ޓިކްޓޮކްއުން އޭ.އައި އިންފްލުއެންސަރ ބޭނުންކުރަން ފަށަނީ

އަޝްނާ ރަޝީދު 12 އޭޕްރީލު 2024

އާޓިފިޝަލް އިންޓެލިޖެންސްގ ނުފޫޒާއި މެދު މީހުން ބަހުސްކުރަމުންދާ މިދަނޑި ވަޅުގައި، އެހެން ދާއިރާތަކެކޭވެސް އެއްފަދައިން، މީސްމީޑިޔާތަކުން އޭ.އައި.ބޭނުންކުރާތަން އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. މެޓާގެ އޭއައި ޗެޓްބޮޓްތަކާއި، ޔޫޓިއުބްގެ އޭއައި ލަވަކިޔުންތެރިންގެ އަޑުތައް އާންމުންނަށް ބޭނުންކުރެވޭ ޗެޓްބޮޓްތައް ވަނީ މިދިޔައަހަރުތެރޭގައި އާންމުވެފައެވެ. އަދި މިހާރު، ޓިކްޓޮކުންވެސް ވަނީ އޭއައި އެ ޕްލެޓްފޯމުގައި ބޭނުންކުރެވޭނެ އާގޮތެއް ތަޢާރަފުކުރުމުގެ ވާހަކަ ދައްކަން ފަށާފައެވެ.

ދަ އިންފޯމޭޝަންގައި ޕަބްލިޝްކޮށްފައިވާ ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުން، ޓިކްޓޮކުން މިހާރު މަސައްކަތްކުރަމުން ދަނީ އިސްތިހާރުތަކުގައި އޭ.އައި އިންފްލުއެންސަރުން ބޭނުންކުރެވޭނެތޯ ދިރާސާކުރަމުންނެވެ. މުސްތަޤުބަލުގައި އީކޮމާސްއަށް ބޭނުންކުރަން ގަސްތުކޮށްފައިވާ މި ފީޗަރއަކީ އަސްލު އިންފްލުއެންސަރުންނާއި އެކު ބޭނުންކުރުމަށް ރާވާފައިވާ ފީޗަރއެކެވެ. މި ފީޗަރު މެދުވެރިކޮށް ބްރޭންޑުތައް އޭ.އައިއެވަޓާތަކުގެ އެހީގައި އެ ފަރާތްތަކުގ ޕްރޮޑަކްޓުތައް ވިއްކުމަށް އެހީތެރިވެދެއެވެ.

އޭ.އައި އިންފްލުއެންސަރސް އިންސާނުންނަށް ވުރެ އަގުހެޔޮވެ، އިންސާނުންނަށްވުރެ ގެންގުޅެން ފަސޭހަވެއެވެ. އަދި ގިނަ ބަސްބަހާއި ތަފާތު ވައްތަރުތަކުގެ ގޮތްތަކުން މީހުންނަށް މުޢާމަލާތުކުރެވެއެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކާއި ގުޅޭ މެސެޖުތައް މި އެވަޓާތަކުގެ އެހީގައި ދެވޭނެކަމަށް ޤަބޫލުކުރެވެއެވެ.

ނަމަވެސް މި ފީޗަރ ޓެސްޓުކުރަމުންދާ ޓިކްޓޮކްގެ ބައެއް މުވައްޒިފުންހާމަކޮށްފައިވާގޮތުގައި، މި ފީޗަރއިން އޮންލައިންކޮށް ވިއްކޭއަދަދު އަސްލު އިންފްލުއެންސަރުންނަށްވުރެ މަދެވެ. މިކަމުގެ ސަބަބުން، މި ފީޗަރ އަދި މާކެޓަރުންނަށް ހުޅުވާލާފައި ނުވެއެވެ. ޙަބަރު ލިބިފައިވާގޮތުން، ޓިކްޓޮކުން މި އައު ފީޗަރު ބޭނުންކުރަމުންދާނީ އިންސާނީވަންތަ އިންފްލުއެންސަރުންނާއި އެކުގައެވެ.

ޓިކްޓޮކް ހުޅަނގުގައި ދެމިހުރުމަށް ދަތިތަކާއި ކުރިމަތިލަމުންދާ ދަނޑިވަޅުގައި، މިއީ ޓިކްޓޮކުން އެޅާ އާދަޔާ ޙިލާފު ފިޔަވަޅެކެވެ. ދާދިފަހުން ޓިކްޓޮކުން ހުއްޓާފައިވާ ކްރިއޭޓަރ ފަންޑުގެ ސަބަބުން ގިނަ އަދަދެއްގެ އިންފްލުއެންސަރުންވަނީ އާމްދަނީ ހޯދުމަށް ސްޕޮންސާރޝިޕްސަށް ބަރޯސާވެފައެވެ. އެހެންކަމުން ޓިކްޓޮކުން މި ފީޗަރު ނެރުމުގެ ކުރިން އެފަރާތްތަކުގެ ގިނަ ޔޫސަރުންގެ ބޭނުންތަކާއި މެދު ވިސްނަންޖެހެއެވެ.

އޭއައި އިންފްލުއެންސަރުންނަކީ މީސްމީޑިޔާގައި އަލަށް ފެނިގެންދާ އެއްޗެއް ނޫނެވެ. އިންސްޓަގްރާމް، ފޭސްބުކް، އަދި ޓިކްޓޮކްގައިވެސް މީގެކުރިންވަނީ އޭއައި އިންފްލުއެންސަރުންފެނިފައެވެ. އަސްލު އިންފލުއެންސަރުނގޮތުގައި މި ޕލެޓފޯމުތަކުގައި އުޅޭ އިންސާނުންނާއި ވަކި ކުރުމުގެ ގޮތުން، ޓިކްޓޮކުންވަނީ އޭއައި މދުވެރިކޮށް ހަދާ އެއްޗެހިތައް ފާހަގަކުރުމަށް ކޮމިއުނިޓީ ގައިޑްލައިންސްގައި މަޖުބޫރުކޮށްފައެވެ. އަދި އޭއެއި މެދުވެރިކޮށް އުފައްދާ ކޮންޓެންޓައް ޓީކްޓޮކުން އޭ.އައި ލޭބަލްތަކެއް ތަޢާރަފުކޮށްފައިވެއެވެ. މިކަމުން ކުރާ އަސަރުތައް ދިރާސާކޮށް، ވަކި މިންގަނޑެއެއްގެ ތެރެއަށްލުމުން، މި ޕްލެޓްފޯމުގައި މަސައްކަތްކުރަމުންދާ އިންސާނުނަށް، އޭއައި އާއެކު މަސައްކަތްކުރެވޭ އަދުލުވެރިގޮތެއް ހޯދުމަށް މަގުފަހިވެގެން ދެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.