ޖަޕާނުގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާތީ، އެ ޤައުމުން ވަނީ މުސްކުޅިންގެ ފަރުވާއަށް ހައްލެއްގެ ގޮތުގައި ރޯބޯޓުތަކަށް ބަރޯސާވާން ފަށާފައެވެ. އާބާދީގެ %20 އަކީ 65 އަހަރުން މަތީގެ މީހުން ކަމަށްވެފައި، 2025 ވަނަ އަހަރު ހަމަވާއިރު 1 މިލިއަން ފަރުވާދޭ މީހުން މަދުވާނެކަމަށް ލަފާކުރެވޭތީ، ފަރުވާކުރުމަށް އައު ގޮތްތަށް ހޯދުން މިހާރު ވަނީ ވަރަށް ބޮޑަށް މުހިންމުވެފައެވެ.
ރޮބޮޓުތަކުގެ މަސައްކަތް
އެގޮތުން މުސްކުޅިންނަށް ފަރުވާދިނުމަށް ޝިންޓޯމީ ފަދަ ޖަޕާނުގެ ނާާސިންގ ހޯމްތަކުގައި ޕާރޯ (ފަރުވާދޭ ސީލްއެއް) އަދި ޕެޕަރ (އިންސާނުންނާއި އެއްގޮތް ރޮބޮޓު) ފަދަ އެކި ބާވަތުގެ ރޮބޮޓުތައް ބޭނުންކުރަމުންދެއެވެ.
މި ރޮބޮޓުތަކަށް ވާހަކަދެއްކުމާއި، ރަޙްމަތްތެރިކަން ފޯރުކޮށްދިނުމާއި، އަދި ކަސްރަތުކުރުމުގައި ވެސް އެހީތެރިވެދެވެއެވެ. ނަމަވެސް ފަރުވާދިނުމުގެ މާޙައުލަށް ރޮބޮޓުތައް ތަޢާރަފުކުރުމުން އޭގެ ފައިދާއާއި މަޙްދޫދުކަމާމެދު ކަންބޮޑުވުންތަކެއް އުފެދިފައިވެއެވެ.
ރޮބޮޓުތަކުގެ ލިިމިޓް
އެކަނިވެރިކަމުގެ ބައެއް ކަންކަން ރޮބޮޓުތަކަށް ލުއިކޮށްދެވުނު ނަމަވެސް، ފަރުވާދިނުމުގައި ކޮންމެހެން ބޭނުންވާ އިންސާނީ ސިފަތައް އޭތި ބޭނުންކޮށް ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ބްރިޓިޝް ކޮލަމްބިއާ ޔުނިވަރސިޓީގެ ޑރ. ލިލިއަން ހަންގ ވިދާޅުވާ ގޮތުގައި "ކީވީ" އަދި "މެންގޯ" ފަދަ ރޯބޯޓުތައް ފަރުމާކުރެވިފައިވަނީ މުޢާމަލާތްކުރުމަށް ކަމުގައިވިޔަސް، އެއިން މުސްކުޅިންގެ ޖަޒްބާތީ ބޭނުންތައް ފުރިހަމައަށް ފުއްދައެއް ނުދެވޭނެއެވެ. މީގެ އިތުރުން، މަތީ އަގުތަކާއި، ރައްކާތެރިކަމާމެދު އުފެދޭ ސުވާލުތަކާއި، އަދި ރޯބޯޓުތަކަށް ޙަޤީޤީ ޖަޒްބާތީ އެހީތެރިކަން ފޯރުކޮށްނުދެވުމަކީ އަދިވެސް ވަރަށް ބޮޑެތި ހުރަސްތަކެކެވެ. މިސާލަކަށް، ޕާރޯގެ އަގަކީ 3،800 ޑޮލަރރެވެ. މިއީ ގިނަ މަރުކަޒުތަކަށް ކުޅަދާނަ ވާވަރަށް ވުރެ ބޮޑު ޙަރަދެކެވެ.
އިންސާނީ ފަރުވާގެ މުހިންމުކަން
ރޮބޮޓްތަކުން ލިބިދާނެ ފައިދާތަކެއް ހުރި ނަމަވެސް، އިންސާނުންނަށް އަސްލު ބޭނުންވާ އެކުވެރިކަމާއި އަޅާލުން ރޮބޮޓްތަކަށް ފޯރުކޮށެއް ނުދެވެއެވެ. ދުނިޔޭގެ އާބާދީ މުސްކުޅިވަމުންދާ ވަރަކަށް ހައްލުތައް ހޯދުމުގައި އިސްކަންދޭން ޖެހެނީ ހަމައެކަނި ޓެކްނޮލޮޖީއަށް ބަރޯސާވުމުގެ ބަދަލުގައި އިންސާނީ ގުޅުންތަކާއި ތަމްރީނު ލިބިފައިވާ ބަލަޙައްޓާ މީހުންނަށެވެ. ރޮބޮޓިކްސް އިން އެހީތެރިކަން ލިބުނު ނަމަވެސް، އެއީ އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ދިނުމުގެ ގޮންޖެހުންތަކަށް އެންމެ ރަގަނޅު ޙައްލެއެއް ނޫން ކަން ދެނެގަތުން ވަރަށް މުހިންމެވެ.
އިންސާނީ ފިކުރުތަކާއި ދިރާސާތަކުން އުފަންކުރުވާފައިވާ ފަންނިއްޔާތުން ދުނިޔެއަށް އަންނަ ބަދަލުތަކަށް ލޯހުޅުވުން.