އެޕަލްގެ ޑިވައިސްތަކަށް ހަމަލާދިނުމުގެ ޤާބިލްކަން ލިބިފައިވާ ނުރައްކާތެރި ސްޕައިވެއާއެއް އިޒްރޭލުގެ ކުންފުންޏެއް ކަމަށްވާ އެންއެސްއޯ އިން ހޯދައިފިއެވެ.
ޑިޖިޓަލް ވޮޗްޑޮގް ގްރޫޕް ސިޓިޒަން ލެބްގެ ސައިންސްވެރިން ބުރާސްފަތި ދުވަހު ބުނީ އެޕަލް ޑިވައިސްތަކުގައި އަލަށް ފެނުނު ވަލްނަރަބިލިޓީއެއްގެ ބޭނުން ހިފި އިސްރާއީލުގެ ކުންފުންޏެއް ކަމަށްވާ އެންއެސްއޯއާ ގުޅުން ހުރި ސްޕައިވެއާ އެކުންފުންޏަށް ފެނިފައިވާ ކަމަށެވެ.
ވޮޝިންޓަންގެ މަދަނީ ޖަމިއްޔާއެއްގެ މުވައްޒަފެއްގެ އެޕަލް ޑިވައިސް މިދިޔަ ހަފުތާގައި އިންސްޕެކްޓް ކުރަމުން ސިޓިޒަން ލެބުން ބުނީ އެންއެސްއޯގެ ޕެގަސަސް ސްޕައިވެއާ އިން އެ ޑިވައިސް އިންފެކްޓް ކުރުމަށް އެ ވަލްނަރަބިލިޓީ ބޭނުންކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޔުނިވާސިޓީ އޮފް ޓޮރޮންޓޯގެ މަންކް ސްކޫލް އޮފް ގްލޯބަލް އެފެއާޒް އެންޑް ޕަބްލިކް ޕޮލިސީގައި ހުންނަ ސިޓިޒަން ލެބްގެ ސީނިއާ ރިސާޗަރު ޖޯން ސްކޮޓް-ރެއިލްޓަން ވިދާޅުވި ގޮތުގައި މިކަމުން އެނގެނީ މަދަނީ ޖަމިއްޔާތަކުން އަނެއްކާވެސް ހަގީގަތުގައި ވެސް ޒަމާނީ ހަމަލާތަކާ ބެހޭ ގޮތުން އާލީ ވޯރނިންގް ދޭ ނިޒާމެއްގެ މަސައްކަތް ކުރަން ޖެހިފައިވާ ކަމެވެ.
މި ހާދިސާގައި ގެއްލުން ލިބުނު ފަރާތާއި ހަމަލާދިން ހެކަރުންގެ ގްރޫޕްއާއި ބެހޭ އިތުރު ތަފްސީލެއް ސިޓިޒަން ލެބުން ނުދެ އެވެ.
ޑިޖިޓަލް ވޮޗްޑޮގް އިން ބުނީ މި މައްސަލައިގެ ސަބަބުން އައިއޯއެސް (16.6) ގެ އެންމެ ފަހުގެ ވާޝަންގެ އައިފޯންތައް ކޮމްޕްރޮމައިޒް ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެޕަލް އިން އެ ކުންފުނީގެ ޑިވައިސްތަކަށް އާ އަޕްޑޭޓްތަކެއް ނެރެފައި ވަނީ ސިޓިޒަން ލެބުން ރިޕޯޓުކޮށްފައިވާ ކުށްތައް ބެލުމަށް ފަހު އެވެ. އެޕަލްގެ ތަރުޖަމާނަކު އިތުރު އެއްޗެއް ބުނެފައި ނުވާއިރު ސިޓިޒަން ލެބުން ވަނީ ކަސްޓަމަރުންގެ ޑިވައިސްތައް އަޕްޑޭޓް ކުރުމަށާއި "ނުރައްކާ ބޮޑުވެދާނެ" މީހުން ލޮކްޑައުން މޯޑް ބޭނުން އިލްތިމާސްކޮށްފަ އެވެ.
އިޒްރޭލުގެ އެންއެސްއޯ ގްރޫޕުން އުފެއްދި ސްޕައިވެއާ ޓޫލް އެއް ކަމަށްވާ ޕެގަސަސް އަކީ ސަރުކާރުގެ އޮފިޝަލުންނާއި ސިޔާސީ އެކްޓިވިސްޓުންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން މަޝްހޫރުކަން ހޯދާފައިވާ ވަސީލަތެކެވެ. މި ސޮފްޓްވެއާއިން ޑޭޓާ އެއްކުރުމާއި މެސެޖިން އެޕްގެ ވާހަކަތައް (މިސާލަކަށް ވަޓްސްއެޕް އަދި ފޭސްބުކް) މޮނިޓާ ކުރުމަށް ޑިވައިސްތަކަށް ރިމޯޓްކޮށް އެކްސެސްކޮށް، އީމެއިލް އެކްސްޗޭންޖް ކުރުމާއި ބްރައުޒިން ހަރަކާތްތައް ބެލެހެއްޓުމާއި ޑިވައިސް ކެމެރާ އާއި މައިކްރޯފޯން ބޭނުންކޮށްގެން ޖާސޫސް ކުރުމުގެ ބޭނުމުގައި ޑިވައިސް ކެމެރާ އާއި މައިކްރޯފޯން ބޭނުންކުރެ އެވެ.
އިޒްރޭލުގެ އެ ކުންފުންޏަކީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާ ސަރުކާރުން ބްލެކްލިސްޓުކޮށްފައިވާ ކުންފުންޏެއް ކަމަށާއި އޭގެ ތެރޭގައި ސަރުކާރުގެ އޮފިޝަލުންނާއި ނޫސްވެރިން ބެލެހެއްޓުން ފަދަ ގޯނާތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އިތުރަށް ކިޔާލުމަށް:
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.