ފަސްޓް ވުމެން : ނާސާއިން ޒުވާނުންނަށް ނެރުނު ގްރެފިކްނޮވެލް

"ފަސްޓް ވުމެން:ނާސާސް ޕްރޮމިސް ފޯ ހިއުމަނިޓީ" އަކީ ޒުވާން ކިޔުންތެރިންނަށް އަމާޒުކޮށް ނާސާއިން ނެރުނު ފާހަގަކޮއްލެވޭ ގްރެފިކް ނޮވެލެކެވެ. މި ނޮވެލްއިން އެސްޓްރޮނޯޓު ކެލީ، ސޯލާ ސިސްޓަމް ހުރަސްކޮށް ކުރާ ދަތުރުތަކުގެ ތެރެއިން ޕްލެނެޓަރީ ސައިންސްސާއި ސްޕޭސް ޓެކްނޮލޮޖީގެ އަޖައިބުތައް ޝައުގުވެރިކަމާއެކު ކިޔުންތެރިންނަށް ގެނެސްދެއެވެ.

"ފަސްޓް ވުމެން" ގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އޭގެ ކުލަގަދަ ތަފްސީލީ ތަސްވީރުތަކެވެ. އެގޮތުން މި ތަސްވީރުތަކުން އުދަނގޫ ސައިންޓިފިކް ކޮންސެޕްޓްތައް ފަސޭހައިން ސިކުނޑިއަށް ނަގައިގަނެވޭނެހެން ދައްކުވައިދެއެވެ. މީގެ އިތުރުން އެކިއެކި ކުލަތަކާއި ޑިޒައިންތައް ބޭނުންކޮށްފައިވަނީ ކިޔުންތެރިންގެ ސަމާލުކަން ދަމައިގަންނަ ގޮތްގޮތަށް ކަމަށްވުމުން އެ ނޮވެލް ކިޔުމަށް ކިޔުންތެރިންގެ ހުންނަ ޝައުގުވެރިކަން އިތުރުވެގެން ދެއެވެ.


މި ގްރެފިކް ނޮވެލް ފަރުމާކޮށްފައިވަނީ އިންޓަރެކްޓިވް އެލިމެންޓްތައް އެކުލަވާގެންނެވެ. އެގޮތުން ކޮންމެ ޗެޕްޓަރއަކަށް ފަހު ކުއިޒްތަކާއި ޕަޒްލްތަކުގެ އިތުރުން ތްރީޑީ މޮޑެލްތަކާއި އޭއާރ އެކްސްޕީރިއެންސްތައް ކޮމްޕޭނިއަން އެޕެއް މެދުވެރިކޮށް ލިބެންހުރެއެވެ. މީގެ ކޮންމެ އެލެމެންޓަކުން ވެސް ކިޔުންތެރިންގެ ޝައުގުވެރިކަމާއި ބައިވެރިވުން އިތުރުވެ މައުލޫމާތު މުއްސަނދިވެގެންދެއެވެ.


"ފަސްޓް ވުމެން" ގެ މައުލޫމާތުން ފުރިފައިވާ ވާހަކައާއި ކުލަގަދަ ތަސްވީރުތަކާއި އިންޓަރެކްޓިވް ހަރަކާތްތަކަކީ ކައުނުގެ އަޖައިބުތަކާ މެދު ޒުވާން ކިޔުންތެރިން ޝައުގުވެރިވެ ނޮވެލް ކިޔުމުގައި ދެމިތިބޭނެ ސަބަބުތަކެކެވެ.

ނާސާގެ ސްޕޭސް ޓެކްނޮލޮޖީ މިޝަން ޑައިރެކްޓްރޭޓުން ވަނީ މުސްތަގުބަލުގައި މިޝަންތަކަށް މަގުފަހިވާ ގޮތަށް ޓްރާންސްފޯމޭޓިވް ޓެކްނޮލޮޖީތައް އުފައްދައިފަ އެވެ. ފަސްޓް ވުމަންގެ ގްރެފިކް ނޮވެލް އަދި އިންޓަރެކްޓިވް އެކްސްޕީރިއެންސްގައި ހިމެނޭ ހަނދާއި މާސް އަދި އެއަށްވުރެ ވެސް އިތުރު ހަގީގީ އުފެއްދުންތައް ހޯދާށެވެ. އިތުރު ޓެކްނޮލޮޖީތައް ހޯދުމަށް އެކްސްއާރް އެޕް ޑައުންލޯޑް ކުރާށެވެ.

ފަސޭހައިން ޑިޖިޓަލްކޮށް ލިބެން އޮތް މި ގްރެފިކް ނޮވެލް ކޮންމެހެން ވެސް ކިޔާލަންވާނެވެ!

މިގްރެފިކް ނޮވެލް ކިޔާލުމަށް: https://www.nasa.gov/calliefirst


ނޫރާން ނޫރުﷲ އަދްނާން

ނޫރާން ނޫރުﷲ އަދްނާން

އިންސާނީ ފިކުރުތަކާއި ދިރާސާތަކުން އުފަންކުރުވާފައިވާ ފަންނިއްޔާތުން ދުނިޔެއަށް އަންނަ ބަދަލުތަކަށް ލޯހުޅުވުން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.