ރެވްސޯލް ޕީ.އޯ.އެސް އަކީ ވިޔަފާރިތަކަށް އެއް ސިސްޓަމަކުން އިން-ސްޓޯރު ސޭލްސް، އޮންލައިން އޯޑަރު، އިންވެންޓްރީ އަދި ކަސްޓަމަރުން ބެލެހެއްޓުމަށް އެހީތެރިވެދޭ ޒަމާނީ ޕޮއިންޓް އޮފް ސޭލް އަދި އީ-ކޮމާސް ޕްލެޓްފޯމެކެވެ.
މިއީ އެންޓަޕްރައިޒް ސޮފްޓްވެއަރގެ ކޮމްޕްލިކޭޝަންތަކާ ނުލައި ފަސޭހަ، އަގުހެޔޮ އަދި ސްކޭލަބަލް ސޮލިއުޝަނެއް ހޯދަން ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އުފައްދާފައިވާ ދިވެހި އުފެެއްދުމެކެވެ.
މި ޕްލެޓްފޯމަކީ ކްލައުޑް ޕްލެޓްފޯމަކަށްވާއިރު، މީގައި އެތަކެއް ފީޗާތަކެއްވެއެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ ފީޗާތަކަކީ:
- ވިޔަފާރިތަކަށް މި ޕްލެޓްފޯމް ބޭނުންކޮށްގެން އޮންލައިން ސްޓޯރެއް ހުޅުވައި އިން-ސްޓޯރ ސޭލްސް ބެލެހެއްޓެއެވެ. އޮންލައިންކޮށް ކަސްޓަމަރުން ކުރާ އޯޑަރުތައް އިންވެންޓްރީއިން ފެންނަން ހުރުމާއިއެކު ރަނގަޅު މިނެއްގައި ހިދުމަތް ފޯރުކޮށްދެވޭނެއެވެ.
- ސްޓޮކް ހުރިވަރާއި، މުދަލާއި ބަލަހައްޓައި ކޮންމެ ލޮކޭޝަނެއްގައި ތަކެތި ހުއްޓަސް މިޕްލެޓްފޯމުން ސްޓޮކްއިން މަދުވާތަކެތި އެލާޓެއް ގޮތުގައި ދައްކައި ވިޔަފާރިތަކަށް އަންގައިދެއެވެ.
- ކަސްޓަމަރުންގެ ޕްރޮފައިލާއި، ކުރިން ގަނެފައި ހުރިތަކެތި އެނގޭގޮތަށް މި ޕްލެޓްފޯމްގައި ރެކޯޑުވެފައިހުރެއެވެ. މިހެންކަމުން ކަސްޓަމަރުން ތަކެތި ގަންނަ ގޮތް ވިޔަފާރިތަކަށް ފަސޭހަކޮށް އެނގިގެންދެއެވެ.
- މި ޕްލެޓްފޯމްގައި އިންވެންޓްރީ ރިޕޯޓުތައް ބަލައި ކަސްޓަމަރުން މުދާ ގަންނަ ގޮތްތައް ބަލާލައި އޭގެ ޕާފޮމެންސް ޓްރެކްކޮށްލެވެއެވެ.
- އިންސްޓޯރ އޮންލައިން ޕޭމަންޓް މި ޕްލެޓްފޯމްގައި ހަދާލެވެއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށްނެވެ.
މީގެ އިތުރުން މި ޕްލެޓްފޯމްގައި އޮފްލައިން މޯޑް ހިމަނައި، ސޯޝަލް މީޑިއާ އިންޓަގްރޭޝަން ހަދައި މުދާތަކަށް އޮޓޯއިން ފޮޓޯ ޖެނެރޭޓް ކޮށްދެއެވެ.
ރެވްސޯލް ޕީ.އޯ.އެސް އަކީ ޕޮއިންޓް އޮފް ސޭލް، އޮންލައިން ސޭލްސް، އިންވެންޓްރީ މެނޭޖްމަންޓް، ކަސްޓަމަރ މެނޭޖްމަންޓް އަދި ރިޕޯޓް އެއް ސިސްޓަމް މެދުވެރިކޮށް ކުރެވޭ ގޮތައް އުފައްދާފައިވާ ޕްލެޓްފޯމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ ވިޔަފާރި ފުޅާ ކުރުމަށް ފަސޭހަ، އަގުހެޔޮ އަދި ފްލެކްސިބަލް ޕްލެޓްފޯމެކެވެ. މިއީ ވެބްގައި، ވިންޑޯސް އޮޕަރޭޓިންގ ސިސްޓަމްގައްޔާއި، އެންޑްރޮއިޑް އަދި އައިއޯއެސްގައިވެސް ބޭނުންކުރެވޭގޮތައް އުފައްދާފައިވާ ޕްލެޓްފޯމެކެވެ.
މި ޕްލެޓްފޯމަށް ސަބްސްކްރައިބް ކުރުމަށް 3 ޕްލޭނެއް ހެދިފައިވެއެވެ. ބޭސިކް ޕްލޭން - 250ރ މަހަކަށް، ސްޓޭންޑަޑް ޕްލޭން - 450ރ މަހަކަށް، އަދި އެޑްވާންސްޑް ޕްލޭން - 699ރ މަހަކަށް ދައްކާލުމަށްފަހު މި ޕްލެޓްފޯމް ބޭނުންކުރެވޭނެއެވެ.
މި ޕްލެޓްފޯމް ބޭނުންކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ރެވްސޯލް ޓީމާ ގުޅާލައިގެން (އީމެއިލް މެދުވެރިކޮށް ނަމަ: support@revsol.io، sales@revsol.io) (ފޯނުން ނަމަ: 9621737) ކުރިއަށް ދެވޭނެއެވެ.
ރެވްސޯލް ޕޮސްއަކީ ރެވްސޯލްގެ އުފެއްދުމެކެވެ. ރެވްސޯލްގެ މައިގަނޑު މިޝަންއަކީ ވިޔަފާރިތައް ބާރުވެރިކޮށް ކުރިއެރުވުމަށް ޑިޖިޓަލް ޓްރާންސްފޯމޭޝަންއަށް މަގުފަހިކޮށްދޭ އިނޮވޭޓިވް ޓެކްނޮލޮޖީގެ ހައްލުތައް ފޯރުކޮށްދިނުމެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.