އެކްސްގެ ސީއީއޯ އަދި ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު އީލޮން މަސްކް އޭނާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެންޓަޕްރައިޒް ހަރުދަނާ ކުރުމުގެ ގޮތުން އެކްސްއޭއައިގެ ނަމުގައި އޭނާ އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތުގައި ބައިވެރިވާން އެދޭ ހުނަރުވެރި ޒުވާނުންނަށް އެފުރުޞަތު ހުޅުވާލައިފިއެވެ.
ތަފާތު ވާޓިކަލްތަކުގައި ފުޅާދާއިރާއެއްގައި ކުރިއަށްގެންދާ މި ވެންޗަރއިން ދަނީ ޕްރޮޑަކްޓް ޑިވެލޮޕްމަންޓާއި ޑޭޓާ އެނަލިޓިކްސް އަދި އިންފްރާސްޓްރަކްޗަރ މެނޭޖްމަންޓަށް ބޭނުންވާ އިންޖިނިއަރުންނާއި ޑިޒައިނަރުންނާއި މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
"އެކްސްއޭއައިއާ ގުޅެން،" ބިލިއަނަރު ވިޔަފާރިވެރިޔާ އޭނާގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް އިލްތިމާސް ކުރިއެވެ.
ކުރިއަރަމުން އަންނަ މި އެންޓަޕްރައިޒްގެ މައިގަނޑު އަސާސަކީ އެ ކުންފުނިން ތައާރަފްކުރި އޭއައި ޕަވާޑް ޗެޓްބޮޓެއް ކަމަށްވާ "ގްރޯކް" އެވެ. އެކްސްއޭއައި އިން އަންނަނީ އޭއައި ޓިއުޓަރުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އެކްސްއޭއައި އަކީ އިންސާނުންގެ ސައިންޓިފިކް ހޯދުންތައް ހަލުވިކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް އުފެއްދުމުގެ މަސައްކަތް ކުރާ އާ ކުންފުންޏެކެވެ.
މަސްކްގެ އޭއައި މަސައްކަތް މިހާރު ކުރިއަށް ދަނީ މަޝްހޫރު ޓެކް ހަބްތައް ކަމަށްވާ ސެން ފްރެންސިސްކޯ ބޭ އޭރިއާ އާއި އެމެރިކާގެ ޕަލޯ އަލްޓޯ އަދި އިނގިރޭސިވިލާތުގެ ލަންޑަން ފަދަ މަޝްހޫރު ޓެކް ހަބްތަކުގައެވެ.
"އިން ޕަރސަން ކޯލަބްރޭޝަނަށް އިސްކަން ދޭއިރު، ރިމޯޓް ވޯކް ގެ ފުރުޞަތުތައް ވެސް އައުޓްސްޓޭންޑިންގ ކެނޑިޑޭޓުންނަށް ފުޅާކުރަން،" އެކްސްއޭއައި އިން ބުންޏެވެ.
މަތީ ފަންތީގެ ހުނަރުވެރިން ޝައުގުވެރިކުރުވުމުގެ ގޮތުން، އެ ކުންފުނިން މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި، ނަގުދު ފައިސާ އާއި އިކުއިޓީ ބޭސްޑް އިނާޔަތްތަކާއި، ކޮމްޕްރެހެންސިވް މެޑިކަލް، ޑެންޓަލް އަދި ވިޝަން އިންޝުއަރެންސް ކަވަރޭޖްގެ އިތުރުން ކުރިން އެޕްރޫވަލް ލިބުމާ އެކު އަންލިމިޓެޑް ޕޭޑް ޓައިމް އޮފް ހިމެނެއެވެ. މީގެ އިތުރުން އެކްސްއޭއައި އިން ވަނީ އަލަށް ރެކްރޫޓްކުރާ ފަރާތްތަކަށް ވިސާ ސްޕޮންސާޝިޕްގެ މުއްދަތު އިތުރުކޮށްފައެވެ.
މަސްކްގެ އަމާޒަކީ ކުރިއަށް އޮތް 2-3 ހަފުތާގެ ތެރޭގައި އެކްސްއޭއައި އަށް 3-4 ބިލިއަން ޑޮލަރުގެ ބޮޑު ފަންޑިން ރައުންޑެއް ހޯދުމެވެ.
2023 ވަނަ އަހަރު އުފެދުނު އެކްސްއޭއައިގެ ފުރަތަމަ އޭއައި ޕްރޮޑަކްޓް ލޯންޗްކުރީ އޭގެ ކުރީ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
އެގޮތުން އޭއައި ޗެޓްބޮޓްގެ ކުރިއަށް އޮތް ވާޝަން "ގްރޯކް 2" އުފެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މަސްކް ވިދާޅުވީ ލޯންޗްކުރުމުން ހުރިހާ އުންމީދުތަކެއް ފަހަނައަޅާދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.