ޕްރޮޖެކްޓްއެކްސް.ކްލައުޑްގެ އިންފިނިޓީ ތަޢާރަފް ކޮއްފި

ނިއުދެއްލީ [އިންޑިޔާ]، ޖުލައި 6: ވެސްޓް ބެންގަލްގެ ދަރިވަރުން އިސްނަގައިގެން އުފައްދާފައިވާ ސްޓާޓްއަޕް ޕްރޮޖެކްޓްއެކްސް.ކްލައުޑް އިން އާ ކްލައުޑް ކޮމްޕިއުޓިން ޕްލެޓްފޯމެއް ކަމަށްވާ އިންފިނިޓީ ތައާރަފްކޮށްފި އެވެ. އިންފިނިޓީގެ އަމާޒަކީ ޓެކްނޮލެޖީގެ ބައިބައިވުން ނައްތާލާ، ހައި ޕާފޯމަންސް ކޮމްޕިއުޓިން އެންމެންނަށް ވެސް ލިބޭނެ ގޮތް ހެދުމެވެ.

2024 ޖޫން 28 ގައި ތައާރަފްކުރި އިންފިނިޓީ އަކީ އޭއައި ފުރަތަމަ "ސާސް" ޕްލެޓްފޯމެކެވެ. ވެބް ބްރައުޒާއެއް މެދުވެރިކޮށް ކޮންމެ ޑިވައިސްއެއް ވެސް ވަރުގަދަ ކޮމްޕިއުޓަރަކަށް ބަދަލުކޮށްދޭ މި ފަންނިއްޔާތުގެ އެހީގައި އަގުބޮޑު ހާޑްވެއާ ބޭނުން ނުކޮށް ކޮންމެމީހަކައް ވެސް ޒަމާނީ އެޕްލިކޭޝަންތައް ބޭނުންކުރެވޭނެވެ.

އިންފިނިޓީގެ ޚާއްސަ މައިކްރޯސާވިސް އަރކިޓެކްޗާގެ ސަބަބުން ރަގަނޅު ޕާފޯމަންސެއް ފޯރުކޮއްދިނުމުގެ އިތުރުން ފަސޭހައިން ފުޅާކުރެވެއެވެ. އާދައިގެ ވާޗުއަލް މެޝިންތަކާ ހިލާފަށް އިންފިނިޓީ އެޕްލިކޭޝަންތައް އަމިއްލައައް ހިންގާތީއާއި އަދި ޔޫޒަރުން ފައިސާ ދައްކަން ޖެހެނީ ހަމައެކަނި އެމީހުން ބޭނުންކުރާ ވަސީލަތްތަކަށް އެކަނި ކަމައް ވުމުން މި ފަންނިޔާތައް ކުރަންޖެހޭ ހަރަދު ވަރަށް ކުޑައެވެ.

މި ޕްލެޓްފޯމަކީ ސްކޫލްތަކާއި ކުދި ވިޔަފާރިތަކާއި އަދި ވަކިވަކި މީހުންނަށް ބޭނުންކުރެވޭނެ ޕްލެޓްފޯމެކެވެ. މިވަގުތު ލިނަކްސް އަދި ވިންޑޯސް ސަޕޯޓް ކުރާއިރު، ކުރިއަށް އޮތްތަނުގައި އެންޑްރޮއިޑް އަދި އާރް/ވީއާރު އިތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އިންފިނިޓީގެ ބޭނުންކޮށް އާދައިގެ ޑިވައިސްތަކުގައި ބޮޑެތި އެޕްލިކޭޝަންތައް ހިންގުމުގެ ސަބަބުން ފްރީލޭންސަރުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބެގެން މަސައްކަތްކުރާ މުވައްޒަފުންނަށް ބޮޑެތި ފައިދާތައް ލިބިގެންދިޔައެވެ.

ރޫނާކް އަދީކާރީ އުފެއްދި ޕްރޮޖެކްޓްއެކްސް.ކްލައުޑްގައި CISCO ،NVIDIA Wharton، އަދި IITs ގެ ތަޖުރިބާކާރުންގެ ޓީމެއް ހިމެނެއެވެ. މި ޓީމަށް ވަނީ ގޫގުލްގެ ފަރާތުން 200،000 ޑޮލަރުގެ ހިލޭ އެހީއާއި އިންޑިއާ ސަރުކާރުގެ ކޮމާސް މިނިސްޓްރީއާއި އަދި އިލެކްޓްރޯނިކްސް އެންޑް އައިޓީ މިނިސްޓްރީގެ އެހީތެރިކަން ލިބިފައިވެއެވެ. މީގެއިތުރުން ޕްރިންސްޓަން ޔުނިވާސިޓީގައި ބޭއްވި "ޓައިގާ ލޯންޗް ގްލޯބަލް ފައިނަލް"ގައި އިންޑިއާގެ އެންމެ މޮޅު ސްޓޫޑެންޓް ސްޓާޓްއަޕްގެ ގޮތުގައި ޕްރޮޖެކްޓްއެކްސް.ކްލައުޑް ފާހަގަކޮށްފައިވާއިރު، ޔޫރެކާ އައިއައިޓީ ބޮމްބޭގައި "ވޯލްޑް ޓްރޭޑް ސެންޓަރ އިނޮވޭޝަން އެވޯޑް" ވެސް ވަނީ ޙާސިލްކޮއްފައެވެ.

މިހާރު އައިއައިޓީ ބޮމްބޭގައި މި ޕްލެޓްފޯމް ޕައިލެޓް ޕްރޮގްރާމެއްގައި ކުރިޔަށްދިޔުމީ ކޮމްޕިއުޓިން އަށް އިންގިލާބެއް ގެނައުމުގައި މި ޕްލެޓްފޯރމްގެ ގާބިލްކަން ދައްކުވައިދޭ ކަމެކެވެ.


އިތުރު މަޢުލޫމާތު ހޯދުމަށް: https://projectx.cloud



ނޫރާން ނޫރުﷲ އަދްނާން

ނޫރާން ނޫރުﷲ އަދްނާން

އިންސާނީ ފިކުރުތަކާއި ދިރާސާތަކުން އުފަންކުރުވާފައިވާ ފަންނިއްޔާތުން ދުނިޔެއަށް އަންނަ ބަދަލުތަކަށް ލޯހުޅުވުން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.