އައި.އެސް.އެސްގައި ސްޓެމް ސެލްތައް ދިރާސާ ކުރަން ފަށައިފި

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) މިވަގުތު އިސްކަންދެމުން އެދަނީ ބޮޑެތި ސައިންޓިފިކް ދިރާާސާތަކަށެވެ. އިގޮތުން ސްޓެމް ސެލްސް ގެ ދިރާސާތަކާއި ސިސްޓަމްތައް ބެލެހެއްޓުމަށެވެ. މީގެއިތުރުން ކުރިޔަށް އޮތް އާ ކާރގޯ މިޝަންތަކަށެވެ.

ޖައްވުގައި ސްޓެމް ސެލްސް ދިރާސާކުރުން

ސައިންޓިސްޓުން އާ ފަރުވާތައް ތަރައްގީ ކުރުމަށް ޖައްވުގެ ތަފާތު މާހައުލުގައި ސްޓެމް ސެލްތައް ދިރާސާ އެބަކުރެއެވެ. ދުނިޔޭގައި ގްރެވިޓީގެ ސަބަބުން މިސެލްތައް ފައިދާހުރި ގޮތެއްގައި ބޮޑުކުރުމަށް ދަތިވި ނަމަވެސް ޖައްވުގެ މައިކްރޯގްރެވިޓީގައި މިސެލްތައް އަމަލުކުރަނީ ތަފާތު ގޮތަކަށެވެ. މިސެލްތައް ބޮޑުކޮށް ދިރާސާ ކުރުމަށް އައިއެސްއެސްގެ ކިބޯ ލެބޯޓްރީގައި ނާސާގެ ފްލައިޓް އިންޖިނިއަރު ޓްރޭސީ ސީ. ޑައިސަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެސެލްތަައް ބެލުމަށް ކެރްމިޓް ކިޔާ ހާއްސަ މައިކްރޯސްކޯޕެއް ބޭނުންކޮށްގެން ޓްރޭސީ އެސެލްތަކުގެ އުފެއްދުން އިތުރު ކުރާނެ ގޮތްތައް ހޯދަން މަސައްކަތްކުރަމުން އެބަދެއެވެ. މި ދިރާސާގެ ސަބަބުން ކެންސަރާއި ލޭގެ ބަލިތައް ފަދަ ބަލިތަކަށް ރަނގަޅު ފަރުވާތަކެއް ލިބިދާނެވެ.

އައި.އެސް.އެސްގެ މެއިންޓޭނެންސް

ސައިންޓިފިކް ރިސާޗްގެ އިތުރުން އައިއެސްއެސް ބެލެހެއްޓުމަކީ ވެސް އިސްންދޭންޖެހޭ ކަމެކެވެ. އައިއެސްއެސްގެ ރައްކާތެރިކަން ދެމެހެއްޓުމާށާއި އޮޕަރޭޝަންތައް ރަގަނޅަށް ހިންގުމަށް ނާސާގެ ބަޗް ވިލްމޯ އެ ސްޓޭޝަންގެ ފެނުގެ ނިޒާމުތައް ޗެކްކޮށް، ހޫނުމިން ކޮންޓްރޯލް ކުރާ ނިޒާމުތަކުގެ ބައިތައް ބަދަލުކުރަމުންނެވެ.

އެސްޓްރޮނޯޓް މައިކް ބަރަޓާއި ސުނީ ވިލިއަމްސް ވެސް ވަނީ މެއިންޓޭނެންސްގެ މަސައްކަތްތަކުގައި ބައިވެރިވެ، އައި.އެސް.އެސް ފުރިހަމައަށް ހިންގަމުންދާކަން ކަށަވަރުކުރަމުންނެވެ.

ކުރިއަށް އޮތް ރިސަޕްލައި މިޝަންތައް

ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭށަންތައް ކުރިއަށް ގެންދިއުމަށްޓަކައި، އައި.އެސް.އެސް އަށް އައު ތަކެތި ލިބުމަށް ވަނީ ހަމަޖެހިފައެވެ. ރަޝިޔާގެ ޕްރޮގްރެސް 89 މުދާ އުފުލާ އުޅަނދެއް ކަޒަކިސްތާނުން އައި.އެސް.އެސް އަށް އައު ތަކެތި ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި އުޅަނދު ސްޓޭޝަނާ ގުޅޭނެ ކަމަށް ލަފާކުރެވެނީ ހޮނިހިރު ދުވަހުއެވެ. މިއީ ފަހުން ފުރައިގެން ދިޔަ އެހެން ރިސަޕްލައި އުޅަނދެއްގެ ފަހުންނެވެ.

ބައިނަލްއަޤްވާމީ އެއްބާރުލުން އަދި ދެމެހެއްޓެނިވި ދިރާސާ

އައި.އެސް.އެސް އަކީ ބައިނަލްއަޤްވާމީ އެއްބާރުލުމަށް މަގުފަހިކޮށްދޭ މަންސައެއް ކަމުގައިވާއިރު އެތަނުގައި އެކި ގައުމުތަކުގެ އެސްޓްރޮނޯޓުން މިތަނުގައި މުހިންމު ދިރާސާތައް ކުރިއަށް ގެންދެއެވެ. ރަޝިޔާގެ އެސްޓްރޮނޯޓުން ދަނީ މައިކްރޯގްރެވިޓީގައި ދިޔާތަކެތީގެ ޑައިނަމިކްސް ދިރާސާކުރަމުންނެވެ. އަދި ކުރިއަށް އޮތް ޖައްވުން ބޭރުގައިވާ މިޝަންތަކަށް ތަމްރީނުވަމުންނެވެ. މިކަންކަމުން ޖައްވީ ދަތުރުތަކުގެ ދާއިރާ ކުރިއަރުވައި، ބިމުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެވިގެންދާނެވެ.

އިތުރު އަޕްޑޭޓްތަކަށް، ނާސާގެ ބްލޮގް އަދި ސޯޝަލް މީޑިއާ ޗެނަލްތަކުން އައި.އެސް.އެސްގެ ޙަރަކާތްތަކާ ބެހޭ ތަފްޞީލީ މަޢުލޫމާތު ލިބިގެންދާނެވެ.

ނޫރާން ނޫރުﷲ އަދްނާން

ނޫރާން ނޫރުﷲ އަދްނާން

އިންސާނީ ފިކުރުތަކާއި ދިރާސާތަކުން އުފަންކުރުވާފައިވާ ފަންނިއްޔާތުން ދުނިޔެއަށް އަންނަ ބަދަލުތަކަށް ލޯހުޅުވުން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.