހޫރުވެފައިވާ ކޮމިއުނިޓީ ފޯރަމެކެވެ.

ކްލައުޑްފްލޭއާ އަކީ ކޮންޓެންޓް ޑެލިވަރީ ނެޓްވޯކް (ސީޑީއެން) އަކަށްވާއިރު، އެ ނެޓްވޯކް އިން ވެބް ބްރައުޒާ މެދުވެރިކޮށް ވެބްސައިޓްތަކަށް އެކްސެސް ވުމުގައި އަވަސް ހިދުމަތްތަކެއް ފޯރުކޮށްދެއެވެ. އަދި ހެކަރުން ނުވަތަ ހަމަލާދޭ މީހުންނާ ދެކޮޅަށް ސައިޓްތައް ދިފާއު ކޮށްދީ ވެބްސެކިއުރިޓީގެ ޚިދުމަތްވެސް އެކުންފުނިން ފޯރުކޮށްދެއެވެ.

ދަ ޓެންގްލްޑް ވެބް ވީ ވީވް: އިންސައިޑް ދަ ޝެޑޯ ސިސްޓަމް ދަޓް ޝޭޕްސް ދަ އިންޓަނެޓް ލިޔުއްވާފައިވާ ޖޭމްސް ބޯލް ޓައިމް އަށް ވިދާޅުވީ މިފަދަ ކުންފުނިތަކަކީ "ޒަމާނީ އިންޓަނެޓްގެ ކޮނޑުހުޅު" ކަމަށެވެ.

އެކަމަކު އާ ދިރާސާއަކުން ދައްކާ ގޮތުގައި ނަފްރަތާއި ގޯސް މައުލޫމާތު ވިއްކާ ސައިޓްތަކަށް ސަޕޯޓް ދިނުމުގައި ވެސް ކްލައުޑްފްލޭއާ އިން ބޮޑު ދައުރެއް އަދާކުރެ އެވެ. ސްޓެންފޯޑް ޔުނިވާސިޓީގެ ދިރާސާވެރިން 2022 ވަނަ އަހަރުގެ މެއި މަހު ކުރި ދިރާސާއަކުން ތަހުލީލުކޮށްފައި ވަނީ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ 440 ވެބްސައިޓް ހޯސްޓްކޮށްފައިވަނީ ކޮން ހިދުމަތެއްތޯ އެވެ.

އެމީހުންނަށް އެނގުނު ގޮތުގައި ކްލައުޑްފްލޭއަކީ ވިހަ މާއްދާތަކަށް ރައްކާތެރި ތަނެއް ކަމަށެވެ. މުޅި މެއިންސްޓްރީމް އިންޓަނެޓްގައި ކޮންމެ ފަސް ވެބްސައިޓަކުން އެންމެ އެއް ވެބްސައިޓް ކްލައުޑްފްލޭއާ އިން ހޯސްޓް ކުރި ނަމަވެސް، ނަފްރަތުގެ ވާހަކަ ނުވަތަ ގޯސް މައުލޫމާތު ފެތުރުމަށް މަޝްހޫރު ކޮންމެ ތިން ވެބްސައިޓަކުން އެއް ވެބްސައިޓް ހޯސްޓް ކުރެ އެވެ.

ކްލައުޑްފްލޭއާ އަކީ 2015 ވަނަ އަހަރުން ފެށިގެން ވެބްސައިޓްތަކުން ހޯސްޓް ކުރުމަށް ބޭނުންކުރާ މައިގަނޑު ޕްލެޓްފޯމަކަށް ވެގެންދެއެވެ.

"އަޅުގަނޑުމެންނަށް އެނެކްޑޯޓަލީ ފެންނަ ގޮތުގައި ސައިޓްތަކުން ކްލައުޑްފްލޭއާ އަށް އިސްކަންދެނީ އޭގެ ލަސް އެކްސެޕްޓެބަލް ޔޫސް ޕޮލިސީތަކާއި ވިޖިލަންޓް އެޓޭކްތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ހިލޭ ޑީޑީއޯއެސް ޕްރޮޓެކްޝަން ސާވިސްތަކުގެ ސަބަބުން،" ދިރާސާވެރިން ލިޔެފައިވެ އެވެ. އެމީހުން ފާހަގަކުރާ ގޮތުގައި އެމެރިކާސަރުކާރާއި ދެކޮޅު ޙަރަކާތްތަކަށް ހިތްވަރުދީ ޕްރޮޕެގެންޑާ ފެތުރުމާއި، އަދި ބަޑި ގެންގުޅުމުގެ ހައްގުތަކާ ބެހޭ ގޮތުން ވަކާލާތުކުރާ މަޝްހޫރު ބްލޮގެއް ކަމަށްވާ އެމްމޯލެންޑުން ފަތުރަމުންދާ ކޮންޓެންޓް ތަކަށްވެސް ކްލައުޑް ފްލެއަރ އިން ވަނީ ތައުރީފުކޮށްފަ އެވެ.

މިފަދަ ފާޑުކިޔުންތަކަށް ކްލައުޑް ފްލެއަރ އިން އެއްވެސް ސަމާލުކަމެއް ނުދީ އެކުންފުނިން ގެންދަނީ އެމީހުންގެ ޚިދުމަތްތައް ފުޅާކޮށް ވަރުގަދަކުރަމުންކަން ފާހަގަކޮށްލަން ޖެހެއެވެ.

އިތުރަށް ކިޔާލުމަށް:

ކްލައުޑްފްލެއަރ ޑައުންވުމުން ގިނަ އޮންލައިން ޚިދުމަތްތަކެއް ކެނޑިއްޖެ

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.