މައިކްރޯސޮފްޓްގެ ބޮޑު ތުހުމަތެއް ގޫގަލްއަށް!

އަޙްމަދު ދާއޫދު 17 އޮކްޓޯބަރު 2023

މައިކްރޮސޮފްޓްގެ ސީއީއޯ އެންޓިޓްރަސްޓް ޓްރަޔަލްގައި ހެކިދެއްވައި، ސާޗް އިންޖީން ޑޮމިނެންސްގައި ބޭއިންސާފު ޕްރެކްޓިސްތަކެއް ހިންގާކަމަށް ގޫގުލްގެ މައްޗަށް ތުހުމަތުކުރައްވައިފިއެވެ.

ގޫގުލްގެ މައި ކުންފުނި، އަލްފަބެޓާ ދެކޮޅަށް މައިކްރޮސޮފްޓްގެ ސީއީއޯ ސަތިޔާ ނަޑެއްލާ ހޯމަ ދުވަހު ބޭއްވި ހައި ޕްރޮފައިލް އެންޓިޓްރަސްޓް ޓްރަޔަލްގައި ހެކިބަސް ދެމުން ބުނީ ގޫގުލް އިން ބޭނުންކުރާ ބޭއިންސާފު ޓެކްޓިކްސްގެ ސަބަބުން ސާޗް އިންޖީނެއްގެ ގޮތުގައި އެ ކުންފުނީގެ ބާރު ގަދަވި ކަމަށެވެ. ނަޑެއްލާ މިހެން ބުނެފައި މިވަނީ 1990 ގެ އަހަރުތަކުގެ ފަހުކޮޅު މައިކްރޮސޮފްޓަށް ކުރިމަތިވި އެންޓިޓްރަސްޓް ކަންބޮޑުވުންތަކަށް ތާއީދުކޮށް، ވާދަވެރިކަމާއި އުފެއްދުންތެރިކަން ކަނޑުވާލުމަށް ގޫގުލްގެ ބާރުގަދަ ސާޗް އިންޖީނު ބޭނުންކުރާ ކަމަށް ބުނެ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ގޫގުލްއާ ދެކޮޅަށް ހުށަހަޅާފައިވާ ތާރީހީ މައްސަލައިގެ ތެރެއިންނެވެ.

ނަޑެއްލާ ވަނީ އޭނާގެ ކަންބޮޑުވުންތައް އޭނާގެ ކުންފުނީގެ ސާޗް އިންޖީނު، ބިންގްއަށް ގޫގުލްގެ ބާރުގަދަވުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުފާހަގަކޮށް، ފުރިފައިވާ ވޮޝިންޓަން ޑީސީގެ ކޯޓްރޫމެއްގައި އޭނާގެ ކަންބޮޑުވުންތައް ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ ބާޒާރުގެ މައްޗަށް ގޫގުލްގެ ކޮންޓްރޯލް ގެނައުމަށް މަގުފަހިވީ ސްމާޓްފޯނާއި ކޮމްޕިއުޓަރުތަކުގައި ޑިފޯލްޓް ބްރައުޒާއެއްގެ ގޮތުގައި ގޫގުލް ގާއިމްކުރި އެއްބަސްވުންތަކުގެ ސަބަބުން އެހެން ސާޗް އިންޖީނުތަކަށް ވާދަކުރުމުގެ ގާބިލުކަން ލިމިޓްވެގެން ކަމަށެވެ.

އޯލްޓަނޭޓިވް ސާޗް އިންޖީނާއި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އިނޮވޭޓިވް ޓެކްނޮލޮޖީތައް އުފެދިފައިވާކަން ގަބޫލުކުރައްވާ ނަޑެއްލާ ވަނީ ސާޗް އިންޖީނުގެ ބާޒާރުގައި ގޫގުލްގެ ޑޮމިނޭޝަނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވުމުގެ ގާބިލުކަން ކުޑަކުރައްވާފައެވެ.

އޭނާ ވިދާޅުވީ މައިކްރޮސޮފްޓްގެ ބިންގް އަކީ އެނޫން ގޮތެއް ނެތިގެން ލިބޭ އެއްޗެއްގެ ގޮތުގައި ލިބެން ހުރި އެއްޗެއް ނަމަވެސް ޑިވައިސްތަކުގައި ޑިފޯލްޓް ވެބް ބްރައުޒާތަކުން ބަދަލުވުމުގެ ފުރުސަތު ތައް މަދު ކަމަށެވެ.

ނަޑެއްލާ ބުނީ އަހަރެމެންނަކީ އޭގެ ތެރެއިން އެއް އޮލްޓަނޭޝަން ކަމަށާއި އެކަމަކު އަހަރެމެންނަކީ ޑިފޯލްޓް ނޫން ކަމަށެވެ.

ގޫގުލްގެ ލީޑް ލިޓިގޭޓަރު ޖޯން ޝްމިޓްލިން ވަނީ ބިންގްގެ ޑިވައިސްތަކުގައި ޑިފޯލްޓް ސްޓޭޓަސް އޮތް އިރުވެސް، ބިންގް އިން ގޫގުލް އަށް ބަދަލުވި މައްސަލަތަކާ ބެހޭ ގޮތުން ނަޑެއްލާއާ ސުވާލު ކޮށްފަ އެވެ.

ސްމިޑްޓްލީން ވިދާޅުވީ މައިކްރޮސޮފްޓުން ބިންގްއާ މެދު ގޯސްފިޔަވަޅުތަކެއް ހަދާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ގޫގުލްއާ ދެކޮޅަށް އެ ކުންފުނީގެ ވާދަވެރިކަމަށް ހުރަސް އެޅިފައިވާ ކަމަށެވެ.

ނަމަވެސް އާޓިފިޝަލް އިންޓެލިޖެންސް ބިންގް އިންޓަގްރޭޓް ކުރުމުގެ ސަބަބުން މާކެޓް ހިއްސާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ނަޑެއްލާ ދޮގު ކުރެއްވި އެވެ.

ގޫގުލް އިން ބުނަނީ އެ ކުންފުނީގެ ޗެޓްބޮޓް ޗެޓްޖީޕީޓީ ފަދަ އާޓިފިޝަލް އިންޓެލިޖެންސް ޕްރޮގްރާމްތަކުގެ ސަބަބުން ސާޗް އިންޖީން އިންޑަސްޓްރީގައި ވާދަވެރިކަން އިތުރުވެފައިވާ ކަމަށެވެ.

ފާއިތުވި 25 ވަރަކަށް އަހަރުގެ ތެރޭގައި އެމެރިކާގައި ހިނގި އެންމެ ފާހަގަކޮށްލެވޭ މި އެންޓިޓްރަސްޓް ޝަރީއަތުގެ ރިޔާސަތު ބަލަހައްޓަވަނީ އެމެރިކާގެ ޑިސްޓްރިކްޓް ގާޒީ އަމިތު މެހެތާ އެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ގޫގުލްއާ ދެކޮޅަށް ހުށަހެޅި މައްސަލައަކީ އެޕަލް ފަދަ ޑިވައިސް އުފައްދާ ކުންފުނިތަކާ އެކު ގޫގުލް އިން އެ ކުންފުނީގެ ސާޗް އިންޖީނު އިޝްތިހާރު ކުރުމަށް ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުން ނެވެ. ތާރީޚީ ގޮތުން ބަލާއިރު، މައިކްރޮސޮފްޓަށް 1990 ގެ އަހަރުތަކުގައި އެކުންފުނީގެ ވިންޑޯޒް ސޮފްޓްވެއާއާ ގުޅުންހުރި އެންޓިޓްރަސްޓް ތުހުމަތުތަކާ ކުރިމަތިލާން ޖެހުނެވެ.

ހިތާމައަކީ ގޫގުލް އިން ސާޗް އިންޖީން ޑޮމިނެންސް އަށް ކުރިއެރުން ލިބުނީ މައިކްރޮސޮފްޓްގެ އެންޓިޓްރަސްޓް ކޭސްގެ ސަބަބުން ކަމަށާއި، އޮންލައިން މައުލޫމާތު ހޯދުމުގެ ގޯ-ޓު ޕްލެޓްފޯމެއްގެ ގޮތުގައި އެ ކުންފުނީގެ ސާޗް އިންޖީނު ގާއިމުކުރުމުގެ ފުރުސަތު ގޫގުލް އަށް ލިބުމުން ނެވެ.

40 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަގަކަށް ޔާހޫ ހޯދުމަށް ކުރި މަސައްކަތް ހިމެނޭ ގޮތަށް ބިންގްއާ އެކު ގޫގުލް ޗެލެންޖް ކުރުމަށް މައިކްރޮސޮފްޓުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރި ނަމަވެސް، ބިންގް އަދިވެސް އޮތީ މާކެޓުގެ ދެ ވަނައިގަ އެވެ.

މައިކްރޮސޮފްޓްގެ ސީއީއޯގެ މަގާމާ 2014 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި ނަޑެއްލާ ވަނީ އޭނާގެ ދައުރުގައި ޕާސަނަލް އަދި ކްލައުޑް ކޮމްޕިއުޓިންގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފަ އެވެ. ނަމަވެސް ސާޗް އިންޖީން މާކެޓުގައި އެންމެ ބާރުގަދަ ފަރާތުގެ ގޮތުގައި އޮތް ގޫގުލްއާ ދެކޮޅަށް އޭނާ އަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައެއް ނުވެ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.