ސިކުނޑީގައި ހުންނަ މައުލޫމާތު ދެނެގަނެވޭނެ ގޮތެއް ހޯދައިފި

އަޙްމަދު ދާއޫދު 28 އޮކްޓޯބަރު 2023

އިންސާނުންގެ ސިނކުޑީ ގައި ރައްކާކުރެވިފައި ހުންނަ މައުލޫމާތު ދެނެގަނެވިދާނެ ގޮތެއް ސައިންވެރިން ހޯދައިފިއެވެ.

ޔުނިވާސިޓީ އޮފް ކެލިފޯނިއާ ބާކްލީގެ ސައިންސްވެރިން ޕިންކް ފްލޮއިޑްގެ ލަވަ "އަނަދަރ ބްރިކް އިން ދަ ވޯލް" ލަވަ އަޑުއަހާ މީހެއްގެ ސިނކުޑިން އަލުން ނަގާފައިވަނީ "ބްރެއިން އެކްޓިވިޓީ ޑޭޓާ" އެކަނި ބޭނުންކޮށްގެންނެވެ.

މި ކާމިޔާބީ ހޯދީ ސާޖަރީ ހަދަމުން އަންނަ 29 އެޕިލެޕްޓިކް ޕޭޝަންޓުންގެ ސިކުނޑީގެ ސަރަޙައްދުން ލިބޭ އިލެކްޓްރިކަލް ސިގްނަލްތައް އެނަލައިޒްކޮށްގެންނެވެ. އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ސައިންސްވެރިން އެ ޕެޓާންތައް ލަވައިގެ ތެރެއަށް ތަރުޖަމާކޮށްފައި ވަނީ ރަނގަޅު ސައްހަކަމާ އެކީގަ އެވެ.

ދިރާސާގެ ލިޔުންތެރިން ބުނަނީ މިފަދަ ބްރެއިން ޑީކޯޑިން ޓެކްނޮލޮޖީގެ ސަބަބުން ޕެރަލައިޒްވެފައިވާ ބަލިމީހުންނާއި އަދި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ އެހެން މީހުންނަށް ހަމައެކަނި ވިސްނައިގެން މުއާމަލާތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން މިއުޒިކްގެ މެލޮޑީ، އިމޯޝަން އަދި ރިދަމް ފަދަ ކަންކަން ސިކުނޑިން ޕްރޮސެސްކުރާ ގޮތުގެ މައްޗަށް ވެސް މި ހޯދުމުގައި އަލިއަޅުވާލަ އެވެ.

ސައިންސްވެރިން ބުނަނީ މިވަގުތަށް އިންވޭސިވް (ސަރޖަރީ މެދުވެރިކޮށް ސީދާ ހަށިގަނޑުގެ އެތެރެއާ ގުޅިފައި) ނަމަވެސް، ބްރެއިން-މެޝިން އިންޓަފޭސް ތައް ރަނގަޅުކުރުމުން، ކޮމްޕިއުޓަރުތަކާ މެދުކެނޑުމެއްނެތި ޚިޔާލުތައް ސިންކްކޮށް، މަސައްކަތްތައް ކުރުމަށް ނުވަތަ ޚިޔާލުތައް ފާޅުކުރުމަށް މިހޯދުން ތަކުން މަގުފަހިވާނެކަމަށެވެ. ނަމަވެސް ސައިންސްވެރިން ބުނަނީ، ފުޅާކުރެވިފައިވާ އެޕްލިކޭޝަންތަކަށް އެތިކަލް ސޭފްގާޑްސް ބޭނުންވާނެ ކަމަށެވެ.

މިވަގުތަށް ހަމައެކަނި ނިއުރަލް ޕެޓާންތަކުން ކޮމްޕްލެކްސް ލަވައެއް ރީކޮންސްޓްރަކްޓް ކުރުމުގެ ޤާބިލުކަން ލިބުމުން ނިއުރޮލޮޖިކަލް ބަލިތައް ހުންނަ ބަލިމީހުން މުޢާމަލާތުކުރާ ގޮތް ބަދަލުކުރުމުގެ ފުރުޞަތު ހުޅުވިގެން ދެއެވެ. ޔޫސީ ބާކްލީގެ ޓީމުން ގަބޫލުކުރާ ގޮތުގައި އެފަދަ ޑީކޯޑިންގެ ޒަރިއްޔާއިން ސިކުނޑީގެ ކުދިކުދި އެތެރޭގެ ޕެޓާންތައް ހުޅުވަން ފެށޭނެއެވެ.

އިނޮވޭޓިވް ސްޓަޑީން ފެންނަނީ ވިސްނުން ސީދާ އައުޓްޕުޓް ޝޭޕްކޮށް، "ކީބޯޑް ފޯ ދަ މައިންޑް" ގެ ގޮތުގައި މަސައްކަތް ކުރާ މުސްތަގުބަލެއްގެ މަންޒަރެވެ. އެކަމަކު ޓެކްނިކަލް ގޮތުން ބޮޑެތި ހުރަސްތަކެއް އަދިވެސް އޮތުމުން ހަގީގަތް އަދިވެސް އޮތީ އެ ވިސްނުމަށް ވުރެ ފަހަތުގައި ކަމަށް ސައިންސްވެރިން ބުނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.