ނިއުރޯމޯރފިކް ޗިޕްސްއިން އޭއައިގެ މައްސަލަތައް ހައްލުކުރުން

އިންސާނާގެ ސިކުނޑި މަސައްކަތް ކުރާ ގޮތް ބަލައިގެން ތަރައްގީ ކޮއްފައިވާ ނިއުރޯމޯރފިކް ކޮމްޕިއުޓިންގ، އެއައިގެ ދުނިޔޭގައި މުހިއްމު ދައުރެއް އަދާކުރެއެވެ. އެގޮތުން މިހާރު އޭއައިއަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކެއް ހައްލުކޮށްދޭނެ ކަމަށް ވަނީ ވައުދުވެފައެވެ. ސިކުނޑީގެ ނިއުރޯންތަކާއި ސިނެޕްސްތައް އެއްގޮތަށް މަސައްކަތް ކުރާ މި ފަންނިއްޔާތު ސަގާފީ ކޮމްޕިއުޓަރުތަކާ އެފަދަ ނުކުރެވޭހާ ބާރުމިނެއްގައި އާ އެތަކެއް ވަސީލަތްތަކެއް ފޯރުކޮއްދެއެވެ.

ކުރީގެ ކޮމްޕިއުޓަރުތަކުގައި ބޭނުންކުރާ ވޮން ނޮއިމަން އަރކިޓެކްޗާގައި، ޕްރޮސެސިން އާއި މެމޮރީ ޔުނިޓްތަކުގެ މެދުގައި ޑޭޓާ ގެންދަން ޖެހުމުގެ ސަބަބުން ކަރަންޓު ބޭނުންވާ މިންވަރު ވަރަށް ބޮޑުވެގެންދެއެވެ. ނަމަވެސް "އިންޓެލް" ގެ "ލޮއިހީ 2" ފަދަ ނިއުރޯމޯރފިކް ޗިޕްތަކަކީ ނިއުރޯންތަކާއި އެއްގޮތަށް ހަމައެކަނި ބޭނުންވާ ވަގުތުތަކުގައި ޑޭޓާ ޕްރޮސެސް ކުރާ ފަންނިއްޔާތެކެވެ. އެހެންކަމުން، މި ޗިޕްތަށް ވަރަށް އަވަސްވެފައި ކަރަންޓު ބޭނުންވާ މިންވަރު ވަރަށް ދަށެވެ.

"ނިއުރޯމޯރފިކް ކޮމްޕިއުޓިން އަކީ ކޮމްޕިއުޓަރުތަކާ ބެހޭ ގޮތުން އަހަރެމެންނަށް އެނގޭ ހުރިހާ އެއްޗެއް އުކާލާ، ބަލަން ޖެހެނީ ބަޔޮލޮޖިކަލް ސިކުނޑިތައް ކޮމްޕިއުޓް ކުރާ ގޮތްތަކަށް" އިންޓެލްގެ ނިއުރޯމޯރފިކް ކޮމްޕިއުޓިން ލެބްގެ ޑިރެކްޓަރު މައިކް ޑޭވިސް ވިދާޅުވެފައިއެވެ.

ނިއުރޯމޯރފިކް ޗިޕް އަކީ ޕެޓަރން ރިކޮގްނިޝަން އަދި ރިއަލް ޓައިމް ލާރނިންގ ފަދަ އޭއައިއަށް ޚާއްސަ މަސައްކަތްކުރުމަށް މޮޅު ފަންނިއްޔާތެކެވެ. އެގޮތުން ޔޫސީ ސެންޓާ ކްރޫޒްގައި ޖޭސަން އެޝްރަގިއަން އާއި އޭނާގެ ޓީމުން އުފެއްދި "ސްޕައިކްޖީޕީޓީ" މޮޑެލް އިން ވަނީ ސަގާފީ އެއައި މޮޑެލްތަކަށް ވުރެ ގާތްގަނޑަކަށް 30 ގުނަ މަދުން ކޮމްޕިއުޓްކޮށް މިކަން ސާބިތުކޮށްދީފައެވެ. "ސްޕައިކްސް ބޭނުންކުރުމަކީ މައުލޫމާތު ތަމްސީލު ކުރުމަށް މާ ފަސޭހަ ގޮތެއް" އެޝްރަގިއަން ވިދާޅުވެފައިވެއެވެ.

NeuRRAM chip

މި ޗިޕްތަކުން ވަގުތުން ޑޭޓާ ޕްރޮސެސް ކުރެވޭއިރު، މިއީ އިންޓަނެޓް އޮފް ތިންގްސް (އައިއޯޓީ) އަށް ވަރަށް މުހިންމު ކަމެކެވެ. އޮޓޮނޮމިކް ވެހިކަލް ފަދަ އުފެއްދުންތަކުން ކްލައުޑް ކޮމްޕިއުޓިން އަށް ބަރޯސާ ނުވެ، ނިއުރޯމޯރފިކް ޗިޕް ބޭނުންކޮށް ލޯކަލް ގޮތުން ޑޭޓާ ޕްރޮސެސް ކުރުމުގެ ސަބަބުން މި އުފެއްދުންތަކުގެ މަސައްކަތް އަވަސްވެފައި ފެންވަރު ރަގަނޅުވެގެންދެއެވެ.

ބްރެއިންޗިޕް ފަދަ ކުންފުނިތަކުން މިހާރުވެސް ދަނީ އެކި ދާއިރާތަކުގައި ނިއުރޯމޯރފިކް ޕްރޮސެސަރުތައް ބޭނުން ކުރަމުންނެވެ. އެގޮތުން ބްރެއިންޗިޕް ގެ "އަކިޑާ" ޕްރޮސެސަރ ކާރު ތެރޭގައި އަޑު ދެނެގަތުމަށާއި، ސްމާޓް ބިންތައް ބޭނުންކޮށް ކުނި ވަކިކުރުމަށާއި، އަދި ޖައްވީ ހޯދުން ފަދަ ކަންކަމަށް ބޭނުން އެބަކުރެވެއެވެ. "އަހަރެމެން މިއުޅެނީ އަކިޑާ ޖައްވަށް ގެންގޮސް މާސްގައިވާ މެޝިންތައް ކޮންޓްރޯލް ކުރުމަށް، ބްރޭންޗިޕްގެ ސީއީއޯ ޝޯން ހެހިރް ވިދާޅުވެފައިވެއެވެ.

ނިއުރޯމޯރފިކް ޓެކްނޮލޮޖީގެ ސަބަބުން އަސްކަރީ ގޮތުން ވެސް ބޮޑެތި ފައިދާތަކެއް ލިބެއެވެ. "ކިނެޓީކިއު"ގެ އިންޖިނިއަރެއް ކަމުގައިވާ ޖެރެމީ ބެކްސްޓަރ ވަނީ (ޔޫއޭވީ) ދަތުރުކުރުމުގަޔާއި ޑިފެންސިވް އެއިޑް ސުއިޓްތައް އުފެއްދުމުގަޔާއި އަދި ސިއްރު ސަވޭރލެންސްގައި ނިއުރޯމޯރފިކް ޓެކްނޮލޮޖީ ވަރަށް މުހިންމުކަމަށް އަލިއަޅުވާފައެވެ.

ނިއުރޯމޯރފިކް ކޮމްޕިއުޓިންގެ ސަބަބުން އެއައިގެ ވަސީލަތްތައް އިތުރުވެ، ދިރިއުޅުމުގަައި ބޭނުންކުރެވޭ އާދައިގެ ޓެކްނޮލޮޖީން ފެށިގެން އަސްކަރީ އަދި ޖައްވީ އޮޕަރޭޝަންތަކާ ހަމައަށް އެކި ދާއިރާތަކަށް އާ ފުރުސަތުތައް ހުޅުވިގެންދާނެއެވެ.

ނޫރާން ނޫރުﷲ އަދްނާން

ނޫރާން ނޫރުﷲ އަދްނާން

އިންސާނީ ފިކުރުތަކާއި ދިރާސާތަކުން އުފަންކުރުވާފައިވާ ފަންނިއްޔާތުން ދުނިޔެއަށް އަންނަ ބަދަލުތަކަށް ލޯހުޅުވުން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.