ޓުވިޓާއާ ވާދައަށް މެޓާއިން ތްރެޑްސް ތައާރަފްކޮށްފި

އަޙްމަދު ދާއޫދު 06 ޖުލައި 2023

ޓުވިޓާއަށް ސީދާ ގޮންޖެހުމެއްގެ ގޮތުން މެޓާގެ އިންސްޓަގްރާމް އިން ތްރެޑްސް ތައާރަފްކޮށްފިއެވެ.

މިއީ އިންސްޓަގްރާމްގެ "ޓެކްސްޓް ބޭސްޑް ކޮންވަޒޭޝަން އެޕްލިކޭޝަން" ގެ ގޮތުގައި އެ ކުންފުނިން ތަޢާރަފްކުރި، ޚިދުމަތެކެވެ.

ހުރިހާ ގޮތަކުންވެސް ޓުވިޓާއަށްވުރެ ބޭނުންކުރާމީހުންނަށް ފައިދާބޮޑު އަދި ފުރުޞަތުތައްވެސް ގިނަ ކަމަށް މެޓާއިން ދައުވާކުރާ މި އެޕްލިކޭޝަނެއް "ތްރެޑްސް" މެޓާ އިން ރަސްމީކޮށް ތައާރަފްކޮށްފައިވަނީ މިއަދުއެވެ.

މެޓާގެ ސީއީއޯ އަދި ކޯ ފައުންޑަރ މާކް ޒަކަބާގް ތްރެޑްސް ރަމްޒުކޮށްދެނީ އީލޮން މާސްކްގެ ހަރުކަށި ބަދަލުތަކާއެކު ޓްވިޓާ ދޫކޮށްދާ މީހުންގެ އުންމީދުތައް ހިފަހައްޓަން މެޓާ އިން ކުރާ މަސައްކަތެވެ.

މެޓާއިން ކުރި ބްލޮގް ޕޯސްޓެއްގައި ބުނީ ތްރެޑްސް އެޕް މިހާރު 100 އަށް ވުރެ ގިނަ ގައުމުތަކުގެ އެޕަލް އެޕް ސްޓޯރާއި ގޫގަލް ޕްލޭ އޮންލައިން ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

ތްރެޑްސްގެ ޔޫޒަރުންނަށް އިންސްޓަގްރާމްގައި ފޮލޯކުރާ އެކުވެރިން، ތްރެޑްސް އެކައުންޓްތައް ފޮލޯކޮށް، ޓްވިޓާ ބޭނުންކުރާ ގޮތާ އެއްގޮތަށް އެހެން ޕަބްލިކް ޕޯސްޓުތަކަށް ރިޕްލައި ކުރެވޭނެ އެވެ.

އިންސްޓަގްރާމް ބޭނުންކުރާ ގިނަ ބަޔަކަށް ދާދި ފަހުން ވަނީ އެމީހުންގެ އިންސްޓަގްރާމް އެކައުންޓްތަކުގެ ތެރެއިން ތްރެޑްސް އަށް ވަނުމަށް ދައުވަތު ވެސް ލިބިފަ އެވެ.

ތްރެޑްސް އިންސްޓަގްރާމާ ގުޅިފައި ވީ ނަމަވެސް، މިހާރު ބޭނުންކުރާ އިންސްޓަގްރާމް ޔޫޒަރނޭމްތައް ބޭނުން ކުރެވޭއިރު، ތްރެޑްސް މެސެޖިންގެ ހިދުމަތަކީ އަލުން ޑައުންލޯޑް ކުރަން ޖެހޭ ވަކި އެޕްލިކޭޝަނެކެވެ.

މެޓާއިން ބްލޮގް ޕޯސްޓުގައި ބުނެފައިވަނީ އާ މެސެޖިން އެޕްލިކޭޝަނުގައި މީހުންގެ އަމިއްލަ ފީޑްތަކުގައި ބޭނުންކުރާ މީހުންނަށް ނޭނގޭ އެހެން ފަރާތްތަކުން ޝެއާކުރާ ރިކޮމެންޑެޑް ކޮންޓެންޓްގެ އިތުރުން އެމީހުން ފޮލޯކުރާ އެހެން މީހުން ޕޯސްޓްކޮށްފައިވާ ޕޯސްޓްތައްވަސް "ތްރެޑް" ހިމެނޭނެ ކަމަށެވެ.

އެގޮތުން 500 ކެރެކްޓާއާ ހަމައަށް ދިގު ތްރެޑްސް ޕޯސްޓްތައް ޕަބްލިޝް ކުރެވޭނެ ކަމަށާއި މި އެޕްލިކޭޝަނަކީ ޓެކްސްޓް އަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެއް ކަމުން 5 މިނެޓަށް ވުރެ ދިގު ލިންކްތަކާއި ފޮޓޯތަކާއި ވީޑިއޯތައް ވެސް ހިއްސާ ކުރެވޭނެ ކަމަށެވެ. އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް "އިޚްތިޔާރުކުރާ އެހެން ޕްލެޓްފޯމެއްގެ" އިތުރުން އެޕްގެ ސްޓޯރީ ފީޗާ މެދުވެރިކޮށް އެމީހުންގެ ތްރެޑްސް ޕޯސްޓްތައް ވެސް ހިއްސާ ކުރެވޭނެ ކަމަށް ބްލޮގް ޕޯސްޓުގައި ބުނެފައިވެ އެވެ.

މެޓާ އިން ބުނީ އެ ކުންފުނިން "ރަނގަޅު، އުފެއްދުންތެރި ވާހަކަތައް ދެއްކޭނެ ވަސީލަތްތަކާއެކު" ތްރެޑްސް އުފެއްދި ކަމަށާއި، އެޕްގެ ތެރެއިން އެ ވާހަކަތައް ފާހަގަކުރަނީ ނުވަތަ ޖަވާބު ދެނީ ކާކުކަން މެނޭޖް ކުރެވޭނެ ކަމަށެވެ.

"އިންސްޓަގްރާމް ފަދައިން، ވަކި ލަފުޒުތަކެއް ހިމެނޭ ތްރެޑްތަކަށް ދޭ ޖަވާބުފިލްޓާ ކުރުމަށް ފޮރުވިފައިވާ ލަފުޒުތައް އިތުރު ކުރެވިދާނެ،" ބްލޮގް ޕޯސްޓުގައި ވެ އެވެ. "ތްރީ ޑޮޓް މެނޫ ޓެޕްކޮށްގެން ތްރެޑްސްގެ ޕްރޮފައިލެއް އަންފޮލޯކޮށް، ބްލޮކްކޮށް، ރިސްޓްރިކްޓް ކޮށް، ނުވަތަ ރިޕޯޓް ކުރެވިދާނެ، އިންސްޓަގްރާމްގައި ބްލޮކްކޮށްފައިވާ ކޮންމެ އެކައުންޓެއް އޮޓޮމެޓިކުން ތްރެޑްސްގައި ބްލޮކް ކުރެވޭނެ." އެ ބްލޮގް ޕޯސްޓްގައި ވެއެވެ.

16 އަހަރުން ދަށުގެ (ނުވަތަ ވަކި ގައުމުތަކުގައި 18 އަހަރުން ދަށުގެ) ކޮންމެ މީހަކު ވެސް ތްރެޑްސްއާ ގުޅުމުން ޕްރައިވެޓް ޕްރޮފައިލަކަށް ޑިފޯލްޓްވާނެ އެވެ. އިންސްޓަގްރާމްގައި ކުރާ އެއް އެކައުންޓްތަކެއް ފޮލޯކޮށް، ކުރާ އެއް ކަންކަމަށް ފަރުވާތެރިވާ އިތުރު މީހުން ހޯދޭނެ އެވެ. އިންސްޓަގްރާމްގައި މިއަދު ލިބެން ހުރި މައިގަނޑު އެކްސެސިބިލިޓީ ފީޗާތައް ކަމަށްވާ ސްކްރީން ރީޑާ ސަޕޯޓް އަދި އޭއައި ޖެނެރޭޓެޑް އިމޭޖް ޑިސްކްރިޕްޝަންތައް ވެސް ތްރެޑްސްގައި އެނަބަލް ކުރެ އެވެ.

ކޮންމެއަކަސް އިންސްޓާގްރާމްގެ މި އައު އެޕްލިކޭޝަން ތަޖްރިބާ ކޮށްލަން ކެތްމަދުވެފައިވާ ވަރަށް ގިނަބަޔަކު މިހާރު ތިބޭނެކަމީ އެއްވެސް ޝައްކެއް ހުރިކަމެއްނޫނެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.