ަަކުއަންޓަމް ކޮމްޕިއުޓިންގް އަށް ތަޢާރަފެއް

ކުއަންޓަމް ކޮމްޕިއުޓިން ކޮބާ؟

ކުައަންޓަމް ކޮމްޕިއުޓިންނަކީ ކުައަންޓަމް މެކޭނިކްސްގެ އަސޫލުތައް ބޭނުންކޮށްގެން މައުލޫމާތު ޕްރޮސެސްކުރާ ކޮމްޕިއުޓިންގެ ހާއްސަ ވައްތަރެކެވެ. މައުލޫމާތު ތަމްސީލުކުރުމަށް ބިޓް (0 އަދި 1) ބޭނުންކުރާ އާދާގެ ކޮމްޕިއުޓަރުތަކާއި ޙިލާފަށް ކުއަންޓަމް ކޮމްޕިއުޓަރުތަކުގައި ބޭނުންކުރަނީ ކުއަންޓަމް ބިޓްސަ ނުވަތަ ކިއުބިޓްސެވެ. މި ކިއުބިޓްތަކަށް ސުޕަރޕޮޒިޝަން ކިޔާ ސިފައެއް ބޭނުންކޮށް 0 އަދި 1 އެއްފަހަރާ ދައްކާލައެވެ. އެހެންކަމުން އާދައިގެ ކޮމްޕިއުޓަރުތަކަށް ކުޅަދާނަ ނުވާ ވަރުގެ ބޮޑެތި މައްސަލަތައް ފަސޭހަކަމާއެކު ކުއަންޓަމް ކޮމްޕިއުޓަރުތައް މެދުވެރިކޮށް ހައްލުކުރެވެއެވެ.


މިހާރު ކުއަންޓަމް ކޮމްޕިއުޓިންގް އޮތީ ކިހާ ހިސާބެއްގައިތޯ؟

ކުައަންޓަމް ކޮމްޕިއުޓިންގެ ދާއިރާގެ ދޮރުތައް ހުޅުވުނީ ވަރަށް ފަހުން ނަމަވެސް މި ދާއިރާއިން ވަނީ ބޮޑެތި ކުރިއެރުންތައް ހޯދާފައެވެ. އެގޮތުން އައިބީއެމް ފަދަ ކުންފުނިތަކުން ވަނީ ކުއަންޓަމް ކޮމްޕިއުޓަރުތައް އުފައްދާ، ޑިވެލޮޕަރުންނަށް ލިބޭނެ ގޮތް ހަދައިދީފަ އެވެ. ނަމަވެސް މި ކޮމްޕިއުޓަރުތަށް އަދި އެހާ ފުރިހަމަ ނުވާތީ މިވަގުތު އޭތި ބޮޑަށް ބޭނުންކުރެވެނީ އެކްސްޕެރިމެންޓުތަކާއި ދިރާސާތަކުގައެވެ.

ކުއަންޓަމް ކޮމްޕިއުޓިންގ އިން ގެނެސްދޭނެ ބަދަލުތަކަކީ ކޮބާ؟

ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި އެކިއެކި ދާއިރާތަކަށް އާ ކުރިއެރުންތައް ހޯދާދިނުމުގެ ގާބިލުކަން މި ފައްނިއްޔާތުގައި އެބައޮތެވެ. އެގޮތުން މޮލިކިއުލަރ އިންޓަރެކްޝަންތައް ކޮޕީކޮށް އާ ބޭސްތައް އުފެއްދުމާއި އާ އެންކްރިޕްޝަންތައް އުފައްދާ ސައިބަރސެކިއުރިޓީގެ ދާއިިރާ އިތުރަށް ވަރުގަދަ ކުރުމާއި އަދި މިހާރުގެ އޭއައިތަކަށް ވުރެ މާއަވަސް އަދި ކުޅަދާނަ އޭއައިތައް އުފެއްދުމަކީ ކުައަންޓަމް ކޮމްޕިއުޓިން ބޭނުންކޮށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ. މިއީ އާދައިގެ ކޮމްޕިއުޓަރުތަކަށް ކުރެވޭ ވަރުގެ ކަންތައްތަކެއް ނޫނެވެ.

ކުަންޓަމް ކޮންޕިއުޓިންގް ބޭނުންކުރެވޭ ބައެއް ގޮތްތަށް

ކުއަންޓަމް ކޮމްޕިއުޓިންގް މިހާރު ބޭނުންކުރެވެމުންދާ ގޮތަތަކަށް ބަލާލާއިރު ބޭސްވެރިކަމުގެ ދާއިރާގައި ބޭސް އުފެއްދުމާއި އަދި ޕާސަނަލައިޒްޑް ފަރުވާ ދިނުމުގައި ބޭނުންކުރެވެއެވެ. އަދި ވިޔަފާރީގައި އިންވެސްޓްމެންޓްތައް ރަގަނޅަށް ބެލެހެއްޓުމަށާއި މަކަރުތަށް ދެނެގަތުމަށް ބޭނުންކުރެވެއެވެ. މީގެއިތުރުން ސައިންޓިފިކް ރިސާރޗްތަކުގައި އާ ހޯދުންތައް ހޯދުމަށާއި އާ އުފެއްދުންތަށް އުފެއްދުމަށް ބޭނުންކުރެވެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް:

https://www.ibm.com/quantum/technology






ނޫރާން ނޫރުﷲ އަދްނާން

ނޫރާން ނޫރުﷲ އަދްނާން

އިންސާނީ ފިކުރުތަކާއި ދިރާސާތަކުން އުފަންކުރުވާފައިވާ ފަންނިއްޔާތުން ދުނިޔެއަށް އަންނަ ބަދަލުތަކަށް ލޯހުޅުވުން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.