30 އަހަރަށްފަހު މައިކްރޯސޮފްޓް އޮފީސް ހުއްޓާލަނީ

އަޙްމަދު ދާއޫދު 16 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އަޅުގަނޑުމެންގެ ބަސްކޮށާރާއި އަޅުގަނޑުމެންގެ ޑިވައިސްތަކުގައި 30 އަހަރަށްވުރެ ގިނަ ދުވަހު އާބާދުވެ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްފަހު، “މައިކްރޮސޮފްޓް އޮފީސް” ރިޓަޔަރ ކުރަން ނިންމައިފިއެވެ. އޭގެ މާނައަކީ ވޯޑް އަދި އެކްސެލް ފަދަ އެޕްތައް އަޅުގަނޑުމެންނަށް ގެއްލެނީކީ ނޫނެވެ. އެކަމަކު އޭގެ ބަދަލުގައި އެ އެޕްތަކަށް ބަދަލުތަކެއް ގެނެސް ރީބްރޭންޑް ކުރަނީއެވެ.

މައިކްރޮސޮފްޓުން މި ބަދަލު އިއުލާންކުރީ ބުދަ ދުވަހު ބޭއްވި އިގްނައިޓް ކޮންފަރެންސްގަ އެވެ. ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އޮފީސް ޑޮޓްކޮމް އާއި އޮފީސް މޯބައިލް އެޕް އަދި އޮފީސް އެޕް ފޯ ވިންޑޯޒް އިން މައިކްރޮސޮފްޓް 365 ބްރޭންޑިން ތައާރަފްކޮށް އާ ލޫކްސް އާއި އައިކޮންތައް ލިބޭނެ އެވެ.

މައިކްރޮސޮފްޓް 365 އަކީ މައިކްރޮސޮފްޓް އޮފީސް އާއި ވަރަށް ވައްތަރު އެއްޗެއް ނަމަވެސް އެއީ މުހިންމު ތަފާތުތަކެއް ހުރި އެއްޗެކެވެ. މީގެ ތެރެއިން އެންމެ ބޮޑު ތަފާތަކީ އޭގެ އަގުގެ ތަފާތެވެ. މައިކްރޮސޮފްޓް 365 އަކީ މަހުން މަހަށް އަދާކުރަން ޖެހޭ ސަބްސްކްރިޕްޝަން ޚިދުމަތަކަށް ވާއިރު މައިކްރޮސޮފްޓް އޮފީހަކީ އެއްފަހަރާ ގަންނަ އެއްޗެކެވެ.

މައިކްރޮސޮފްޓް އޮފީސް ފުރަތަމަ ނެރުނީ 1990 ވަނަ އަހަރުއެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ގިނަ މަރާމާތުތަކެއްގެ ތެރެއިން އަދި މަސައްކަތު މާހައުލުގެ ސޮފްޓްވެއާގެ ދާއިރާގައި ވެރިކަން ކުރަމުން ގެންދިއުމަށް އެއީ ކާމިޔާބު ކުރެވިފައިވާ އޮފީހެކެވެ.

މި އެޕްލިކޭޝަނާއި، އަލްވަދާއު ކިޔަން ބޭނުން ނުވާ ފަރާތްތަކަށް މައިކްރޮސޮފްޓުން ބުނީ އަދިވެސް އޮފީސް 2021 ބޭނުންކުރާ ފަރާތްތަކަށާއި އޮފީސް އެލްޓީއެސްސީ ޕްލޭންތަކަށް ވޯޑް، އައުޓްލޫކް، އަދި އެކްސެލް ފަދަ އެޕްތައް އެއްފަހަރާ ގަތުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި އެއީ މައިކްރޮސޮފްޓްގައި ރިޓަޔަރމަންޓްގެ މާނައަކީ.

މި އިވެންޓުގައި މައިކްރޮސޮފްޓްގެ ޒަމާނީ މަސައްކަތްތަކުގެ ކޯޕަރޭޓް ވައިސް ޕްރެޒިޑެންޓް ޖެރެޑް ސްޕަޓާރޯ ވެސް ވަނީ މައިކްރޮސޮފްޓް 365 އެޕްގައި އާ ފީޗާތަކެއް އެކުލެވިގެންވާނެ ކަމަށް ހާމަކޮށްފަ އެވެ. އޭނާ ވިދާޅުވީ ވޯޑް އަދި ޕަވަރޕޮއިންޓް ފަދަ ކުންފުނީގެ ހުރިހާ ޔޫޒަރ ފައިލްތަކެއްގެ ހަބެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށާއި، އަދި މީޓިންގްތަކުގައި ހިއްސާކުރާ ފައިލްތަކަށް ފޯލްކްސް އަށް އަވަހަށް ވަދެވޭނެ ގޮތް ވެސް ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން މައިކްރޮސޮފްޓް އެގްޒެކްޓް އިތުރަށް ބުނީ ސޯޝަލް މީޑިއާ ފީޑްތަކުގެ ބަދަލުގައި އެ ކުންފުނިން މައިކްރޮސޮފްޓް 365 އެޕްގައި ފީޑެއް ތައާރަފް ކުރަމުން އަންނަ ކަމަށެވެ.

"އާ މައިކްރޮސޮފްޓް 365 އެޕް އަކީ އަޅުގަނޑުމެންގެ ބޮޑު ސްޓްރެޓެޖީގެ ބައެއް އަދި ކުންފުންޏެއްގެ ގޮތުގައި މައިކްރޮސޮފްޓް 365 އަށް ފޯކަސް ކުރާއިރު، މަސައްކަތާއި ދިރިއުޅުން ކުރިއަށްދާ ވަރަކަށް އަޅުގަނޑުމެން ފޯރުކޮށްދިނުމަށް މަސައްކަތްކުރި، އާ އުފެއްދުންތައް ދައްކުވައިދޭ އެޕް،" ސްޕަޓާރޯ އީމެއިލްގައި ފޮނުވި ބަޔާނުގައިވެ އެވެ.

“މި އާ އެޕް މައިކްރޮސޮފްޓް 365 އިން ފޯރުކޮށްދޭ ހުރިހާ ޕްރޮޑަކްޓިވިޓީ އެޕްތަކެއްގެ ހަބެއްގެ ގޮތުގައި ހިދުމަތް ކޮށްދީ، ބަދަލުވަމުން އަންނަ ވޯކްސްޓައިލްތަކާއި ކޯލަބަރޭޝަން ޕެޓަރންތަކުގައި ދަތުރުކުރާ ކަސްޓަމަރުންނަށް ސާދާ، އަދިވެސް ވަރުގަދަ ތަޖުރިބާއެއް ފޯރުކޮށްދެއެވެ.” އޭނާ އިތުރަށް ވިދާޅުވިއެވެ.

މައިކްރޮސޮފްޓްގެ ތަޢާރަފް ޕޭޖުގައިވާ ގޮތުން މައިކްރޮސޮފްޓް 365 ޔޫޒަރުންނަށް ރޯލްއައުޓް ކުރަން ފަށާނީ ނޮވެމްބަރު މަހު އޮފީސް ޑޮޓްކޮމް އިން ފެށިގެންނެވެ. މީގެ އިތުރުން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ވިންޑޯޒް އަދި މޯބައިލް އަށް ހާއްސަ އޮފީސް އެޕް އަށް ބަދަލުތަކެއް އަންނާނެ އެވެ.

މައިކްރޮސޮފްޓުން ބުނީ މި ބަދަލުތައް އޮފީސް އެޕް މަސައްކަތަށް، ސްކޫލަށް، ނުވަތަ އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ކޮންމެ މީހަކަށް ވެސް އަމަލުކުރާނެ ކަމަށެވެ. އެކަމަކު އެކުންފުނިން ބުނީ މިކަމަކީ ކަންބޮޑުވާން ޖެހޭނެ ކަމެއް ނޫންކަމަށާއި، މިކަމުގެ ސަބަބުން ޔޫޒަރުން ކޮންމެހެން މާބޮޑު އާ ކަންތައްތަކެއް ކުރަން ނުޖެހޭނެކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.