މައިކްރޯސޮފްޓުން އޭއައި ތަމްރީނަށް ނިއުކްލިއާ ހަކަތަ ހޯދަނީ

އަޙްމަދު ދާއޫދު 14 އޮކްޓޯބަރު 2023

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތައް ތަމްރީނު ކުރުމުގެ ބޮޑެތި ޕަވާ ޑިމާންޑްތައް ފުއްދުމަށް މައިކްރޮސޮފްޓުން ނިއުކްލިއާ ހަކަތައަށް އަމާޒު ހިފައިފި އެވެ.

ގިނަ ފަހަރަށް ޑޭޓާ ސެންޓަރުތަކުގައި ހޯސްޓްކުރާ އޭއައި މޮޑެލް ޓްރެއިނިންގެ ހަކަތަ އިންޓެންސިވް ޕްރޮސެސްގެ ސަބަބުން ކާބަން ފުޓްޕްރިންޓްގެ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދެ އެވެ. އެހެންކަމުން އެކުންފުނީގެ އޭއައި އިންފްރާސްޓްރަކްޗާ އަށް ކަރަންޓު ދިނުމަށް ކުދި މޮޑިއުލާ ރިއެކްޓަރު (އެސްއެމްއާރު) ބޭނުން ކުރުމަށް މިހާރު އަންނަނީ ވިސްނަމުންނެވެ.

އެސްއެމްއާރުތަކަކީ އާދަޔާ ހިލާފު ނިއުކްލިއާ އިންޖީނުގެތަކަށް ވުރެ ހަރަދު ކުޑަ އަދި ފްލެކްސިބަލް އޮލްޓަނޭޝަނެއްގެ ގޮތުގައި ބެލެވެ އެވެ. ކުރިއަށް އޮތް ތަނުގައި ގާނޫނީ ހުރަސްތަކާއި ގޮންޖެހުންތައް ހުރި އިރު، އޭގެ ތެރޭގައި މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް ހޯދުމާއި ނިއުކްލިއާ ކުނި މެނޭޖްކުރުން ފަދަ ކަންކަން ހިމެނޭއިރު، މައިކްރޮސޮފްޓުން އަންނަނީ އިތުރުވަމުން އަންނަ އޭއައި ހަކަތައިގެ ބޭނުންތައް ފުއްދުމަށް މި ގޮތް އިޚްތިޔާރު ކުރަން ވިސްނަމުންނެވެ.

މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސްގެ އެސްއެމްއާރު ޑިޒައިންތަކުގެ އިންކިއުބޭޓަރެއް ޓެރާޕަވާ ގެ ނަމުގައި ހުންނައިރު، މައިކްރޮސޮފްޓަށް ރިއެކްޓަރު ސަޕްލައި ކުރުމުގެ އެއްވެސް އެއްބަސްވުމެއް އަދި މިހާތަނަށް އެ ކުންފުނީގައި ނެތެވެ. ނިއުކްލިއާ ފިއުޝަންއަށް ވެސް އެ ކުންފުނިން އިންވެސްޓް ކުރަމުން އަންނައިރު، ފިއުޝަން ސްޓާޓްއަޕް ހެލިއަން އިން 2028 ވަނަ އަހަރުގެ ކުރީކޮޅު ކަރަންޓު ގަތުމުގެ ވިސްނުން ގެންގުޅެ އެވެ.

އޭއައި އަށް އިސްކަން ލިބެމުން އަންނައިރު، މި މޮޑެލްތައް ތަމްރީނުކޮށް ހިންގުމަށް ބޭނުންވާ ކަރަންޓުގެ ޑިމާންޑް އިތުރުވެ، އިނޮވޭޓިވް އެނާޖީ ސޮލިއުޝަންތަކަކީ މައިކްރޮސޮފްޓް ފަދަ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކަށް ކޮންމެހެން ވެސް ވިސްނަން ޖެހޭ ކަމަކަށް ވެގެންދާނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.