ގްރޫޕް ޗެޓެއްގައި ގްރޫޕް އެޑްމިންސް އަށް 1،024 މީހުން އެޑް ކުރެވޭނެ ފީޗާއެއް ވަޓްސްއެޕް އިން ޓެސްޓް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ވަޓްސްއެޕް އަކީ ވަރަށް ގިނަބަޔަކު ބޭނުންކުރަމުންދާ ވަކިން ޚާއްޞަކޮށް އިންޑިއާގައި ވަރަށް ބޮޑަށް ބޭނުންކުރާ އެއްޗަކަށް ވާއިރު، ދޭތެރެ ދޭތެރެއިން އާ ފީޗާސްތައް ލިބެމުން ދެއެވެ. މި އެޕްގައި މިހާރުވެސް ގްރޫޕް އެޑްމިންސް އަށް އެއް ގްރޫޕަކަށް 512 މީހުން އެޑް ކުރެވޭއިރު، ދާދި ފަހުން ވަނީ 256 މީހުން އިތުރުކޮށްފައެވެ.
ގްރޫޕެއްގައި ގިނަ މީހުން ތިބުމަކީ އެއްފަހަރާ އެންމެންނާ މައުލޫމާތު ހިއްސާކުރުމަށް ރަނގަޅު ކަމެއް ނަމަވެސް މިފަދަ ގްރޫޕްތަކުގައި ތަފާތު މިޒާޖުގެ ތަފާތު ވިސްނުމުގެ އެތައް މުވައްޒަފުންނެއް ތިބެއްޖެނަމަ ދެންވާނީ ކިހިނެތްތޯވެސް ވިސްނާލަން ޖެހެއެވެ. އެކަމަށްޓަކައި އިތުރު ބެންޑްވިތްވެސް ބޭނުންވެދާނެއެވެ.
މިފަދަ ގޮންޖެހުންތަކާ އެކުވެސް ވަޓްއެޕް އިން ގްރޫޕް ޗެޓެއްގައި 1،024 މީހުންގެ ލިމިޓެއް ޓެސްޓް ކުރަމުންދާއިރު، މާގިނަދުވަސްތަކެއް ނުވެ އެއްފަހަރާ އެތައް ބަޔަކަށް މައުލޫމާތު ހިއްސާ ކުރެވޭނެ މަގުތަނަވަސް ވެގެންދާނެއެވެ.
ޑަބްލިއުއޭ ބީޓާއިންފޯ އިން ބުނި ގޮތުގައި ވަޓްސްއެޕް އިން ދަނީ ގްރޫޕް ޗެޓެއްގައި މިހާރު ތިބި 512 މީހުންނަށް ވުރެ އިތުރަށް މީހުން އެޑް ކުރެވޭ ފީޗާއެއް ޓެސްޓް ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން އާ ލިމިޓުގެ ދަށުން އެޑްމިންތަކަށް އެއް ގްރޫޕަކަށް އެއްފަހަރާ 1،024 މީހުން އިތުރު ކުރެވޭނެއެވެ. މި ފީޗާ މިވަގުތު ބީޓާ ބޭނުންކުރާ ފަރާތްތަކަށް ތައާރަފް ކުރަމުންދާއިރު، މިއީ ހުރިހާ ބީޓާ ޓެސްޓަރުންނަށް ޚާއްޞަ ފީޗާއެއް ނޫނެވެ. އެކަން ލިބެމުންދަނީ ހަމައެކަނި ބައެއް ބީޓާ ޓެސްޓަރުންނަށް އެކަންޏެވެ.
ވަޓްސްއެޕްއިން ތަޢާރަފްކުރަން މަސައްކަތް ކުރަމުންދާ މި އާ ލިމިޓްގައި 1،024 މީހުން އިތުރުކުރުމުގެ ގާބިލްކަން ލިބިފައިވުމަކީ މޮޔަ ކަމެއް ކަމުގައި ބައެއް ފަރާތަކަށް ހީވި ނަމަވެސް، ޓެލެގްރާމް ފަދަ އިންސްޓޭންޓް މެސެޖިން އެޕްތަކާ ވަޓްއެޕް ވާދަކުރުމަށްމަސައްކަތް ކުރަމުންދާއިރު މިފީޗާއަކީ ވަޓްސްއެޕްއަށް ވަރަށް މުހިންމު ފީޗާއަކަށް ވާނެއެވެ. ޓެލެގްރާމްގައި މިހާރުވެސް ގްރޫޕެއްގައި 200،000 މީހުން އެއްފަހަރާ ޗެޓްކޮށްލުމުގެ ޤާބިލްކަން ވަނީ ހޯދާފައެވެ.
ވަޓްސްއެޕްގެ އާ ލިމިޓަކީ ޓެލެގްރާމް އާއި އެއްހަމަ ކުރެވޭނެ ލިމިޓެއް ނޫން ނަމަވެސް މިވަގުތަށް އެއީ ފުދޭވަރެއްގެ ލިމިޓެއް ކަމަށް ބައެއް ފަރާތަކުން ބުނެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.