2022 ގައި، ފްރެންކް ހަރބަޓްގެ "ޑޫން" އިން ޚިޔާލު ނަގައިގެން ކޮރނެލް ޔުނިވާސިޓީގެ ދިރާސާވެރިން ވަނީ ޖައްވުން ބޭރުގައި އުޅޭއިރު އެސްޓްރޮނޯޓުންގެ ކުޑަކަމުދާތަކެތި ބޯފެނަށް ބަދަލު ކުރާ ސްޓިލްސޫޓްގެ ޕްރޮޓޯޓައިޕެއް ވަނީ އުފައްދާފައެވެ.
ސްޓިލްސޫޓް މަސައްކަތް ކުރާ ގޮތް
މި ސްޓިލްސޫޓުއިން ނެނޯ މެޓީރިއަލާއި ކުޑަކަމުދާތަކެތި އެއްކުރާ ޑިވައިސެއް ކަމުގައިވާ (ޔޫސީޑީ) ބޭނުންކޮޮށް ކުޑަކަމުދާ ތަކެތީގެ %87 ސާފުކޮށްލެވެއެވެ. އެއައްފަހު ސާފުކޮށްފައިވާ ފެން އިލެކްޓްރޯލައިޓްސް އިން ޓްރީޓްކޮށް އިން-ސޫޓް ޑްރިންކް ބެގް (އައިޑީބީ) ގައި ރައްކާކުރާއިރު، 500 މިލިލީޓަރުގެ ފެނަށް ގާތްގަނޑަކަށް ފަސް މިނެޓް ނަގަ އެވެ.
މީގެއިތުރުން މި ސޫޓްގައި ސޯލާ ޕެނަލްތަށް ބޭނުންކުރާ ކަރަންޓު ކުޑަ ފިނިކުރާ ނިޒާމެއް ވެސް ހިމެނެއެވެ.
ބޭނުންތަކާއި ފައިދާތައް
ކުރީގެ މެކްސިމަމް އެބްޒޯބަންސީ ގާމެންޓް (އެމްއޭޖީ) ގެ ބަދަލުގައި އުފައްދާފައިވާ މި އާ ސޫޓުގެ ބަރުދަނުގައި ގާތްގަނޑަކަށް 8 ކިލޯ (17.6 ޕައުންޑް) ހުރެއެވެ. އަދި ލައިގެން އުޅެނީ ދަބަހެއް ގޮތަށެވެ. މި ސޫޓްގެ އަމާޒަކީ ފެން އަލުން އަޅަންޖެހޭވަރު ކުޑަކޮށް، ކުނި ރަނގަޅަށް ބަލަހައްޓާ އަދި ބޭނުންކުރުމަށް ފަސޭހަވުމެވެ.
ހެކްސްމިތު އިންޑަސްޓްރީސްގެ ޑިޒައިންތައް ފަދަ ކުރީގެ ޑިޒައިންތަކުގެ މައްޗަށް ބިނާކޮށްފައިވާއިރު ކޯރނެލްގެ ސްޓިލް ސޫޓް "ޑޫން" ގައިވާ ސްޓިލްސޫޓާ މާ ވައްތަރެވެ.
ގްލޯބަލް ކޮންޓްރިބިއުޝަންސް އަދި ޓެސްޓިން
މި ޕްރޮޓޯޓައިޕް ސިމިއުލެޓެޑް މައިކްރޯގްރެވިޓީގައި ޓެސްޓު ކުރެވެމުން އެބަދެއެވެ. އަދި ވަރަށް އަވަހަށް އަސްލު ސްޕޭސްވޯކް ޓެސްޓްތައް ކުރާނެވެ. މި ސޫޓްތައް ނާސާގެ އާޓިމިސް މިޝަންތަކަށް ވަރަށް މުހިންމެވެ. ސަބަބަކީ މި މިޝަންތަކުގައި ހަނދުގައި ގިނަވަގުތު ހޭދަކުރުމުގެ އިތުރުން މާސްއަށް ދަތުރުކުރާނެތީއެވެ.
މި ސޫޓުގެ ޑިޒައިނާއި ބައިތައް އެފެއްދުމަށް ސަރުކާރުގެ އިދާރާތަކުން ފައިސާގެ އެހީ ފޯރުކޮށްދީފަވެއެވެ. އަދި ޔުނިވާސިޓީތަކާއި ޓެކް ކުންފުނިތަކުން ޕާޓްނާރޝިޕްގެ ތެރެއިން ވެސް އެހީރތެރިކަން ލިބިފައިވެއެވެ.
އިތުރު އުފެއްދުންތަކާއި އަދި ސްޓިލްސޫޓްގެ މުސްތަޤްބަލް
ނާސާއިން ދަނީ ސިއްހީ މައްސަލަތައް ލަފާކުރުމަށް ހެލްތު މޮނިޓަރިން ސިސްޓަމްތައްވާ ސޫޓްތައް އުފައްދަމުންނެވެ. މުސްތަޤްބަލުގައި ސްޓިލްސޫޓްތަކުގައި ޔޫވީ ޕްރޮޓެކްޝަނާއި، އިތުރު ސްޓޯރޭޖާއި، އަދި ސްމާޓް ޑިވައިސްތައް އޭގައިވާނެކަމަށް ލަފާކުރެވެއެވެ. ކުޅިވަރު ހެދުމާއި، އައުޓްޑޯ ގިއަރާއި އަދި ކުއްލި ޙިދުމަތްތައް ފަދަ ތަފާތު ދާއިރާތަކުގައި ސްޓިލްސޫޓް ދަނީ މަޝްހޫރުވަމުނެވެ.
މިހާރު މި ސޫޓްތައް ދަނީ ސިއްހީ ދާއިރާ އާއި އަސްކަރީ މާހައުލުގައި ބޭނުން ކުރުމަށް ރެގިއުލޭޓަރީ އެޕްރޫވަލް ހޯދަމުންނެވެ.
ތިމާވެއްޓަށް ސްޓިލްސޫޓްއިން ލިބިގެންދާ ފައިދާ
މި ސްޓިލްސޫޓްތަކުގެ ސަބަބުން ފެން ރީސައިކަލްކޮށްގެން ދަނޑުވެރިކަމުގައި ފެން ބޭނުންކުރުން މަދުކުރެވޭނެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފެނުގެ ދަތިކަން ކުރިމަތިވަމުންދާ ދުނިޔޭގެ އެކި ހިސާބުތަކަށް އެހީތެރިވުމުގެ ގާބިލްކަން ލިބިގެންދާނެއެވެ. ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި އާންމުންނަށް ފަސް އަހަރު ތެރޭގައި ލިބޭނެވެ. އަދި ޕްރޮފެޝަނަލް ގްރޭޑްގެ ސޫޓްތައް އެއައްވުރެ އަވަހަށް ލިބިގެންދާނެވެ.
އާންމުން މިކަމަށް ހޭލުންތެރި ކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި މީޑިއާ ކެމްޕޭންތަކާއި ތިމާވެށީގެ ޖަމިއްޔާތަކާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތައް ހިމެނެއެވެ.
މި އާ ސްޓިލްސޫޓް ޓެކްނޮލޮޖީ ބޭނުންކޮށް ދުނިޔޭގެ ފެނުގެ ދަތިކަމުގެ މައްސަލަތައް ހައްލުކޮށް އަދި ޖައްވީ މިޝަންތައް ފަސޭހަވެގެންދިޔުމީ ޓެކްގެ ދާއިރާއަށް ލިބިގެންދާ ބޮޑު ކުރިއެރުމެކެވެ.
އިންސާނީ ފިކުރުތަކާއި ދިރާސާތަކުން އުފަންކުރުވާފައިވާ ފަންނިއްޔާތުން ދުނިޔެއަށް އަންނަ ބަދަލުތަކަށް ލޯހުޅުވުން.