މީގެ ގަރުނަކަށް ވުރެ ވެސް ކުރިން 1912 ވަނަ އަހަރު އެޓްލާންޓިކް ކަނޑަށް ފެތިފައި އޮތް ޓައިޓޭނިކްގެ ބައިތައް ބަލަން ސަބްމެރިން އެއްގައި ދުނިޔޭގެ މަހުޖަނުންގެ ޓީމެއް ފޮނުވި ނާކާމިޔާބު މިޝަން ކުރިއަށް ގެންދިޔަ ކުންފުނި އޯޝަންގޭޓް އިން ވީނަސްއަށް 1000 މީހުން ފޮނުވަން ބޭނުން ކަމަށް އެ ކުންފުނީގެ ކޯފައުންޑަރ ގިއެރމޯ ސޮންލައިން ބުނެފިއެވެ.
ފަސް މީހުނާއެކު ދަތުރު ކުރި މި ސަބްމެރިން އިންތިޒާމުކޮށްފައި ވަނީ އޯޝަން ގޭޓް އެކްސްޕެޑިޝަން ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
އެ ސަބްމެރިންގައި ދަތުރުކުރީ އިނގިރޭސި ބިލިއަނަރަކާއި، ޕާކިސްތާނަށް އުފަން އިނގިރޭސި މަހުޖަނަކާއި އޭނާގެ 19 އަހަރުގެ ފިރިހެން ދަރިއަކާއި ފްރާންސްގެ ކުރީގެ ނޭވީ ޑައިވަރެއްގެ އިތުރުން އޯޝަންގޭޓްގެ ސީއީއޯ އެވެ. މިއެންމެވެސްވަނީ ވީނުވީއެއް ނޭންގި ގެއްލިފައެވެ. އެންމެފަހުން ނިންމާފައިވަނީ އެހުރިހައި އެންމެވެސް މަރުވީ ކަމުގައެވެ.
އިންސައިޑާ އަށް ދިން އިންޓަވިއުއެއްގައި އޯޝަންގޭޓްގެ ކޯ ފައުންޑާ ގިއެރމޯ ސޮންލައިން ވަނީ 2050 ވަނަ އަހަރުގެ ކުރިން ވީނަސްގެ ޖައްވުގައި ހުންނަ ފްލޯޓިން ސްޕޭސް ކޮލޮނީއަކަށް 1،000 މީހުން ފޮނުވަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ބައެއް ފަހަރު ޑަބަލް ހެލް ޕްލެނެޓްގެ ނަމުން ނަން ދީފައިވާ ވީނަސް އަކީ ބިމުގެ ޓްވިންގެ ނަމުން ވެސް މަޝްހޫރުވެފައިވާ ޕްލެނެޓެކެވެ. އެއީ ބިމާއި އެއް ސައިޒަކާއި ޑެންސިޓީއެއް އެކުލެވިގެންވާ ޖައްވެއް އެކުލެވޭ ޕްލެނެޓެކެވެ. އެހެން ނަމަވެސް ވީނަސްގެ ޖައްވުގައި ބާރު ސްޕީޑްގައި ވައި ގަދަވެ، ކާބަން ޑައިއޮކްސައިޑްގެ ވިހަ މިންވަރާއި ސަލްފިއުރިކް އެސިޑްގެ ވިލާތައް އުފެދެ އެވެ. އެހެންނަމަވެސް، ސޮހެންލީން އޭނާގެ މަސްލަހަތުގައި ސާބިތުވެ ހުންނެވިއިރު، ވީނަސްގެ ޖައްވުގެ ކުޑަބަޔަކީ އިންސާނީ ކޮލޮނީއަކަށް ދިރިއުޅެވޭނެ ތަނެއް ކަމަށް ބައެއް ދިރާސާތަކުން ދައްކާ ކަމަށް ސޮންލައިން ބުނެއެވެ.
2016 ވަނަ އަހަރު އޯޝަންގޭޓް ދޫކޮށް ސޮންލައިން ވަނީ އެހެން ދިމާއަކަށް މިސްރާބް ޖަހާފައެވެ. އޭނާ އިސްވެހުރި އެކުންފުނިންވަނީ ހިއުމަންސް2 ވީނަސް އުފައްދައި، އޭނާގެ އަމިއްލަ އިތުރު ޖަމްއިއްޔާއެއްވެސް އުފައްދައިފަ އެވެ.
ހިއުމަންސް2ވީނަސް ފައުންޑޭޝަނަކީ އިންސާނިއްޔަތަށް ދިގު މުއްދަތަކަށް ދެވޭނެ މަންޒިލެއްގެ ގޮތުގައި ވީނަސް ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެމެރިކާގެ ޖަމިއްޔާއެކެވެ.
އިންސައިޑާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޯޝަންގޭޓަކީ އިންސާނިއްޔަތު ބިމުގެ ބައުންޑަރީ ހުރަސްކުރަން ޝައުގުވެރިވާ ސޮންލައިން އަށް ފަހަތަށް އެޅުނު ފިޔަވަޅެކެވެ.
"އަޅުގަނޑަށް ހީވަނީ 2050 ވަނަ އަހަރާ ހަމައަށް މާޓިއަން ސަރފޭސްގައި މިލިއަނެއްހާ މީހުން ބޭތިއްބުމަށް ކުރާ އުންމީދަށްވުރެ މިއީ މާ ފަސޭހަ ކަމެއް ކަމަށް،" މާސްއަށް މިލިއަނެއްހާ މީހުން ފޮނުވުމަށް ރާވަމުންދާ އެލޮން މަސްކް ގެ ހަރުކަށި ވިސްނުމަށް ރައްދު ދެއްވަމުން ސޮހެންލީން އިންސައިޑާ އަށް ވިދާޅުވި އެވެ.
އޯޝަންގޭޓް ޚަބަރުތައް މިދިޔަ ޖޫން މަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އައީ އެ ކުންފުނީގެ އަމިއްލަ ޓައިޓަން ސަބްމާސިބަލްގައި އޮތް ޓައިޓޭނިކް އޮތް ހިސާބުގެ އަޑިއަށް ދިއުމުގެ ތެރޭގައި އެ ކުންފުނީގެ ސީއީއޯ ސްޓޮކްޓަން ރަޝް ހިމެނޭ ގޮތަށް ފަސް ފަސިންޖަރުން ނޯތު އެޓްލާންޓިކް ކަނޑުން ގެއްލުމާ ގުޅިގެންނެވެ. އެތައް ދުވަހެއް ވަންދެން ސާޗް އެންޑް ރެސްކިއުގެ މަސައްކަތަށް ފަހު އެނގުނު ގޮތުގައި ސަބްމާސިބަލްގެ ޕްރެޝަރު ހަލް ކޮމްޕްރޮމައިޒްވުމުން ފަސިންޖަރުން ވަގުތުން މަރުވެ، އޭގެ ނަތީޖާއެއްގެ ގޮތުން ނުހަނު ހަލުވި އިމްޕްލޮޝަނެއް އުފެދުނެވެ.
މި ހިތާމަވެރި ހާދިސާއާ އަށްފަހު އަނެއްކާވެސް އޯޝަންގޭޓްގެ އެއް ފަންޑަރ ގެންގުޅުއްވާ މި ވިސްނުމާއި މެދު ޢާއްމުން ރިއެކްޓް ކުރާނީ ކިހިނެތްކަމެއް އަދި ނޭންގެއެވެ. ހަމަޔަޤީނުންވެސް އެނގޭ އެއްކަމަކީ ޓައިޓޭނިކް ބަލަން ދިޔަ ދަތުރުގެ ނާކާމިޔާބީއަށްފަހު އެފަދަ ފުރުޞަތަކަށް އެދިއެދި ތިބި އެތައްބަޔަކު މިހާރުތީބޭނީ މާޔޫސް ކަމެއްގެ ތެރޭގައި ކަމެވެ.
އިތުރަށް ކިޔާލުމަށް
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.