އިންސާނުންނަށް ކެޕްޗާރއަށް ޖަވާބުދޭން އުނދަގޫވާން ފެށުމުން..

އަޝްނާ ރަޝީދު 30 މޭ 2023

ކެޕްޗާއަކީ އިންސާނުންނާއި ބޮޓާއި ވަކިކުރުމަށް އުފައްދާފައިވާ ވަރަށް ޒަމާންވީ އުފެއްދުމެކެވެ. ކެޕްޗާ މަސައްކަތްކުރަނީ އިންސާނުންނަށް ކުރެވޭ، އެކަމަކު ކޮމްޕިއުޓަރަށް ކުރަން އުނދަގޫ މަސައްކަތްތަކެއް ހަވާލުކޮށްގެންނެވެ. އެދޭ ސުވާލުތަކަށް ރަނގަޅު ޖަވާބު ދިނުމުން ބޭނުން ސައިޓަކަށް، ފޯމަކަށް ނުވަތަ އެޕަކަށް ވަދެވޭނެވެ. ނަމަވެސް، އިންސާނުންނަށް ޖަވާބުނުދެވޭ ފަދަ ސުވާލުތަކެއް އައުމުން ދެން ވާނީ ކިހިނެއްތޯ؟ މިއީ ދުނިޔޭގެ ދެވަނަޔަށް އެންމެ މަޤުބޫލު ކެޕްޗާ ކުންފުނި ކަމަށްވާ "hCaptcha" އަށް ވަރަށް ފަހުން ދިމާވެގެން އުޅުނު މައްސަލައެކެވެ.

"hCaptcha" އަކީ ދުނިޔޭގައި ދެވަނަޔަށް އެންމެ މަޤުބޫލު ކެޕްޗާރ ކުންފުންޔެވެ. ގޫގަލް ފަދަ އެހެން ބޮޑެތި ކުންފުނިތަކާއި ޙިލާފަށް، މި ކުންފުނި މަޝްހޫރު ވެފައިވަނީ ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވަސީ އަށް ސަމާލުކަން ދޭ ހިދުމަތެއްގެ ގޮތުގައެވެ. އެގޮތުން، "hCaptcha" ބޭނުންކުރާ ސުވާލުތަކަކީ އާންމުކޮށް ކެޕްޗާރތަކުގައި ބޭނުންކުރާ ސުވާލުތަކާއި ތަފާތުވާކަން ވަނީ ވަރަށް ގިނަ ފަރާތްތަކުން ފާހަގަކޮށްފައެވެ. އެމީހުން ހުށައަޅާ ބައެއް ސުވާލުތަކުގެ ތެރޭގައި އޭ.އައިގެ ޒަރިއްޔާއިން ހަދާފައިވާ ތަސްވީރުތަކުގައިވާ އެއްޗެއް ރަނގަޅަށް ފާހަގަކުރުން ހިމެނެއެވެ

މިކަމާ މެދު ދާދި ފަހުން "hCaptcha" ބޭނުން ކުރާ ގޭމަރުންގެ ޗެޓް ޕްލެޓްފޯމް ޑިސްކޯޑް ބޭނުންކުރާ ފަރާތްތަކުން ވަނީ ޓްވިޓާރއާއި ރެޑިޓުގައި ޝަކުވާކޮށްފައެވެ. އޭ.އައި ބޭނުންކޮށްގެން ޖެނަރޭޓުކޮށްފައިވާ ތަސްވީރުތަކަކީ އަބަދު އަސްލާއި އެއްގޮތް ތަސްވީރުތަކެއް ނޫނެވެ. ނަމަވެސް ބައެއް ކެޕްޗާރތަކުގައި މިފަދަ ތަސްވީރު ހިމަނާފައި ވުމުން ބައެއް ފަރާތްތަކަށް މި ކެޕްޗާރތަކަށް ޖަވާބު ދޭން ދަތިވެއެވެ. މި ގޭތުން ބައެއް ފަރާތްތަކުން ވަނީ ހިމަނަންވީ ތަސްވީރުތައް ނޭންގުނުމުގެ ސަބަބުން މި ކެޕްޗާރތަކަށް ޖަވާބު ނުދެވިގެން ޝަކުވާތައް މީސް މީޑީޔާ އަށް ބަންޑުން ކޮށްފައެވެ. މި ގޮތުން އެއްފަރާތެއްވަނީ 8 ފަހަރުމަތިން އުޅެގެންވެސް މިކެޕްޗާރއަށް ރަނގަޅު ޖަވާބުނުދވިގެން މިކަމާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ކެޕްޗާރތަކުން އެހެން އުނދަގޫ ސުވާލުތަކާއިވެސް ދިމާވެއެވެ. ދާދި ފަހުން "hCaptcha" އިން ހިޔާލީ ތަކެތީގެ ތަސްވީރު ފާހަގަ ކުރުމަށް ވެސްވަނީ ކެޕްޗާރ އަކުން އަހާފައެވެ. ޑިސްކޯޑް ބޭނުން ކުރާ އެހެން ފަރާތެއް ވަނީ "yoko" ކިޔާ ހިޔާލީ އެއްޗެއް ހޯދުމަށް ސުވާލު ކުރި ކެޕްޗާރ އެއް ޓުވީޓް ކޮށްފައެވެ. މި ހިޔާލީ އެއްޗަކީ އޭ.އައި މެދުވެރިކޮށް ހަދާފައިވާ ތަސްވީރެކެވެ.

މިފަދަ ސުވާލުތަކަކީ "hCaptcha" އަކަށް އާކަމެއް ނޫނެވެ. މީގެ ކުރިންވެސް ޑިސްކޯޑް ބޭނުންކުރާ ބައެއް ފަރާތްތަކުން ވަނީ މި ކެޕްޗާރތަކުގެ އުނދަގޫކަމާއި މެދު ޝަކުވާކޮށްފައެވެ. އެއްފަރާތެއްވަނީ މިކަހަލަ ސުވާލަކީ އޭނާއަށް އާންމުކޮށް ދިމާވާ ސުވާލުތަކެއްކަން ހާމަކޮށް، މިކަމާމެދު ނުރުހުން ފާޅުކޮށް ޓްވީޓު ކޮށްފައެވެ.

ކެޕްޗާރގެ ބޭނުމަކީ އެޕްތަކާއަ ވެބްސައިޓުތަކަށް ޒިޔާރަތް ކުރާ ބޮޓުތައް ބޭރުކޮށް އިންސާނުންނަށް އެކަނި ވަދެވޭ ގޮތް ހެދުމެވެ. ނަމަވެސް މީގެ ޒަރިއްޔާއިން އިންސާނުންވެސް ބޭރުވުމަކީ މައްސަލައެއް ނުންތޯ؟ "hCaptcha" ބުނާގޮތުންނަމަ މިއީ ވަރަށް މަދު ފަރާތްތަކަށް ދިމާވާ މައްސަލައެކެވެ. އެމީހުންގެ ޓެކްނޮލަޖީ ބޭނުންކުރާ ފަރާތްތަކުން ނިސްބަތުން ގިނަވުމުގެ ސަބަބުން މިފަދަ މައްސަލަތައް ވަނީ ބޮޑަށް ފާހަގަ ވެފައެވެ.

"hCaptcha" އިން އެންމެ ފުރަތަމައިނުން ވެސް އަންނަ ޕްރޮމްޕްޓަކީ "I am human" އެވެ. ނަމަވެސް ދެން އަންނަ ސުވާލުވުން އެކަށީގެންވަނީ އިންސާނުނަށްވެސް ޖަވާބުނުދެވޭ ކަހަލަ ސުވާލަކަށެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.