ކުއަންޓަމް މެޝިން ލާރނިން އިން އޭއައިގެ މުސްތަގްބަލް

ކުއަންޓަމް މެޝިން ލާނިން (ކިއުއެމްއެލް) އިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ބޮޑެތި ކުރިއެރުންތައް ގެނެސްފިއެވެ. ކުއަންޓަމް ކޮމްޕިއުޓިން އާއި މެޝިން ލާރނިން އެއްކޮށްގެން، ކިއުއެމްއެލް އިން އަމާޒު ކުރަނީ އޭއައިގެ ގާބިލްކަން އިތުރަށް ވެސް ފުރިހަމަ ކުރުމަށެވެ.

ކުއަންޓަމް މެޝިން ލާނިން އަކީ ކޮބައި ހެއްޔެވެ؟

ކުއަންޓަމް މެޝިން ލާނިން އަކީ ކުއަންޓަމް ކޮމްޕިއުޓިނާއި އަދި މެޝިން ލާނިން އެއްކޮށްލާ ފަންނިއްޔާތެކެވެ. ބިޓް ބޭނުންކުރާ އާދައިގެ ކޮމްޕިއުޓަރުތަކާ ހިލާފަށް ކުއަންޓަމް ކޮމްޕިއުޓަރުތަކުގައި ބޭނުންކުރަނީ ކިއުބިޓެވެ. އެހެންކަމުން ކުއަންޓަމް ކޮމްޕިއުޓަރުތަކުން އާދަޔާޙިލާފަށް އަވަހަށް ބޮޑު އަދަދެއްގެ ޑޭޓާ ޕްރޮސެސްކުރެއެވެ.

ކިއުއެމްއެލް އިން ލިބިގެންދާ ފައިދާތައް

ކިއުއެމްއެލް ބޭނުންކޮށް މެޝިން ލާނިން އެލްގޮރިދަމްތައް އިތުރަށް ކުރިއެރުވޭނެވެ. އެގޮތުން ކިއުއެމްއެލް ބޭނުންކޮށް އުފައްދާފައިވާ ވެރިއޭޝަނަލް ކުއަންޓަމް އައިޖެންސޮލްވަރ (VQE) އަދި ކުއަންޓަމް އެޕްރޮކްސިމޭޓް އޮޕްޓިމައިޒޭޝަން އެލްގޮރިޒަމް (QAOA) ފަދަ އެޑްވާންސް އެލްގޮރިދަމްތަކުން އާދައިގެ އެލްގޮރިދަމްތަކަށްވުރެ މާ އަވަހަށް މައްސަލަތައް ހައްލުކުރެވެއެވެ. މީގެއިތުރުން ކުއަންޓަމް ސަޕޯޓް ވެކްޓަރ މެޝިންސް (QSVM) އިން ޑޭޓާ ޕެޓަރން މާ ފުރިހަމަޔަށް ތަފާތުކުރެއެވެ. އަދި، ކުއަންޓަމް ނިއުރަލް ނެޓްވޯކްސް (QNN) ކުއަންޓަމް މެކޭނިކްސްއަށް ބަލާގެން މައުލޫމާތު ޕްރޮސެސްކުރެއެވެ.

ކިއުއެމްއެލް ބޭނުންކުރެވިގެންދާނެ ބައެއް ގޮތްތަށް:

1. މެޑިކަލް ކެއާ: ކުއަންޓަމް ކޮމްޕިއުޓަރުތަކުގެ ސަބަބުން ބޭސް އުފެއްދުން އަވަސްވެ، ޖެނެޓިކް ޑޭޓާ ބޭނުންކޮށްގެން ކޮންމެ މީހަކަށް ޙާއްސަ ބޭސްފަރުވާގެ ތާވަލުތައް އުފެއްދިދާނެވެ.

2. ފައިނޭންސް: ކުރިމަތިލާން ޖެހިދާނެ ނުރައްކާ ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ކިއުއެމްއެލް އިން ކޮމްޕްލެކްސް އިކޮނޮމިކް ޑޭޓާ އެނެލައިޒް ކުރެވޭނެވެ.

3. ސައިބަރ ސެކިއުރިޓީ: ކުއަންޓަމް ކްރިޕްޓޮގްރަފީ އިން ޑޭޓާ ރައްކާތެރި ކުރުމަށް އާ ގޮތްތަކެއް ލިބިގެންދާނެވެ.

4. ލޮޖިސްޓިކްސް: ކުއަންޓަމް އެލްގޮރިތަމް އިން މުދާ ބެހުމާއި އަގުތައް ބެލެހެއްޓޭނެވެ.

ގޮންޖެހުންތަކާއި މުސްތަގުބަލް

ކުއަންޓަމް ކޮމްޕިއުޓިން އަށް ޖަވާބު މުސީދާވުމާއި މައުލޫމާތު ގެއްލުން ފަދަ މައްސަލަތައް ކުރިމަތި އެބަވެއެވެ. މި މައްސަލަތައް ހައްލުކުރުމަށް ފޯލްޓް ޓޮލަރެންޓް ކުއަންޓަމް ކޮމްޕިއުޓިންގ އާއި ކުއަންޓަމް އެރަރ ކަރެކްޝަން (QEC) ފަދަ އެލޮގްރިދަމްތައް ބޭނުންވާއިރު، އޭތި އުފެއްދުމަށް ހާޑްވެއާއާއި އެލްގޮރިދަމްތައް އިތުރަށް އިތުރަށް ތަރައްގީ ކުރަން ޖެހެއެވެ. މި ގޮންޖެހުންތަކާއެކުގައި ވެސް ކުރިއަށް އޮތްތަނުގައި ކިއުއެމްއެލް ކާމިޔާބުކަމާއެކު ކުރިޔަށް ދާނެ ކަމަށް ދިރާސާވެރިން ގަބޫލުކުރެއެވެ. އެގޮތުން ކުއަންޓަމް އާއި އާދައިގެ ކޮމްޕިއުޓިން އެއްކޮށްގެން އުފައްދާފައިވާ ހައިބްރިޑް މޮޑެލްތައް މިހާރު ވެސް ދަނީ ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ.

ކުއަންޓަމް މެޝިން ލާނިން އިން އެއައި އަށް އިންގިލާބެއް ގެނައުމާއި އެކިއެކި ދާއިރާތަކަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ގާބިލްކަން އެބައޮތެވެ. ކިއުއެމްއެލްގެ ކުރިއެރުވުުމަށް ޑޭޓާ ރަގަނޅަށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދިރާސާވެރިންވަނީ ފާހަގަކޮށްފައެވެ.

ނޫރާން ނޫރުﷲ އަދްނާން

ނޫރާން ނޫރުﷲ އަދްނާން

އިންސާނީ ފިކުރުތަކާއި ދިރާސާތަކުން އުފަންކުރުވާފައިވާ ފަންނިއްޔާތުން ދުނިޔެއަށް އަންނަ ބަދަލުތަކަށް ލޯހުޅުވުން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.