ސްޕޭސް ޓުއަރިޒަމް- އާންމުން ޖައްވުން ބޭރަށް ގެންދިޔުން

ސްޕޭސް ޓޫރިޒަމްގެ ދާއިރާއިން އާންމުނަށް ޖައްވުން ބޭރަށް ދަތުރުކުރުމުގެ މަގު ފަހިކުރުމަށް ކުންފުނިތަކުން އަންނަނީ އެކި މަސައްކަތް ކުރަމުންނެވެ.

ސްޕޭސް ޓޫރިޒަމަކީ ކޮބައި ހެއްޔެވެ؟

ސްޕޭސް ޓޫރިޒަމޭ ބުނެވެނީ އަރާމާއި ހިތްހަމަޖެހުމަށް ޖައްވުން ބޭރަށް ދަތުރުކުރުމަށެވެ. ޕްރޮފެޝަނަލް އެސްޓްރޮނޯޓުންނާ ހިލާފަށް ފަތުރުވެރިން ފައިސާ ދައްކައިގެން ޖައްވީ ތަޖުރިބާ ކުރުމުގެ ފުރުސަތަކަށެވެ. މީގެ ތެރޭގައި ޖައްވުގެ އަރިމައްޗަށް ކުރު މުއްދަތަކަށް ސަބްއޯބިޓަލް ދަތުރާއި އޯބިޓަލްގައި ގިނަ ދުވަހު ތިބޭ ދަތުރުތައް ވެސް ހިމެނެއެވެ.

ސްޕޭސް ޓޫރިޒަމް އުފެދިގެން އައި ގޮތް

ޖައްވީ ފަތުރުވެރިކަން ފެށިގެން އައީ 2001 ވަނަ އަހަރުގެ އޭޕްރީލް މަހު 20 މިލިއަން ޑޮލަރު ދެއްކާ، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ޑެނިސް ޓިޓޯ ދަތުރުކުރުމުންނެވެ. އޭގެ ފަހުން މާކް ޝަޓްލްވޯތު، ގްރެގޯރީ އޮލްސަން، އަދި އަނޫޝޭ އަންސާރީ ފަދަ އެހެން ފަތުރުވެރިން ވެސް ވަނީ ގޮސްފައެވެ. މި ފަންނުވެރިން ވަނީ ވިޔަފާރީގެ އުސޫލުން ޖައްވީ ދަތުރުފަތުރުގެ ގާބިލްކަން ދައްކާފައެވެ.


ސްޕޭސް ޓޫރިޒަމްގެ ދައިރާގެ ލީޑިންގ ކުންފުނިތައް:

- ވާޖިން ގެލެކްޓިކް

ސަރ ރިޗާޑް ބްރެންސަންގެ ވާޖިން ގެލެކްޓިކް އިން އުފެއްދި ޖައްވީ އުޅަނދު ކަމައްވާ "ވީއެސްއެސް ޔުނިޓީ" އިން ސަބްއޯބިޓަލް ދަތުރުތައް ކުރެއެވެ. 11 ޓެސްޓް ފްލައިޓް ނިންމުމަށްފަހު ވާޖިން ގެލެކްޓިކް އިން ވަނީ ޔުނިޓީގެ ބަދަލުގައި އާ ޑެލްޓާ މޮޑެލް އުފެއްދުމަށް ރާވާފައެވެ. ޑެލްޓާގެ އަމާޒަކީ ހަފްތާއަކު ދެ ފަހަރު އަށް ދަތުރުވެރިން އުފުލުމެވެ. އެގޮތުން މި ދަތުރުގެ ޓިކެޓްގެ އަގަކީ ގާތްގަނޑަކަށް 600،000 ޑޮލަރެވެ.

- ބްލޫ އޮރިޖިން

ޖެފް ބެޒޯސްގެ ބްލޫ އޮރިޖިންގެ "ނިއު ޝެޕާޑް" ކަމަށްވާ ޖައްވީ އުޅަނދު ސަބްއޯބިޓަލް ފްލައިޓްތައް ކުރުމަށް އޮޕަރޭޓް ކުރެވޭއިރު މިހާތަނަށް 37 ކަސްޓަމަރުން އުދުހިފައިވެއެވެ. އެ ކުންފުނިން މިހާރު ދަނީ ބޮޑެތި މިޝަންތަކަށް "ނިއު ގްލެން" ރޮކެޓް ތަރައްގީ ކުރަމުންނެވެ. ހަނދާއި ޖައްވީ ސްޓޭޝަންތަކުގެ މިޝަންތަކަށް ފޯކަސްކުރެވޭއިރު ޓިކެޓަކަށް އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.

- ސްޕޭސްއެކްސް

އީލޯން މާސްކްގެ ސްޕޭސްއެކްސް އިން ދަނީ ހަނދާއި މާރސަށް ދިގު ދަތުރުތަށް ކުރުމަށް ފަރުމާކޮށްފައިވާ "ސްޓާޝިޕް" ގެ މަސައްކަތްތައް ކުރަމުންނެވެ. ސްޕޭސްއެކްސް އިން ވަނީ ސެޕްޓެމްބަރު 2021 ގައި އިންސްޕިރޭޝަން4 މިޝަނުގައި އަމިއްލަ ހަތަރު ރައްޔިތަކު އޯރބިޓަށް ފޮނުވާފައެވެ. މި ވަގުތު މިއުޅަނދުތައް އިތުރަށް ޓެސްޓް ކުރެވެމުން ދާއިރު، ވަރަށް އަވަހަށް ސިވިލް ފްލައިޓްތައް ދިނުމަށް ވަނީ ރާވާފައެވެ.

އަލަށް ތަޢާރަފްވި ކުންފުނިތައް:

- ސްޕޭސް ޕާރސްޕެކްޓިވް

ސްޕޭސް ޕާސްޕެކްޓިވް އިން ދަނީ ސަބްއޯބިޓަލް ފްލައިޓްތަކަށް ސްޕޭސް ބެލޫނެއް ތަރައްގީ ކުރަމުންނެވެ. މި ބެލޫން ގައި ފަތުރުވެރިން ޖައްވުގެ އަރިމައްޗަށް ދަތުރުކުރަނީ ހިތްގައިމު ކެޕްސޫލެއްގައެވެ. ލަފާކުރެވޭ ގޮތުގައި ޓިކެޓެއްގެ އަގަކީ 125،000 ޑޮލަރާއި 200،000 ޑޮލަރާ ދެމެދުގެ އަދަދެކެވެ. އެގޮތުން މި ފްލައިޓްތައް ފެށޭނީ 2025 ވަނަ އަހަރު ކަމަށް ބެލެވެއެވެ.

- ވޯލްޑް ވިއު

ވޯލްޑް ވިއު އިން ވެސް ސްޕޭސް ބެލޫން ދަތުރުތައް ކުރިއަށް ގެންދާއިރު، އެމީހުންގެ އަމާޒަކީ ގާތްގަނޑަކަށް 50،000 ޑޮލަރަށް ވުރެ އަގުހެޔޮ ގޮތެއް ފޯރުކޮށްދިނުމެވެ. ދުނިޔޭގެ އެކި ތަންތަނުން ލޯންޗުކޮށް 2026 ވަނަ އަހަރު ދަތުރުތައް ފެށުމަށް މި ކުންފުނިންވަނީ ނިންމާފައެވެ.

- ޒެފަލްޓޯ

ފްރާންސްގެ ކުންފުނި ޒެފަލްޓޯ އިން ދަނީ އެ ކުންފުނީގެ ސްޕޭސް ބެލޫން ޓެސްޓް ކުރަމުންމެވެ. އަދި ލަގްޒަރީ އެމެނިޓީތަކާ އެކު މިފަދަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ވަނީ ރާވާފައެވެ.

ރައްކާތެރިކަމާއި ގަވާއިދުތައް

ސްޕޭސް ޓޫރިޒަމްގައި ރައްކާތެރިކަމުގެ ގޮތުން ފަރުވާތެރި ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އެމެރިކާގެ ކޮމާޝަލް ސްޕޭސް ލޯންޗް އެމެންޑްމަންޓްސް އެކްޓް (ސީއެސްއެލްއޭއޭ) ގައި ބުނެފައި ވާގޮތުގައި ޕެސެންޖަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޕެސެންޖަރުންގެ ރުޙުން (އެފްއޭއޭ) ގެ ބެލުމުގެ ދަށަށް ފޮނުވަންޖެހެއެވެ.

މުސްތަޤްބަލުގައި ސްޕޭސް ޓޫރިޒަމް

އާ ކުންފުނިތައް މިދާއިރާއަށް ވަނުމާއި ޓެކްނޮލޮޖީގެ އިންގިލާބީ ކުރިއެރުންތަކުގެ ސަބަބުން ސްޕޭސް ޓޫރިޒަމްގެ ދާއިރާ ދަނީ އަވަސްކަމާއެކު ތަރައްގީ ވަމުންނެވެ. ކުރިއަށް އޮތްތަނުގައި ޖައްވީ ދަތުރުތައް އަގުހެޔޮވެފައި ފަސޭހަވުމުގެ އިތުރުން ހަނދާއި މާރސަށް ކުރާ މިޝަންތައް ފެށިގެންދާނެވެ.

ނޫރާން ނޫރުﷲ އަދްނާން

ނޫރާން ނޫރުﷲ އަދްނާން

އިންސާނީ ފިކުރުތަކާއި ދިރާސާތަކުން އުފަންކުރުވާފައިވާ ފަންނިއްޔާތުން ދުނިޔެއަށް އަންނަ ބަދަލުތަކަށް ލޯހުޅުވުން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.