އިންޓަނެޓްގެ ސްޕީޑް ރަނގަޅު ކުރެވިދާނެ ގޮތްތަކެއް

އަޙްމަދު ދާއޫދު 15 އޮކްޓޯބަރު 2023

ސްލޯ ވައިފައިކަނެކްޝަންގެ ސަބަބުން އަހަރެމެން އެންމެންވެސް ހިތްހަމަ ނުޖެެހެއެވެ. ބައެއްފަހަރު ރުޅިގަދަވެގެން ވެދެއެވެ. އެކަމަކު ނެޓަށް އެ އަންނަ އާދަޔާ ހިލާފު ޑިލޭތަކަކީ ހިދުމަތް ދޭ ފަރާތުގެ ކުށެއް ނޫން ކަމަށްވެސް ނުވެދާނެ އެވެ. ޕޭޖްތައް ލޯޑް ނުވާ ހަގީގީ ސަބަބަކީ ގޭގައި ފޮރުވިފައިވާ އަމިއްލަ ސަބަބަކަށްވެސް ވެދާނެއެވެ.

ގޭތެރޭގައި ޢާއްމުކޮށް ކޮންމެ ދުވަހަކު ވެސް ހުންނަ ނުވަތަ ބޭނުންކުރާ އެއްޗެހީގެ ސަބަބުންވެސް ބްރޯޑްބޭންޑް ބްލޮކްވެދާނެ އެވެ. މައިކްރޯވޭވްތަކާއި މަސް ޓޭންކުތަކަކީ ވެސް ތިބާއަށް އެނގިފައި ނުވިޔަސް އޭގެ ސަބަބުން ވައިފައި ސިގްނަލަށް ހުރަސްއަޅާ ނުވަތަ އެކަމަށް އަސަރުކުރާ އެއްޗެހި ތަކަކަށް ވެދާނެއެވެ.

ރައުޓަރާއި ބޮޑަށް ގާތްވުމަކީ އިންޓަނެޓް ކަނެކްޝަން ހަލުވި ކުރުމަށް އެންމެ ފަސޭހަ ގޮތް ކަމަށް ވެދާނެ އެވެ. އަނެއް އާދައިގެ ޓްރިކަކީ ފޯނު، ލެޕްޓޮޕް އެހެނިހެން ޑިވައިސްގައި ހުރި ބޭކާރު ބެކްގްރައުންޑް ޕްރޮގްރާމްތައް ބަންދުކުރުން ނުވަތަ ފުހެލުމެވެ.

ރައުޓަރާއި ޑިވައިސްއާ ދޭތެރޭގައި ހުރަސްއަޅާނެ ވަރުގަދަ ހުރަހެއް، ހާއްސަކޮށް ކޮންކްރީޓް ފާރުތައް ފަދަ ތަކެތި ނެތްކަން ޔަގީން ކުރާށެވެ. ކޮންމެ ރައުޓަރަކީ އެއްކަހަލަ ރައުޓަރެއް ނޫނެވެ. ބައެއް ރައުޓަރުތަކުގައި ސިގްނަލް ސްޓްރެންތް ވަރުގަދައިރު އަނެއް ބައި ރައުޓަރުގައި ސިގްނަލް ސްޓްރެންތް ދަށްވެދާނެއެވެ.

ރައުޓަރުގެ ފާރމްވެއަރ އަޕްޑޭޓްކުރުން: ރައުޓަރ އުފައްދާ ކުންފުނިތަކުން ގިނަފަހަރަށް ފާމްވެއަރ އަޕްޑޭޓްސްތައް ނެރެނީ ޕާރފޯރމެންސް ރަނގަޅުކުރުމަށާއި ދިމާވާ މައްސަލަތައް ހައްލުކުރުމަށެވެ.

އިންޓަނެޓް ނުވަތަ ވައިފައި ސްޕީޑް އެންމެބޮޑަށް ބަރޯސާވާ އެކައްޗަކީ ކޮމްޕިއުޓަރުގެ އަމިއްލަ ނަފްސެވެ. މިސާލަކަށް ތިބޭ ބޭނުންކުރަނީ ބްރައުޒާއަކަށް ގޫގަލް ކްރޯމް ކަމަށްވާނަމަ، އެއީ ވަރަށް ބޮޑަށް ޑޭޓާ ޑިޕެންޑްސް ބްރައުޒާއެއްކަމުން ސްލޯ ކަނެކްޝަނެއްގައި އެހައި ރަނގަޅަށް މަސައްކަތް ނުކޮށްފާނެއެވެ. ޕޭޖްތައް ލޯޑް ނުކުރެވޭ ވަރުގެ ބްރައުޒާއަކަށް ވެދާނެ އެވެ. ބްރައުޒާގެ ކޭޝް ސާފުކޮށް، ނުފޫޒު ފޯރުވައިފާނެ ފައިލްތައް ނައްތާލާށެވެ.

މިއޮތީ ވަރަށް އާދައިގެ ފިކްސްއެއް:

ކްރޯމް ހުޅުވުމަށްފަހު ކަނާތް ފަރާތު މަތީކަނުގައި ހުރި ތިން ޑޮޓަށް ކްލިކް ކޮށްލާށެވެ. "މޯ ޓޫލްސް" ސިލެކްޓް ކޮށްލުމަށްފަހު ބްރައުޒާ ޑޭޓާ ކްލިއާ ކޮށްލާށެވެ.

ބްރައުޒިން ހިސްޓްރީ، ކުކީޒް އަދި އެހެނިހެން ސައިޓް ޑޭޓާ، ކެޗްޑް އިމޭޖާސް އަދި ފައިލްސް ފަދަ ހުރިހާ ކޭޝް ޑޭޓާއެއް ޗެކްކުރާށެވެ. ދެން ކްލިއަރ ޑޭޓާ ކްލިކް ކޮށްލާށެވެ.

ބްރައުޒާގެ ކޭޝް ވެސް ސާފުކޮށްލާށެވެ. އެކަމުގެ ސަބަބުން ކްރޯމް ބްރައުޒަރ މެދުވެރިކޮށް އިންޓަނެޓަށް ވަދެ ފަސޭހަކަމާއެކު ސްލޯނުވެ ބްރައުޒް ކޮށްލެވޭނެ އެވެ.

މީގެ އިތުރުން ބޭނުންކުރާ ޑިވައިސް އަކީ މެލްވެއާ ނުވަތަ ވައިރަހުން އެއްކިބާވެފައިވާ ޑިވައިސްއެއްކަން ކަށަވަރުކުރާށެވެ. އަދި ގޭގައި ތިބެގެން މަސައްކަތް ކުރާއިރު އެންމެ ރަނގަޅު ވަޔަލެސް ޕާފޯމަންސް ހޯދުމަށް، ބްލޫޓޫތު އޮފް ކުރެވިދާނެ (ގިނަ ފަހަރަށް ސްޕީކަރުތަކާއި ސްޓްރީމިން މިއުޒިކް ގުޅާލުމަށް ބޭނުންކުރާ ) އެއީ 2.4 ގިގަހާޓްޒް ބޭންޑް މަޑުޖައްސާލެވިދާނެ ތީ އެވެ.

މީގެ އިތުރުން ބޭނުންކުރާ ޑިވައިސް އަކީ މެލްވެއާ ނުވަތަ ވައިރަހުން އެއްކިބާވެފައިވާ ޑިވައިސްއެއްކަން ކަށަވަރުކުރާށެވެ. އަދި ގޭގައި ތިބެގެން މަސައްކަތް ކުރާއިރު އެންމެ ރަނގަޅު ވަޔަލެސް ޕާފޯމަންސް ހޯދުމަށް، ބްލޫޓޫތު (ގިނަ ފަހަރަށް ސްޕީކަރުތަކާއި ސްޓްރީމިން މިއުޒިކް ގުޅާލުމަށް ބޭނުންކުރާ) އޮފް ކުރެވިދާނެއެވެ.

އިތުރަށް ކިޔާލުމަށް:

ވައިފައި ސްލޯވަނީތަ؟ އެއީ ކީއްވެގެންކަން އެނގޭތަ؟

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.