މައިކްރޯސޮފްޓް އޭއައި ޕީސީގެ ތަސައްވުރު

އޯޕަންއޭއައި އާއި ގޫގުލް ގުޅިގެން މި މަހު ބޭއްވި ހައި ޕްރޮފައިލް އިވެންޓްތަކަށް ފަހު މައިކްރޮސޮފްޓްގެ ބިލްޑް ޑިވެލޮޕަރު ކޮންފަރެންސް އަންނަ އަންގާރަ ދުވަހު ފަށާއިރު، އެ ކުންފުނީގެ އެންމެ ފަހުގެ އާޓިފިޝަލް އިންޓެލިޖެންސް ޕްރޮޖެކްޓްތައް ދައްކާލުމަށް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

އޭއައި ރޭހުގައި މައިކްރޮސޮފްޓަށް އެހެން ކުންފުނިތަކަށް ވުރެ ތަފާތު އެޑްވާންޓޭޖެއް އޮތް އެއް ދާއިރާއަކީ ވިންޑޯޒްގެ މިލްކުވެރިކަމުގެ ސަބަބުން އެ ކުންފުންޏަށް ބޮޑު ޕީސީ ޔޫޒާބޭސްއެއް އޮތުމެވެ.

މައިކްރޮސޮފްޓްގެ ސީއީއޯ ސަތިޔާ ނަޑެއްލާ މިދިޔަ ޖެނުއަރީ މަހު ވިދާޅުވީ 2024 ވަނަ އަހަރަކީ އޭއައިގެ އަހަރެއް ކަމަށާއި، "ކޮންމެ ޕީސީއެއްގެ ވެސް ފަސްޓް ކްލާސް ބައަކަށް" އޭއައި ވާނެ އަހަރެއް ކަމަށެވެ.

އެ ކުންފުނިން މިހާރުވެސް ބިންގް ސާޗް އިންޖީނުގައި އަދި އޮފީސް ޕްރޮޑަކްޓިވިޓީ ސޮފްޓްވެއާގައި އެކުންފުނީގެ ކޯޕައިލޮޓް ޗެޓްބޮޓް އެސިސްޓެންޓް ފޯރުކޮށްދެއެވެ. މިހާރު ޕީސީ ބޭނުންކުރާ ފަރާތްތަކަށް ވިންޑޯޒްގައި އޭއައި އެމްބެޑް ކުރާނެ ގޮތާއި އާ އޭއައި ޕީސީތަކުގައި ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން އިތުރު މައުލޫމާތު ލިބޭނެއެވެ.

ބިލްޑް ކޮންފަރެންސް މިބާއްވަނީ ގޫގުލް އައި/އޯ އިން މިހާތަނަށް އެންމެ ބާރުގަދަ އޭއައި މޮޑެލް ދައްކާލައި، އެ ކުންފުނީގެ ޖެމިނީ އޭއައި ކޮމްޕިއުޓަރުތަކާއި ފޯނުތަކުގައި މަސައްކަތް ކުރާނެ ގޮތް ދައްކާލިތާ ދުވަސްތަކެއް ފަހުންނެވެ.

ގޫގުލްގެ އިވެންޓުގެ ކުރިން އޯޕަންއޭއައި އިން ވަނީ އެ ކުންފުނީގެ އާ ޖީޕީޓީ-4އޯ މޮޑެލް އިއުލާނުކޮށްފައެވެ.

މައިކްރޮސޮފްޓަކީ އޯޕަންއޭއައިގެ ލީޑް އިންވެސްޓަރު ކަމަށްވާއިރު، އެ ކުންފުނީގެ ކޯޕައިލެޓް ޓެކްނޮލޮޖީ ބިނާވެފައި ވަނީ އޯޕަންއޭއައިގެ މޮޑެލްތަކުގެ މައްޗަށެވެ.

މައިކްރޮސޮފްޓަށް ކުރިމަތިވެފައިވާ ގޮންޖެހުމަކީ އޭއައިގައި ފާހަގަކޮށްލެވޭ މަގާމެއް ދެމެހެއްޓުމާއި ޕެންޑެމިކްގެ ތެރޭގައި އަޕްގްރޭޑް ސައިކަލްއަށް އައި ލޮޅުމާއި ގުޅިގެން ފާއިތުވި ދެ އަހަރެއްހާ ދުވަހު ހީނަރުވެފައިވާ ޕީސީ ސޭލްސް ވަރުގަދަ ކުރުމެވެ.

މައިކްރޮސޮފްޓްގެ އާ އޭއައި ޓޫލްތަކުގެ ސަބަބުން އެންޓަޕްރައިޒް އަދި ކޮންސިއުމާ ކަސްޓަމަރުން މުސްކުޅިވެފައިވާ ނުވަތަ ކުރީގެ ކޮމްޕިއުޓަރުތައް އަޕްގްރޭޑް ކުރަން އިތުރު ސަބަބެއް ކުރިމަތިވެދާނެއެވެ.

މައިކްރޮސޮފްޓުން އެ ކުންފުނީގެ ކޮމްޕިއުޓަރުތަކުގައި އޮފްލައިން އޭއައި ގެ ވަޒީފާތަކަށް އޭއެމްޑީ، އިންޓެލް އަދި ކުއަލްކޮމްގެ ޗިޕްތައް ހިމަނޭނެކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި، މިސާލަކަށް، ކަނެކްޝަނަކާ ނުލައި ޓްރާންސްކްރިޕްޝަނެއް ކުރުކުރުމަށް ކޯޕައިލޮޓްގެ ކިބައިން އެދުމަށް އަޑު ބޭނުންކުރުން ހިމެނެއެވެ.

އޭއައި ޕީސީއަކީ ކޮބާ؟

އޭއައި ޕީސީ އަކީ ނިއުރަލް ޕްރޮސެސިން ޔުނިޓެކެވެ. އެން.ޕީ.ޔޫއަކީ ޓްރެޑިޝަނަލް ސެންޓްރަލް ޕްރޮސެސިންގ ޔުނިޓް (ސީ.ޕީ.ޔޫ)ގެ ޤާބިލުކަން ފިޔަވައި، އާޓިފިޝަލް އިންޓެލިޖެންސްގެ މަސައްކަތްތައް ޚާއްޞަގޮތެއްގައި ބެލެހެއްޓުމަށް ފަރުމާކުރެވިފައިވާ ޔުނިޓްތަކެކެވެ. އާދަޔާ ހިލާފަށް އެޕަލް ފަދަ ކުންފުނިތަކުން ފޮޓޯ އާއި ވީޑިއޯ ރަނގަޅު ކުރުމަށް ނުވަތަ ސްޕީޗް ރިކޮގްނިޝަން އަށް އެ ތަކެތި ބޭނުންކުރެއެވެ.

އިންޓަނެޓް ކަނެކްޝަނަކާ ނުލައި އޭއައި ޕީސީތަކަށް ލިބޭނެ ގާބިލްކަން އަދި މައިކްރޮސޮފްޓުން ހާމައެއް ނުކުރެއެވެ. ނަމަވެސް ފުލް ކޮމްޕިއުޓަރ ޕްރޮސެސަރެއް ނެތް ގޫގުލްގެ ޕިކްސެލް 8 ޕްރޯ ފޯނަކީ ރެކޯޑިންތައް ކުރުކޮށް ޓްރާންސްކްރައިބްކޮށް ޓެކްސްޓް މެސެޖް ރެސްޕޮންސްތައް ރެކޮމެންޑްކޮށް، އޭގެ ޖެމައިނީ ނެނޯ އޭއައި ބޭނުންކޮށްގެން އިތުރު އެއްޗެއް ބޭނުން ކުރެވޭނެ ފޯނެކެވެ.

ހާއްސަ އެންޕީޔޫއަކާ އެކު އިންޓެލްގެ އެންމެ ފަހުގެ ލޫނާ ލޭކް ޗިޕްސް ހިމެނޭ ކޮމްޕިއުޓަރުތައް 2024 ވަނަ އަހަރުގެ ފަހުކޮޅު އަންނާނެ ކަމަށް ބެލެވެއެވެ. އެންޕީޔޫއަކާ އެކު ކުއަލްކޮމްގެ ސްނެޕްޑްރެގަން އެކްސް އެލީޓް ޗިޕް މި އަހަރުގެ މެދުތެރޭގައި ލިބެން ހުންނާނެ ކަމަށް ބެލެވޭއިރު، އޭއެމްޑީގެ އެންމެ ފަހުގެ ރައިޒެން ޕްރޯ މި ކުއާޓަރުގައި ލިބޭނެ ކަމަށް ބެލެވެއެވެ.

އިންޓެލް އިން ބުނީ މި ޗިޕްތަކުގެ ސަބަބުން "ރިއަލް ޓައިމް ލެންގުއޭޖް ޓްރާންސްލޭޝަން، އޮޓޮމޭޝަން އިންފެރެންސިން އަދި އެންހޭންސްޑް ގޭމިން އެންވަޔަރަންމަންޓްސް" ފަދަ ކަންކަމަށް ފުރުސަތު ލިބޭ ކަމަށެވެ.

އެޕަލް އިން އެތައް އަހަރެއް ވަންދެން އެން.ޕީ.ޔޫ ބޭނުންކުރަމުން އަންނައިރު ދާދި ފަހުން އައިޕެޑް ޕްރޯގެ އާ އެމް4 ޗިޕްގައި އެއެންޕީޕީތައް ފާހަގަކޮށްފައިވެއެވެ. އެމް4 ޗިޕް މި އަހަރުގެ ތެރޭގައި މެކްސްގެ ކުރިއަށް އޮތް ބުރުގައި ނެރޭނެ ކަމަށް ބެލެވެއެވެ.

ވިންޑޯޒް އޮން އާރމް

އިންޓެލް އާއި އޭއެމްޑީއާ ހިލާފަށް ކުއަލްކޮމް އިން އާރމް އިން ޕަވާޑް ޗިޕްސް ނެރޭއިރު، މައިކްރޮސޮފްޓްގެ އެއް ސެޝަންގައި "ދަ ނެކްސްޓް ޖެނެރޭޝަން އޮފް ވިންޑޯޒް އޮން އާރމް" އާ ބެހޭ ގޮތުން ވާހަކަ ދައްކާނެ ކަމަށާއި މި ސެޝަންގައި ކުއަލްކޮމް ޗިޕްތަކުގައި ވިންޑޯޒް ރަންކުރާ ގޮތާއި ވިންޑޯޒްގެ އިންޓެލް އަދި އޭއެމްޑީ ވާޝަންތަކާ ތަފާތުވާ ގޮތް ހިމެނޭނެ ކަމަށް ބެލެވެ އެވެ.

ކެނަލިސްގެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޕީސީ ޗިޕް މާކެޓުގެ 78 ޕަސެންޓް އަދިވެސް އިންޓެލް އިން ކޮންޓްރޯލް ކުރާއިރު އޭއެމްޑީ ކޮންޓްރޯލް ކުރަނީ 13 ޕަސެންޓެވެ.

މީގެ ކުރިން ވެސް ކުއަލްކޮމް އިން ވަނީ ސްނެޕްޑްރެގަން އާރމް ބޭސްޑް ކޮމްޕިއުޓަރުތައް ޕްރޮމޯޓްކޮށް، އެ ކޮމްޕިއުޓަރުތަކުގެ ބެޓެރީގެ ދިގު ލައިފާއި ތުނި ޑިޒައިންތަކާއި ސެލިއުލާ ކަނެކްޝަން ފަދަ އެހެނިހެން ފައިދާތައް ބޭނުންކޮށްފައެވެ. އެކަމަކު ކުއަލްކޮމްގެ ޗިޕްސްގެ ކުރީގެ ވާޝަންތައް ހުރީ ކަސްޓަމަރުންނަށް ދޭ މިންވަރަށް ލިމިޓްކޮށްފައެވެ. މިސާލަކަށް 2018 ވަނަ އަހަރު އެ ކުންފުނީގެ ސްނެޕްޑްރެގަން 835 ޗިޕަށް ގިނަ ވިންޑޯޒް އެޕްލިކޭޝަންތައް އިންސްޓޯލް ނުކުރެވޭނެއެވެ.

އޭގެ ފަހުން މައިކްރޮސޮފްޓުން ވަނީ އާރމްގައި ޓްރެޑިޝަނަލް އެޕްލިކޭޝަންތައް ބެލެހެއްޓުމަށް ވިންޑޯޒް ރަނގަޅުކޮށްފައެވެ. އަދި އާރމް ހާޑްވެއާގައި ރަންކުރާ ކޮމްޕިއުޓަރުތަކަށް ހާއްސަ އެފްއޭކިއު ޕޭޖެއް ވެސް އެ ކުންފުނީގައި ހުރެއެވެ.

ހުރިހާ ތަނެއްގައި ވެސް އޭއައި

މައިކްރޮސޮފްޓުން "އޭއައި އެވްރީވެއާ" ފަދަ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކްލައުޑްގައި ރަންކުރާ ޑިވައިސްތަކުގައި "ޖެނެރޭޓިވް އޭއައި މޮޑެލްތައް ހަލުވިކުރާނެ" ގޮތްތައް ވެސް ހިމެނެއެވެ.

"އަޒޫރޭ އޭއައި ސްޓޫޑިއޯ" ސެޝަނެއްގައި ޑިވެލޮޕަރުން އަމިއްލަ އަށް ކޯޕައިލެޓް ޗެޓްބޮޓް އުފެއްދޭނެ ގޮތް ކިޔައިދޭނެކަމަށް ބެލެވޭއިރު، އެއީ ގޫގުލް އާއި އޯޕަންއޭއައި އިން ޖެމައިނީ އާއި ޗެޓްޖީޕީޓީއާ އެކު ކުރާ މަސައްކަތާ އެއްގޮތް ކަމެއް ކަމަށް ބެލެވެއެވެ.

މިސާލަކަށް، މުވައްޒަފުންނަށް ޞިއްޙީ ފައިދާތައް އިޚްތިޔާރުކުރުމަށް އެހީތެރިވެދޭނެ ޗެޓްބޮޓެއް އުފައްދާ ކުންފުންޏެއް ކަމަށް ވިސްނާލާށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.