މެޓަވާސް ވިޔަފާރީގެ ގިނަ ޕްރޮޖެކްޓްތަކެއް ހުއްޓެނީ

އަޙްމަދު ދާއޫދު 24 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގްގެ މެޓަވާސް ވިޔަފާރީގެ ގިނަ ޕްރޮޖެކްޓްތަކެއް 2025 ވަނައަހަރު އަންނަންވާއިރަށް މުޅިން ހުއްޓޭނެ ކަމުގައި ބައެއް ދިރާސާވެރިން ބުނެފިއެވެ.

މިފަދަ ވިޔަފާރިތައް ފުޅާދާއިރާއެއްގައި ދިރާސާކުރާ ފާމެއްކަމުގައިވާ މާކެޓް ރިސާޗް ފަރުމާ ކެނަލިސް އިން ނެރުނު ރިޕޯޓެއްގައ ބުނެފައިވަނީ މެޓަވަރސްއަށް މާކް ޒުކަބާގްގެ އިތުބާރާއި ޔަޤީންކަން އޮތް ނަމަވެސް، މި ވާޗުއަލް/މިކްސްޑް ރިއަލިޓީ ވިޝަން އަކީ މިހާރު ބޭނުން ކުރަމުން މިދާ އިންޓަނެޓްގެ މުޅިން އާ ޖީލެއް ކަމުގައި ނުވަތަ މުސްތަގުބަލްގައި އިންޓަނެޓް އޮންނާނެ ހަރަފަތް ކަމުގައި މިދާއިރާގެ ތަޖްރިބާކާރުންގެ ގިނަބަޔަކު އަދިވެސް ޤަބޫލު ނުކުރާކަމަށެވެ. އަދި ޚުދު ކެނަލިސް ކުންފުނީގެ އިސްބޭފުޅުންވެސް ޤަބޫލު ނުކުރާކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ.

މެޓާގެ ހާޑްވެއާ އާއި މެޓަވާސް އުފެއްދުންތަކަށް މެޓާއިން ޚާއްޞަކޮށްފައިވާ ވިޔަފާރި "ރިއަލިޓީ ލެބްސް" އަށް މިދިޔަ އަހަރު ފެށުނު ފަހުން ގާތްގަނޑަކަށް 16 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާއިރު، އޭގެ ސަބަބުން ޑުއަލް ކެމެރާ ސްމާޓްވޮޗް ހިމެނޭ ގޮތަށް އުފެއްދުންތައް ދަނީ މަދުކުރަމުންނެވެ.

އެކަމަކު ޒުކަބާގް އަދިވެސް ގަބޫލުކުރާ ގޮތުގައި ކުރިއަށްއޮތް ތަނުގައި މެޓަވަރސް އިން އެމީހުންގެ ވިޔަފާރިއަށް އެތައް ސަތޭކަ ބިލިއަން ޑޮލަރެއް ލިބޭނެ އެވެ. އެމެރިކާގެ މަޝްހޫރު ކޮމްޕިއުޓަރ ޕްރޮގްރާމާ އަދި ވީޑިއޯ ގޭމް ޑިވެލޮޕަރެއް ކަމުގައިވާ ޖޯން ޑީ ކާރމަކް ވެސް ވަނީ މިކަމާމެދު ސުވާލު އުފައްދާފައެވެ. އަދި މީގެ އިތުރުން މެޓާގެ ބައެއް މުވައްޒަފުންގެ މެދުގައިވެސް މި ޝައްކުތައް ވަނީ އުފެދިފައެވެ.

ބާސެލޯނާގައި ބޭއްވި އެ ކެނަލިސްގެ ޗެނަލްސް ފޯރަމްގައި އެ ކުންފުނީގެ ޗީފް އެނަލިސްޓް މެތިއު ބޯލް ވިދާޅުވީ "މެޓަވަރސް އަކީ ދެން އޮތް ޑިޖިޓަލް މުސްތަޤުބަލްގެ ކުރިމަގުތޯ ނުވަތަ ނޫންތޯ ސުވާލު ކުރައްވާފައެވެ.

މިހާރު ދުނިޔޭގެ އިގްތިސާދީ މާހައުލުގެ ސަބަބުން މެޓަވަރސްއަށް ކުރާ އަސަރާ ބެހޭ ގޮތުން ބޯލް ވަނީ ރަނގަޅު ނުކުތާއެއް ފާހަގަކޮށްފަ އެވެ. އިންފްލޭޝަން މަތިވުމާއި ވަޒީފާ ގެއްލުމާއެކު ކުއްޔާއި ކާނާއާއި ޔުޓިލިޓީސް ފަދަ ދުވަހުން ދުވަހަށް ދިރިއުޅުމުގެ ހަރަދުތަކަށް ބަލާއިރު ގިނަ ބަޔަކު ދިރިއުޅެން އުނދަގޫވަމުންދާތީ އެންއެފްޓީ ފަދަ ވާޗުއަލް ތަކެތީގައި އިންވެސްޓް ކުރުން ދަށްވާނެ ކަމަކަށް ބެލެވެ އެވެ.

ބޯލް އެއްބަސްވި ގޮތުގައި ގޭމިން އަކީ މެޓަވާސް އަށް ކާމިޔާބީ ހޯދިދާނެ އެއް ދާއިރާއެވެ. އަދި "އެޑަލްޓް އެންޓަޓެއިންމަންޓް" އަށް ވެސް ކާމިޔާބު ހޯދިދާނެ ކަމަށާއި ނަމަވެސް ވިޔަފާރީގެ އެހެނިހެން ދާއިރާއަށް އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކެނަލިސްގެ ޗީފް އެނަލިސްޓް މެތިއު ބޯލް މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް މައިކްރޮސޮފްޓް، އެންވީޑިއާ، އެޕަލް، އަދި ގޫގުލް ފަދަ ބޮޑެތި ކުންފުނިތަކުން މެޓަވާސްއަށް އިންވެސްޓް ކުރަމުންދެއެވެ.

ކޮންސަލްޓަންޓުން ލަފާކުރާ ގޮތުގައި މިހާރުވެސް 177 ބިލިއަން ޑޮލަރު ޕްލެޓްފޯމަށް ޚަރަދު ކޮށްފައިވާއިރު، އެ އަދަދު 2030 ވަނަ އަހަރުގެ ނިޔަލަށް 5 ޓްރިލިއަން ޑޮލަރާއި 13 ޓްރިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާފާނެ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.