ފޭސްބުކް ގެ ބެލެނިވެރި ކުންފުނި މެޓާ އިން އެކުންފުނިން އަލަށް ތައާރަފުކުރި "މެޓާ އޭއައި" ތަމްރީން ކުރުމަށްޓަކައި ޕަބްލިކް ކޮށްފައިވާ ފޭސްބުކް އަދި އިންސްޓަގްރާމް ޕޯސްޓް ތަކާއި ފޮޓޯ އަދި އެތަކެތީގެ ކެޕްޝަންތައް ބޭނުން ކުރާ ކަމަށް އެކުންފުނީގެ އެގްޒެކެޓިވް އެއް ރޮއިޓަސް އާއި ވާހަކަ ދައްކަމުން ވިދާޅުވެއްޖެއެވެ. ކަންމިހެން ހުރިނަމަވެސް އެ މަންސަތައް ބޭނުންކުރާފަރާތް ތަކުގެ ރައްކަލަކަށްޓަކައި ޕްރައިވެޓްކޮށް ހިއްސާކުރާ ޕޯސްޓް ތަކާއި، ޕްރައިވެޓް ޗެޓް ތަކުގެ ޑާޓާ އޭއައި ތަމްރީން ކުރުމަށް ބޭނުން ނުކުރާކަމަށް ބުނެފައިވެއެވެ.
މެޓާގެ ގްލޯބަލް އެފެއަރސް ޕްރެސިޑެންޓް ނިކް ކްލެޖް މިހެން ވިދާޅުވެފައިވަނީ މެޓާ އިން މިދިޔަ ހަފްތާގެ ތެރޭގައި ބޭއްވި އެކުންފުނީގެ އަހަރީ ކަނެކްޓް ކޮންފަރެންސް ގެ ހަވާސާގައި ރޮއިޓާސްއާއި ވާހަކަ ދައްކަމުންނެވެ. ކްލެގް މިހެން ވިދާޅުވެފައިވާ މިދަނޑިވަޅަކީ މެޓާ ހިމެނޭހެން އޯޕަންއޭއައި، ގޫގަލް ފަދަ އޭއައި ދާއިރާގައި މިހާރު ވާދަވެރި ކުންފިނިތަކުން އިންޓަނެޓް ގައި ހުރި އެތަކެއް މައުލޫމާތެއް އެތަކެތީގެ ވެރިފަރާތްތަކުގެ އިޒުނައާއި ނުލާ އޭއައި ތަމްރީން ކުރުމަށް ބޭނުން ކުރާކަމަށް ގިނަ ބަޔަކު ތުހުމަތު ކޮށް ފާޑުކިޔަމުންގެންދާ ދަނޑިވަޅެއްގައެވެ.
މި ކުންފުނިތަކުން ދަނީ މިފަދަ ޒާތީ ނުވަތަ ކޮޕީރައިޓެޑް ތަކެތި ޕްރޮސެސް ކޮށް އޭއައި އިން އުފެއްދުމުގައި އަމަލުކުރުމާއި މެދު ވިސްނުންތެރިކަމާއި އެކު އަމަލުކުރާނެ ގޮތަކާއި މަސައްކަތް ކުރަމުންނެވެ. އަދި މި ކުންފުނިތަކުން ކޮޕީރައިޓް އަށް އަރައިގަތުމުގެ މައްސަލަތަކާއި ދެކޮޅަށް އެކި ކޯޓް ކޭސް ތަކާއި ކުރިމަތިލަމުންނެވެ.
އިތުރަށް ކިޔާލުމަށް : ޗެޓްޖީޕީޓީ އާއި ވާދައަށް މެޓާ އިން ނެރުނު އޭއައި ޗެޓްބޮޓް ދައްކަލާއިފި
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.