ޗައިނާގެ ސޯޝަލް މީޑިއާ ސައިޓްތައް ކަމަށްވާ ޓިކްޓޮކް އަދި ވީޗެޓް މަނާކުރަން އޮސްޓްރޭލިޔާގެ ސަރުކާރުން ނިންމައިފިނަމަ އެގައުމުގެ ވިޔަފާރިތަކަށް ގެއްލުންވާނެ ކަމުގެ އިންޒާރު ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ގްލޯބަލް ޓައިމްސް އިން ދީފި އެވެ.
ޓުވިޓަރ، ފޭސްބުކް އަދި ޔޫޓިއުބްގެ އިތުރުން ސާޗް އިންޖީނުތައް ކަމަށްވާ ގޫގުލް އަދި ބިންގް ވެސް ޗައިނާއިން މަނާކުރި ނަމަވެސް އޮސްޓްރޭލިއާއިން އެގައުމުގެ ޕްލެޓްފޯމްތަކުގައި އެފަދަ މަނާތަކެއް ތައާރަފްކުރުމުގެ ފުރުސަތު އޮތުމުން ޗައިނާއިން ވަނީ ރުޅިގަދަވެފަ އެވެ.
އޮސްޓްރޭލިއާގައި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާކޮށްފައިވާއިރު، ސަރުކާރުގެ ކޮންޓްރެކްޓަރުން ހިމެނުމަށާއި ވީޗެޓް ކަވަރު ކުރުމަށް ޓަކައި މަނާކުރި މުއްދަތު އިތުރުކުރުމަށް ޕާލަމެންޓްގެ ކޮމިޓީއަކުން ވަނީ ލަފާދީފައެވެ.
ސޯޝަލް މީޑިއާގައި ބޭރުގެ ނުފޫޒުތައް ދިރާސާކުރާ ސެނެޓް ކޮމިޓީން ބުނީ ޓިކްޓޮކް އާއި ވީޗެޓްގެ މައި މަރުކަޒު ހިންގަނީ "ޗައިނާ ފަދަ އިސްތިއުމާރީ ގައުމުތަކުން" ކަމަށެވެ.
ގްލޯބަލް ޓައިމްސްގެ އެޑިޓޯރިއަލްގައި ވަނީ ޗައިނާ އާއި އޮސްޓްރޭލިއާއާ ދެމެދު އިގްތިސާދީ ގުޅުން އަލުން އާރާސްތުކުރުމަށް ފަސްޖެހި، ލޯކަލް ވިޔަފާރިތަކަށް ގެއްލުންވާނެ ކަމަށް ބުނެ އެ ލަފައަށް ރައްދު ދީފަ އެވެ.
ގްލޯބަލް ޓައިމްސްގައި ބުނެފައިވަނީ ޗައިނާ އާއި އޮސްޓްރޭލިއާގެ ގުޅުން ނާޒުކު ދަނޑިވަޅެއްގައި އޮތް މި ދަނޑިވަޅުގައި އޮސްޓްރޭލިއާއިން ވާވޭ ގެ 5ޖީ ވަޔަލެސް ނެޓްވޯކު މަނާކުރުމުގައި 2018 ވަނަ އަހަރު ހެދި ގޯސް ތަކުރާރުކޮށްގެން ނުވާނެ ކަމަށާއި ގިނަ ބަޔަކު ދެކޭ ގޮތުގައި މި ނިންމުމަކީ ދެ ގައުމުގެ އިގްތިސާދީ ހަމަނުޖެހުންތަކަށް އެޅުނު ވަރަށްބޮޑު ހުރަހެއް ކަމަށެވެ.
އޮސްޓްރޭލިޔާގެ ކުރީގެ ސަރުކާރުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަނބުރާ ގެންދިއުމަށް މަޝްވަރާތައް އަލުން ފަށަން މަސައްކަތް ކުރި އަލްބާނީސަރުކާރުގެ ވެރިކަމުގައި އޮސްޓްރޭލިއާ އާއި ޗައިނާއާ ދެމެދު އޮތް ފިނި ގުޅުން މިވަނީ ހީނަރުވާން ފަށައިފަ އެވެ.
ބޭރުގެ ސޯޝަލް މީޑިއާ ކުންފުނިތަށް ޗައިނާ އިން އަމިއްލައަށް މަނާކުރި ކަން ގްލޯބަލް ޓައިމްސްގައި ފާހަގަކޮށްފައި ނުވާއިރު، ސެނެޓް ކޮމިޓީގެ ލަފަޔާ އެއްގޮތަށް އޮސްޓްރޭލިއާ އިން އަމަލުކޮށްފި ނަމަ ފިޔަވަޅު އެޅިދާނެ ކަމުގެ އިންޒާރު ވެސް ގްލޯބަލް ޓައިމްސް އިން ވަނީ ދީފަ އެވެ.
އަދި އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަމުން ގެންދާނަމަ އެއީ ދެފަރާތުގެ ވިޔަފާރިވެރިންގެ ޒަރޫރީ މަސްލަހަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.
ސެނެޓްގެ ކޮމެޓީން ބުނީ ޗައިނާގެ ނޭޝަނަލް އިންޓެލިޖެންސް ގާނޫނުގެ މާނައަކީ ކުންފުނިތަކުން ސިއްރުން ގައުމީ އިންޓެލިޖެންސް އެޖެންސީތަކަށް އެއްބާރުލުން ދޭން ޖެހިދާނެ ކަމަށާއި ޓިކްޓޮކްގެ ޗައިނާގައި ތިބޭ މުވައްޒަފުންނަށް އޮސްޓްރޭލިއާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ މައުލޫމާތު ބޭނުންކުރެވޭނެ ކަމަށެވެ.
އިތުރަށް ކިޔާލުމަށް:
ޓިކްޓޮކްގެ ސީއީއޯ ޗޫ އެމެރިކާ ކޮންގްރެސްގައި ހެކިބަސް ދިނުން
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.