މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމްޑީއެސް) ގެ ނަމުގައި އައު އިދާރާއެއް އުފައްދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ވަނީ އިއުލާނު ކޮށްފައެވެ. މިއިދާރާ އުފެއްދުމާއެކު، ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ވަނީ ރަސްމީކޮށް އުވާލާފައެވެ. އެއާއެކު އެންސީއައިޓީގެ ދައުރާއި އެންމެހާ މަސްއޫލިއްޔަތުތައް ވަނީ އެމްޑީއެސްއަށް ބަދަލުކޮށްފައެވެ. އަދި ހަމަ ކުރިން އެންސީއައިޓީ ހިންގި ފަދައިން، އެމްޑީއެސް ވެސް ހިންގާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިދާރާއިން އާންމުކޮށްފައިވާ ބަޔާނުގައި ވާގޮތުން އެމްޑީއެސް އުފައްދާ، އެންސީއައިޓީ އުވާލާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ.
މޯލްޑިވްސް ޑިޖިޓަލް ސާވިސް ހަރަކާތްތެރިވާނީ ސަރުކާރުގެ ޑިޖިޓަލް އިނީޝިއޭޓިވްތައް ހިންގާ އަދި ތަންފީޒުކުރާ މަރުކަޒީ އިދާރާގެ ގޮތުގައެވެ. އެގޮތުން ދިވެހިރާއްޖޭ ޑިޖިޓަލް ފަސްޓް ގައުމަކަށް ހެދުމަށް އެކުލަވާލާފައިވާ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028: ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ އެންމެ އިސްކޮށް ދެން އަދާކުރާނީ އެމްޑީއެސް އިންނެވެ. މި ރޯޑްމެޕްއަކީ ސަރުކާރުން އާންމުންނަށް ފޯރުކޮށްދޭ ހިދުމަތްތައް، ޓެކްނޮލޮޖީގެ ޒަރީއާއިން ފޯރުކޮށްދިނުމަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަދި ޑިޖިޓަލް އެޕްލިކޭޝަންތައް އުފެއްދުމަށް ޕްލޭންކޮށް އެކުލަވާލާފައިވާ ރޯޑްމެޕެކެވެ.
މޯލްޑިވްސް 2.0 ރޯޑްމެޕް ތަންފީޒު ކުރުމަކީ މިއިދާރާއަށް އަލަށް ހަވާލުކުރެވުނު މެންޑޭޓެކެވެ. މީގެ އިތުރުން ދެން މިއިދާރާގެ މެންޑޭޓަކީ ކުރިން އެންސީއައިޓީން އަދާކުރި ހުރިހާ މަސްއޫލިއްޔަތުތަކެވެ.
އެންސީއައިޓީ އުފެއްދީ 2003 ވަނަ އަހަރުގެ މާރޗް 25 ގައެވެ. އެންސީއައިޓީ އުފެއްދީ ދިވެހިރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ ތަރައްޤީކުރުމާއި، ކުރިއެރުވުމާއި، ފުޅާކުރުމުގެ މަސައްކަތްކުރާ ސަރުކާރުގެ މައި އިދާރާގެ ގޮތުގައެވެ. އިދާރާގެ އެންމެ މުހިއްމު މަސަސްކަތްތަކުގެ ގޮތުަގައި ހިމެނުނީ ސަރުކާރުގެ ކޮމްޕިޔުޓަރ ނެޓްވޯކެއް އުފެއްދުމާއި، އީ-ގަވަންމަންޓްގެ ހިދުމަތްތައް ތަރައްގީކުރުމާއި، ދިވެހިރާއްޖޭގައި ޓެކްނޮލޮޖީ ބޭނުންކުރުމާއި ގުޅޭ ޕޮލިސީ އެކުލަވާލާ ތަންފީޒުކުރުމެވެ.
2003 ގައި އުފެދުނު ފަހުން އެންސީއައިޓީއިން ވަނީ ސަރުކާރު އިދާރާތައް ގުޅުވާލުމަށް ބޭނުންވާ ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯކް ގާއިމްކުރުމުގެ މަސައްކަތް ކޮށްފައެވެ. އަދި ސަރުކާރުގެ މުހިންމު ޕްލެޓްފޯމްތައް ހޯސްޓްކުރާ ނޭޝަނަލް ޑޭޓާ ސެންޓަރ ވެސް ގާއިމްކޮށްފައެވެ. މީގެ އިތުރުން ޑިޖިޓަލް އައިޑެންޓިޓީ އަދި ސިންގަލް ސައިން އޯން އެޕްލިކޭޝަން (އީފާސް) އަދި ސަރުކާރުގެ ރަސްމީ ލިޔެކިޔުންތައް ބަދަލުކުރާ އެޕްލިކޭޝަން (ޖެމްސް)، ފަދަ އެތަކެއް އެޕްލިކޭޝަންތަކެއް ޑިވެލޮޕްކުރުމުގެ މުހިއްމު މަސައްކަތްތަކެއް ވެސް ކޮށްފައެވެ.
އިއްޔެ އެންސީއައިޓީ ރަސްމީކޮށް އުވާލެވުނު އިރު، އެއިދާރާއިން ވަނީ ގާތްގަނޑަކަށް 23 އަހަރު ވަންދެން ދިވެހިރާއްޖޭގެ މަރުކަޒީ އައިޓީ އިދާރާގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް