‎ސާޖަރީއެއްގައި އެޕަލްގެ ވިޝަން ޕްރޯ ހެޑްސެޓް ބޭނުންކޮށްފި

އަޙްމަދު ދާއޫދު 13 މާރިޗު 2024

‏އިނގިރޭސިވިލާތުގެ ކްރޮމްވެލް ހޮސްޕިޓަލުގައި ދާދި ފަހުން ކުރި ސާޖަރީއެއްގައި އެޕަލްގެ ވިޝަން ޕްރޯ ހެޑްސެޓް ބޭނުންކޮށްފިއެވެ.

‎‏އެޕަލްގެ އާ ވިޝަން ޕްރޯ މިކްސްޑް ރިއަލިޓީ ހެޑްސެޓް، ދާދި ފަހުން ލަންޑަނުގައި ކުރި ސްޕައިނަލް ފިއުޝަން ސާޖަރީއެއްގައި ‏‏އޮޕަރޭޓިން‏‎ ‎‎‏ރޫމް (އޯއާރު)އަށް ތައާރަފްވުމާ އެކު، ސާޖިކަލް ޓެކްނޮލޮޖީއަށް އިތުރު ކުރިއެރުމެއް ވަނީ ލިބިފައެވެ. ‏‏ސާޖިކަލް އެސިސްޓެންޓަކު‏‎ ‎‎‏ބޭނުންކުރި މި ހެޑްސެޓަކީ އޮޕަރޭޝަން ތިއޭޓަރުގައި ޕްރެސިޝަން އާއި އެފިޝަންސީ އިތުރުކުރުމަށް ޓަކައި ‏‏އިންގިލާބީ ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު‏‎ ‎‎‏އަންނަނީ ތައުރީފު ކުރަމުންނެވެ‏‎.‎

‎‏ސާޖިކަލް އެސިސްޓެންޓް ސުވީ ވެރޯ މުޅި ޕްރޮސީޖާގައި ވިޝަން ޕްރޯ އަޅައިގެން ހުރީ އޭނާގެ އާދައިގެ މައިކްރޮސޮފްޓް ‏‏ހޮލޯލެންސް 2‏‎ ‎‎‏ހެޑްސެޓްގެ ބަދަލުގަ އެވެ. ހޮލޯލެންސް ފަދަ އޮގްމެންޓެޑް ރިއަލިޓީ (އޭއާރް) ޓެކް ބޭނުންކުރުމުގެ ތަޖުރިބާ ވޭހޯ ‏‏އަށް ކުރިން ލިބިފައިވީ‏‎ ‎‎‏ނަމަވެސް ވިޝަން ޕްރޯގެ އިމްޕްލިމެންޓޭޝަން ސިފަކޮށްފައި ވަނީ ހަގީގަތުގައި ވެސް ނެކްސްޓް ލެވެލްގެ ‏‏ގޮތުގައެވެ‏‎.‎

‎"‎‏ހެޑްސެޓް ބޭނުންކުރުމުން އިންސާނުންނަށް ހެދޭ ގޯސްތައް ނައްތާލެވޭނެ، އޭގެ ސަބަބުން ސާޖަރީއަށް އިތުބާރު ލިބޭ،‎" ‎‎‎‏އޮޕަރޭޝަނަށް ފަހު ދިން އިންޓަވިއުއެއްގައި ވެރޯ ކިޔައިދިނެވެ. އަދި އެއީ އިންގިލާބީ ބަދަލެއްކަމަށްވެސް އޭނާ ސިފަކުރިއެވެ. ‏

‎"‎‏ވިޝަން ޕްރޯ" އިން ވެރޯއަށް މެނުއަލްކޮށް ތަކެތި ހޯދުމުގެ ބަދަލުގައި އޭނާގެ ވިސްނުމުގެ ދާއިރާގައި ބޭނުންވާ ހުރިހާ ‏‏ސާޖިކަލް ޓޫލްސް‏‎ ‎‎‏ތަކާއި އިމޭޖިން ޑޭޓާތައް ހުއްޓުމެއް ނެތި ވިޝުއަލައިޒްކޮށް އެކްސެސް ކުރުމުގެ ފުރުސަތު ލިބުނެވެ. މިކަމުގެ ‏‏ސަބަބުން އެ ކަންކަން‏‎ ‎‎‏ސްޓްރީމްލައިންވެ، މިސްޓޭކްތައް ހެދުމުގެ ފުރުޞަތު ކުޑަވެގެން ދިޔައެވެ‏‎.‎

‎‏އޭގެ ފައިދާ އަކީ ހަމައެކަނި ސާޖިކަލް އެސިސްޓެންޓްގެ ދައުރަކަށް ވެސް ލިބުނު ފައިދާއެއް ނޫނެވެ. ސްޕައިނަލް ފިއުޝަން ހެދި ‏‏ސާޖަން‏‎ ‎‎‏ޑރ ސައީދު އަފްތާބް ވަނީ ވިޝަން ޕްރޯގެ ސަބަބުން މުޅި އޯއާރް ޓީމަށް ތަމްރީނާއި ނޮލެޖް ޓްރާންސްފާ ‏‏އިތުރުކުރެވިދާނެ ގޮތް‏‎ ‎‎‏ފާހަގަކުރައްވާފައެވެ‏‎.‎

‎‏އަފްތާބު ވިދާޅުވީ އޮޕަރޭޝަން ކުރާއިރު ނަރުހުން ގިނަ ފަހަރަށް މަސައްކަތް ކުރަން ޖެހެނީ ނުދަންނަ އާލާތްތަކާއެކު ކަމަށެވެ. ‏

‏ވިޝަން ޕްރޯގެ ކާމިޔާބު ބޭނުންހިފުމަކީ މުސްތަގުބަލުގައި ސާޖިކަލް ޕްރެކްޓިސްތައް ބަދަލުކުރުމަށް މިކްސްޑް ރިއަލިޓީ ‏‏ޓެކްނޮލޮޖީގެ‏‎ ‎‎‏ފުރުޞަތު ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ. އިމޭޖިންގ ޑޭޓާ، ޑިޖިޓަލް އިންސްޓްރޫމަންޓް އޯވަލޭ، އަދި ރިމޯޓް ‏‏ކޯލަބަރޭޓަރުންވެސް ސާޖަންގެ‏‎ ‎‎‏ވިޝުއަލް ފީލްޑްގެ ތެރެއަށް އިންޓަގްރޭޓް ކުރުމުގެ ޤާބިލުކަން ލިބުމަކީ ސާޖިކަލް ‏‏ޕްރިސިޝަން، ސޭފްޓީ އަދި‏‎ ‎‎‏އެފިޝަންސީގެ އާ ރޮނގުތަކެއް ހުޅުވިގެންދާނެ ކަމެކެވެ‏‎.‎

މި ޓޫލް ހޮސްޕިޓަލަށް ތައާރަފްކުރީ ސާޖިކަލް އޯގަނައިޒޭޝަން އެންޑް ވޯކްފްލޯ އޮޕްޓިމައިޒޭޝަންގެ އޭއައި އެންޑް ސްޕޭޝަލް ކޮމްޕިއުޓިންގައި ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ އީއެކްސްއީއެކްސް އިންނެވެ. ކްރޮމްވެލް ހޮސްޕިޓަލާއި އީއެކްސްއީއެކްސް ގުޅިގެން 2023 ވަނަ އަހަރު އެ ހޮސްޕިޓަލުގެ އޮޕަރޭޓިން ތިއޭޓަރުތަކަށް އޭއައި އާއި ސްޕޭޝަލް ކޮމްޕިއުޓިން ޓެކްނޮލޮޖީ ގެނައުމަށް މަސައްކަތް ކުރި އެވެ. މިއީ އިކުއިޕްމަންޓް ސެޓަޕް، އިންވެންޓްރީ ކޮންޓްރޯލް އަދި ރިސޯސް އެލޮކޭޝަން އޮޕްޓިމައިޒޭޝަން ފަދަ ސާޖިކަލް ޕްރޮސީޖާތައް އޮޕްޓިމައިޒް ކުރުމަށް ފަރުމާކޮށްފައިވާ ޕްރޮސީޖާއެކެވެ.

‎‏ހަގީގީ ދުނިޔޭގެ ފުރަތަމަ ޓްރަޔަލް ރަންގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ސްޕައިނަލް ސާޖަރީއަކީ ދުނިޔޭގެ އެކި ‏‏ކަންކޮޅުތަކުގައި‏‎ ‎‎‏އޮޕަރޭޓިން ރޫމްތަކުގައި ވިޝަން ޕްރޯ ފަދަ އިމަރސިވް ޓެކް އިތުރަށް ބޭނުންކުރުމަށް އެޅުނު އުއްމީދީ ‏‏ފިޔަވަޅެކެވެ. ‏


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.