އެކްސްގެ ޑެއިލީ އެކްޓިވް ޔޫޒަރުންގެ އަދަދު ދަށަށް ދަނީ

އަޙްމަދު ދާއޫދު 09 އޮކްޓޯބަރު 2023

މަހުޖަނު އީލޮން މަސްކްގެ އެކްސް (ކުރީގެ ޓްވިޓާ) ގެ ޑެއިލީ އެކްޓިވް ބޭނުންކުރާ މީހުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ.

ވޮކްސް މީޑިއާގެ ކޯޑް 2023 އިވެންޓުގައި އެކްސްގެ ސީއީއޯ ލިންޑާ ޔަކަރީނޯ ދިން އިންޓަވިއުއަށް ފަހު، އެކްސްގެ ތަފާސް ހިސާބުތަކާ ގުޅޭ ބައެއް މައުލޫމާތުތައް ވަނީ މީޑިއާއަށް ފެންމަތިވެފަ އެވެ. އެ ޕްލެޓްފޯމްގެ ލީޑަޝިޕަށް އެލޮން މަސްކް ހަވާލުކުރި ޔަކަރީނޯ ވަނީ އެ ކުންފުނީގެ ޔޫޒަރ ބޭސްއަށް ހިޔަނި އެޅި އެކްސްގައި ދުވާލެއްގެ މައްޗަށް ހޭދަކުރާ އެކްޓިވް ޔޫޒަރުންގެ އަދަދު ދަށްވަމުން ދާކަން ކަށަވަރު ކޮށްދީފައެވެ.

އެކްސްގެ ދުވާލެއްގެ މައްޗަށް އެކްޓިވް ޔޫޒަރުންގެ އަދަދު މިހާރު ހުރީ 225 މިލިއަނުގައެވެ. މަސްކް މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅު ޓްވިޓާއާ ހަވާލުވެވަޑައިގަތުމުގެ ކުރިން ދުވާލެއްގެ މައްޗަށް 254.5 މިލިއަން އެކްޓިވް ޔޫޒަރުން ތިބި ކަމަށެވެ.

ނަމަވެސް ކޮންފަރެންސަށް ފަހު އެކްސް އިން ވަނީ އެ ކުންފުނީގެ ދުވާލެއްގެ މައްޗަށް އެކްޓިވް ޔޫޒަރުންގެ އަދަދު 245 މިލިއަނަށް ބަދަލުކޮށް، މަސްކްގެ މިލްކުވެރިކަން ފެށުނު ފަހުން ދުވާލެއްގެ މައްޗަށް އެކްޓިވް ބޭނުންކުރާ މީހުންގެ މިލިއަނުން ނުވަތަ ގާތްގަނޑަކަށް 3.7 އިންސައްތަ ގެއްލުމެއް ލިބިފައިވާކަން އަންގައިދީފައެވެ.

މަސްކްގެ ކުރީގެ ތަފާސް ހިސާބުތަކާ އަޅާ ބަލާއިރު ވެސް އެކްސް އިން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 15 މިލިއަން އެކްޓިވް ޔޫޒަރުން ދަށަށް ގޮސްފައިވާ އިރު، މިއީ ގާތްގަނޑަކަށް 5.6 ޕަސެންޓެވެ.

އެކްސްގެ މަހެއްގެ މައްޗަށް އެކްޓިވް ޔޫޒަރުންގެ އަދަދު ރެކޯޑް އަދަދަކަށް 550 މިލިއަނަށް އަރާފައިވާއިރު، މަސްކްގެ އިސްނެންގެވުމުގެ ދަށުން މި ކުރިއެރުމަކީ ކިހާ ވަރެއްގެ ކުރިއެރުމެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މި ކަންކަމުގެ ސަބަބުން އެކްސްގެ ޔޫޒަރ ބޭސްގެ ޓްރެޖެކްޓަރީއާއި އާ ލީޑަރޝިޕްގެ ދަށުން އެ ކުންފުންޏަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވަނީ ސޯޝަލް މީޑިއާގައި ފޯރި ގަދަވެފައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.