މައިންޑް ރީޑިންގް އޭއައި ސިކުނޑިން ފޮޓޯއެއް އުފައްދައިފި


ސިކުުުނޑީގެ ހަރަކާތްތުން ކާމިޔާބުކަމާއެކު ތަސްވީރުތައް އުފައްދައިގެން ރެޑްބައުންޑް ޔުނިވާރސިޓީގެ ސައިންޓިސްޓުން ވަނީ ނިއުރޯސައިންސާއި އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއިން ބޮޑެތި ކުރިއެރުންތައް ހޯދާފިއެވެ. އެގޮތުން މައިންޑް ރީޑިންގް އެއައިއެއް ބޭނުންކޮށް ސީދާ ނިއުރަލް ސިގްނަލްތަކުން އަސްލު ތަސްވީރުތައް ގާތްގަނޑަކަށް ފުރިހަމަޔަށް އަލުން އުފައްދާފަވެއެވެ.

ރިސާޗް ޓީމުގެ މެމްބަރެއް ކަމުގައިވާ އޫމުޓް ގޫޗްލޫ ވިދާޅުވެފައިވަނީ "އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިއީ އެންމެ ގާތް، އެންމެ ސީދާ ރިކޮންސްޓްރަކްޝަންތައް" ކަމަށެވެ.

މި ހޯދުމުގައި ރެޑްބައުންޑް ޔުނިވާރސިޓީގެ ޓީމް ވަނީ ދެ ދިރާސާއެއް ކޮށްފައެވެ. ފުރަތަމަ ދިރާސާގައި ވޮލެންޓިއަރުން މޫނުތަކުގެ ތަސްވީރުތައް ބަލަމުން ދިޔައިރު އެފްއެމްއާރުއައި ސްކޭންތައް ހެދުމުން ވިޝުއަލް ކޯޓެކްސްގެ ނިއުރަލް ހަރަކާތްތަކުގެ ސަބަބުން ލޭގެ ދައުރުވުމަށް އައި ބަދަލުތައް އެފްއެމްއާރް އިން މިންކުރައެވެ. އަދި ލިބުނު މައުލޫމާތުތައް އޭއައި އަކަށް ފޮނުވައެވެ. ނަތީޖާއަކީ ވޮލެންޓިއަރުން ބެލި ތަސްވީރުތަކުގެ ވަރަށް ގާތް ފޮޓޯއެއް އޭއައި އިން އުފެއްދުމެވެ.

ދެވަނަ ދިރާސާގައި ކުރިން ކުރިން ހަދާފައިވާ އެކްސްޕެރިމެންޓުތަކުން ލިބުނު މައުލޫމާތު އަލުން އެނެލައިޒްކުރެވުނެވެ. އެގޮތުން މެކަކް ރާމާމަކުނެއްގެ ސިކުނޑީގެ ހަރަކާތްތަށް ރެކޯޑްކުރުމަށް އޭގެ ސިކުނޑީގައި އިލެކްޓްރޯޑް އެރޭތައް އިމްޕްލާންޓްކުރުމަށްފަހު އެއަށް އޭއަައި އިން ހަދާފައިވާ ފޮޓޯތަށް ދައްކައެވެ. އެނެލައިޒް ކުރުމުގެ ތެރެއިން އޭއައިގެ ޑީކޯޑް ކުރުމުގެ ގާބިލްކަން އިތުރުވެ އަދި އިންޕްލާންޓް ކުރި ޑިވައިސް އިން މައުލޫމާތު އެއަށް ލިބުމުގެ ސަބަބުން، އަސްލު ފޮޓޯއާއި އަޅާ ބަލާއިރު ގާތްގަނޑަކަށް ސީދާ އެއްގޮތް ފޮޓޯއެއް އޭއައި އުފައްދައެވެ.

އެއައްފަހު ސިކުނޑީގައި ސަމާލުކަން ދޭންވީ ކޮން ބައިތައް ދަސްކުރަމުންދާ ހާއްސަ މައިންޑް-ރީޑިންގް އޭއައިއަކަށް މި ދެދިރާސާއިން ލިބުނު ސިކުނޑީގެ ހަރަކާތްތަކުގެ މައުލޫމާތު އެނެލައިޒް ކުރުމަށް ދެއެވެ. އެގޮތަށް ކަންތައް ކުރުމުން ވޮލެންޓިއަރުންނާއި ރާމާމަކުނަށް ފެނުނު އަސްލު ފޮޓޯތަކާއި ވަރަށް ވައްތަރު ފޮޓޯތައް އުފެއްދެއެވެ.

ޖެނެރޭޓިވް މޮޑެލިންގެ ދާއިރާގެ ކުރިއެރުން ލިބޭ ބާރުށް މިނަށް ބަލާއިރު، ސައިންޓިސްޓުން ގަބޫލުކުރާ ގޮތުގައި މި ފަންނިއްޔާތުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި ފެންނަ އެއްޗެހީގެ ރިކޮންސްޓްރަކްޝަންތަކާއި އަދި ފަހަރެއްގައި ހިޔާލީ ރިކޮންސްޓްރަކްޝަންތައް އިތުރުވުން އެކަށީގެންވާކަމަށް ސައިންޓިސްޓުންގެ ދިރާސާ އިން ނިންމާފައިވެއެވެ.



ނޫރާން ނޫރުﷲ އަދްނާން

ނޫރާން ނޫރުﷲ އަދްނާން

އިންސާނީ ފިކުރުތަކާއި ދިރާސާތަކުން އުފަންކުރުވާފައިވާ ފަންނިއްޔާތުން ދުނިޔެއަށް އަންނަ ބަދަލުތަކަށް ލޯހުޅުވުން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.