ސްޕެއިންގެ ވެލެންސިއާގެ 14 އަހަރުގެ ކުޑަކުއްޖަކު ކަނޑުގައި ގެނބެނިކޮށް ޑްރޯން ލައިފްގާޑަކު ސަލާމަތްކޮށްފި އެވެ. ސްޕެއިންގެ ގޮނޑުދޮށްތައް ހުރަސްކޮށް ތައާރަފްކޮށްފައިވާ ޑްރޯން ލައިފްގާޑްގެ ހިދުމަތުން ކަނޑަށް ލައިފް ވެސްޓެއް ވައްޓާލިއިރު، އެ ކުއްޖާ އަޑިއަށް ދާން ފެށި ވަގުތު ވެސް އެ ފުރާވަރުގެ ކުއްޖާ ފީނައިގެން ބެހެއްޓޭނެ ކަމަށް އެ ސާވިސްގެ އޮޕަރޭޓަރުން ބުނެފި އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ފިޒިކަލް ލައިފްގާޑް ޓީމެއް އަންނަންދެން ވެސްޓްގެ ސަބަބުން އެ ކުއްޖާ ނުފެތޭ ގޮތަށް ބެހެއްޓި އެވެ.
"އަޅުގަނޑުމެން އައިއިރު ފެނުނީ ވަރަށް ގޯސް ހާލަތެއްގައި ހުރި ކުއްޖެއް، ފްލޯޓް ކުރަމުން ގެންދިއުމަށް ހަކަތައެއް ނެތް، އެހެންވެ ލައިފް ވެސްޓްގެ މައްޗަށް ފޮނުވީ. އަދި"ބަރު ރާޅުތަކުގެ ސަބަބުން އެއީ ކޮމްޕްލިކޭޓެޑް މެނިއުވަރެއް، އެކަމަކު އެންމެ ފަހުން އަހަރެމެންނަށް އޭނާއަށް ވެސްޓް ދިނުމުން ޖެޓް ސްކީ އިން ލައިފްގާޑުން އޭނާއާ ހަމައަށް އަންނަންދެން އޭނާއަށް ފްލޯޓް ކުރެވުނެ" ޖެނެރަލް ޑްރޯންސްގެ ޑްރޯން ޕައިލެޓް މިގްއެލް އެންޖެލް ޕެޑްރެރޯ، އެ ސަޕްލައި ކުރާ ފަރުމާ ޓެކްނޮލޮޖީ އިން ބުންޏެވެ.
ސަލާމަތް ކުރުމަށްފަހު، އެމްބިއުލާންސްގެ މުވައްޒަފުން އޮކްސިޖަން ފޯރުކޮށްދިނުމުން، އެކުއްޖާ އެރަށުގެ ހޮސްޕިޓަލަކަށް ފޮނުވާލިއެވެ. އަދި އޭގެ 24 ގަޑީއިރު ފަހުން އޭނަ ގެޔައް ދޫކޮއްލައިފައިވެއެވެ.
ވެލެންސިއާގައި ހުންނަ ޖެނެރަލް ޑްރޯންސް އިން ސްޕެއިންގެ ލައިފްގާޑް މުވައްޒަފުންނަށް އެހީތެރިވާން ފެށީ 2017 ވަނަ އަހަރު ވެލެންސިއާގެ އުތުރުގައި އޮންނަ ސަގުންޓޯ ޓައުންގަ އެވެ. މިހާރު، މުޅި ސްޕެއިންގެ 22 ގޮނޑުދޮށެއްގައި ލައިފްގާޑުންނާއެކު މަސައްކަތްކުރާ 30 އަށް ވުރެ ގިނަ ޕައިލެޓުންނާއި ޑްރޯންތައް އެބަތިއްބެވެ.
"މި އިތުރު ސިކުންތުތަކަކީ ބައެއް ހާލަތްތަކުގައި ވަރަށް މުހިންމު ސިކުންތުތަކެއް ކަމަށާއި އަދި ރެސްކިއު ޓީމުތަކަށް ވެސް އެ މީހާއާ ކައިރިވެ، އިތުރަށް މަޑުމައިތިރިކަމާއެކު ސަމާލުކަމާއެކު ގާތްކުރެވޭނެ ގޮތްތަކެއް ވެސް ލިބިގެންދާނެ،" މިސްޓަރ ޕެޑްރެރޯ އިތުރަށް ވިދާޅުވި އެވެ.
ސްޕެއިންގައި 2022 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކްސިޑެންޓްވެގެން ގެނބިގެން މަރުވެފައިވަނީ ޖުމްލަ 140 މީހުން ކަމަށާއި، މިއީ 2021 ވަނަ އަހަރުގެ މި މުއްދަތަށްވުރެ %55 އިތުރު އަދަދެއް ކަމަށް ރޯޔަލް ސްޕެނިޝް ލައިފްސޭވިންގ އެންޑް ރެސްކިއު ފެޑެރޭޝަނުން ބުނެއެވެ.
ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް