އެމެރިކާ އިން އޭއައި އަދި ކްލައުޑްގައި ލީޑް ކުރަން ޖެހޭ

ކްލައުޑް ކޮމްޕިއުޓިންގާއި އެއައިގެ ދާއިރާއިން ޗައިނާ ހަލުވިކަމާއެކު ކުރިއަރަމުންދާއިރު، އެމެރިކާގެ ޓެކްގެ އެއްވަނައިގެ މަގާމާއި ނޭޝަނަލް ސެކިއުރިޓީއަށް ގެއްލުން ލިބުމުގެ ނުރައްކާލާއި އެ ގައުމު ކުރިމަތިލާން ޖެހިދާނެކަމަށް އެނެ.

ކްލައުޑް ކޮމްޕިއުޓިންގް އާއި އެއައި މުހިންމުވާ ސަބަބު

ކްލައުޑް ކޮމްޕިއުޓިން އަކީ އެއައި ޓެކްނޮލޮޖީގެ ބިންގާ އެވެ. ސަބަބަކީ އެއައި ސިސްޓަމްތައް ހިންގުމަށް ބޭނުންވާ ބާރާއި ސްޓޯރޭޖް ފޯރުކޮށްދޭ އެއްޗެކީ އެއީއެވެ. މިހާރު %70 އަށްވުރެ ގިނަ ކުންފުނިތަކުން އެއައި ޓޫލްސް ބޭނުންކުރެއެވެ. އަދި %85 ކުންފުނިތަކުން ކްލައުޑްގައި އެއައި ޕްރޮގްރާމްތައް ތަރައްޤީކުރެއެވެ. އެހެންކަމުން ހަރުދަނާ ކްލައުޑް ކޮމްޕިއުޓިންގާއި އެއައިތައް ނެތި ވިޔަފާރިތަކާއި ސަރުކާރުތައް ޓެކްނޮލޮޖީގެ ދާއިރާއިން ފަހަތަށް ޖެހިގެންދާނެވެ.

ޗައިނާގެ ފުޅާވަމުން އަންނަ ނުފޫޒު

އަލީބާބާ، ވާވޭ، އަދި ޓެންސެންޓް ފަދަ ޗައިނާގެ ޓެކްގެ ބޮޑެތި ކުންފުނިތަކުން ދަނީ ދުނިޔޭގެ ފެންވަރުގައި ވާދަކުރުމަށް ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ. އެމީހުން ކްލައުޑް ޚިދުމަތްތައް ވަރަށް ހެޔޮއަގުގައި—ބައެއް ފަހަރު %90 އާއި ހަމައަށް ޑިސްކައުންޓް—ފޯރުކޮށްދެނީ ޗައިނާ ސަރުކާރުން މާލީ އެހީތެރިކަން ލިބޭތީ އެވެ. މިކަމުގެ ސަބަބުން އެމީހުންގެ ޚިދުމަތްތައް ލެޓިން އެމެރިކާ، އެފްރިކާ، އަދި އޭޝިއާގެ ޤައުމުތަކުގައި ވަރަށް މަާޤްބޫލެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ޓެކް ކުންފުނިތަކަށް ގެއްލުންލިބި އަދި ޗައިނާގެ ޓެކްނޮލޮޖީއަށް ބަރޯސާވުން އިތުރުވުމީ ސެކިއުރިޓީއަށް ލިބިގެންދާ ބޮޑު ނުރައްކަލެކެވެ.

ޗައިނާގެ ކްލައުޑް މާކެޓް 2023 ވަނަ އަހަރު %16 ކުރިއަރާފައިވާއިރު، މިހާރު އެމީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 100 އަށް ވުރެ ގިނަ ހައި އެންޑް ޑޭޓާ ސެންޓަރު ހިންގައެވެ. މި ކުރިއެރުމުގެ މާނާކީ އެމީހުން އޯއެސް، މައިކްރޮސޮފްޓް، އަދި ގޫގުލް ފަދަ އެމެރިކާގެ ލީޑަރުންނާ އެއްވަރަށް ކުރިއަށްދާ ކަމެވެ. ކްލައުޑް ސެކިއުރިޓީ އާއި ޓެކްނޮލޮޖީގެ ދާއިރާއިން އެމެރިކާ އަދިވެސް ކުރީގައި އޮތް ނަމަވެސް، ޗައިނާގެ އަގުހެޔޮ ގޮތްތައް ދަނީ މަޝްހޫރުވަމުންނެވެ.

މިހާރު އެމެރިކާއިން ކުރަން ޖެހޭ ކަންތައްތައް

1. ބައިނަލްއަޤްވާމީ ޕާޓްނަރޝިޕްތައް ހަރުދަނާކުރުން: ސެކިއުރިޓީ ކަންކަން ރަނގަޅުކުރުމާއި ޓެކްނޮލޮޖީގެ ނުރައްކާތަކާ ބެހޭ މުހިންމު މަޢުލޫމާތުތައް ހިއްސާކުރުމަށް އެހެން ޤައުމުތަކާއެކު މަސައްކަތްކުރުމެވެ.

2. އިންސާފުވެރި ސިޔާސަތުތަކަށް ބާރުއެޅުން: ބައިނަލްއަގްވާމީ މާކެޓްތަކުގައި އެމެރިކާގެ ޓެކް ކުންފުނިތަކާ މެދު އިންސާފުވެރި ގޮތެއްގައި އަމަލުކުރުމަށް ވަކާލާތުކޮށް، ޗައިނާގެ ކުންފުނިތަކަށް ފައިދާހުރި ސިޔާސަތުތަކަށް ހައްލެއް ހޯދުމެވެ.

3. ޑިޖިޓަލް ޑިވެލޮޕްމަންޓަށް އެހީތެރިވުން: ލެޓިން އެމެރިކާ ފަދަ ތަރައްޤީވަމުން އަންނަ ސަރަޙައްދުތަކުގައި އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުން އިތުރުކުރުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް އިންވެސްޓް ކުރުމެވެ.

4. ޕްރޮވައިޑަރުން ސަޕޯޓު ކުރުން: ޓެކް ކުންފުނިތަކަށް ފެންވަރު ރަގަނޅު ސެމީކޮންޑަކްޓަރުތަކާއި ވަސީލަތްތައް ލިބޭނެ ގޮތް ހެދުމުގެ އިތުރުން ދިރާސާއާއި ޑިވެލޮޕްމަންޓް އަދި ސައިބަރ ސެކިއުރިޓީއަށް އިންވެސްޓްކުރުމެވެ.

އަވަސް ފިޔަވަޅެއް ނާޅައިފިނަމަ، އެމެރިކާގެ ޓެކްނޮލޮޖީގެ ލީޑަޝިޕް ގެއްލި، ނެޝެނަލް ސެކިއުރިޓީއަށް ގެއްލުން ލިބުމުގެ ނުރައްކާ އެބައޮތެވެ. ކްލައުޑް ކޮމްޕިއުޓިން އަދި އެއައިގެ ދާއިރާއިން ޗައިނާގެ ކުރިއެރުންތަކުން ކުރިމަތިވާ ވާދަވެރިކަމަކީ ސާފު ސިޔާސަތުތަކާއި ސްޓްރެޓެޖިކް ފިޔަވަޅުތައް އެޅައިގެން ކުރިމަތިލާންޖެހޭ މުހިންމު ގޮންޖެހުމެކެވެ.



ނޫރާން ނޫރުﷲ އަދްނާން

ނޫރާން ނޫރުﷲ އަދްނާން

އިންސާނީ ފިކުރުތަކާއި ދިރާސާތަކުން އުފަންކުރުވާފައިވާ ފަންނިއްޔާތުން ދުނިޔެއަށް އަންނަ ބަދަލުތަކަށް ލޯހުޅުވުން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.