Download Logo
Copy Logo

ލެނޮވޯ އޭއައި އިންގިލާބާއެކު ވޯލްޑް ކަޕްގެ ފައިނަލަށް ދުނިޔެ ތައްޔާރުވެއްޖެ

އަޙްމަދު ދާއޫދު 19 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 އަކީ ފުޓްބޯޅައިގެ ތާރީޚުގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އަދި "މީގެ ކުރިން ނުފެންނަ" ޓެކްނިކަލް ޗެލެންޖްތަކެއް ކާމިޔާބުކަމާއެކު ހައްލުކުރި މުބާރާތެއްގެ ގޮތުގައި މި މުބާރާތުގެ އޮފިޝަލް ޓެކްނޮލޮޖީ ޕާޓްނަރު، ލެނޮވޯ (Lenovo) އިން ވަނީ ސިފަކޮށްފައެވެ.

ޓެކްރާޑަރ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ލެނޮވޯގެ ސޮލިއުޝަންސް އެންޑް ސާވިސަސް ގްރޫޕުގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އަދި ޕްރެޒިޑެންޓް ކެން ވޮންގް ކުރިން ވިދާޅުވެފައިވާ ފަދައިން، އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ހިމެނޭގޮތަށް ތިން ޤައުމެއްގެ 16 ސްޓޭޑިއމެއްގައި 48 ޤައުމާއެކު 104 މެޗު އޮޕަރޭޓްކުރުމަކީ ފީފާ އާއި އޭގެ ޕާޓްނަރުންނަށް ކުރިމަތިވި އެންމެ ބޮޑު އިމްތިހާނެވެ. އަދި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މި ބޮޑު މުބާރާތުގެ ފައިނަލް މެޗާއެކު، ޓެކްނޮލޮޖީގެ ގޮތުން ފުޓްބޯޅައަށް އައި އާ ޒަމާން ފުރިހަމަވެގެންދާނެއެވެ.

ދުނިޔޭގެ އެންމެ ޑޭޓާ ގިނަ ސްޕޯޓްސް ޖަމިއްޔާ ކަމަށްވާ ފީފާގައި ހުރި އެތައްހާސް މެޗުތަކާއި ކުޅުންތެރިންގެ ޕާފޯމެންސް އަދި ހިސްޓޯރިކަލް ޓްރެންޑްސް ހިމެނޭ ޕެޓާބައިޓްސްގެ ގިނަ ޑޭޓާތައް އެނަލައިޒްކުރުމަށް ލެނޮވޯ އިން ބޭނުންކުރި "ފުޓްބޯލް އޭއައި ޕްރޯ" ސިސްޓަމް ވެގެންދިޔައީ މުބާރާތުގެ އެންމެ ބޮޑު އެހީތެރިޔާއަށެވެ. ގިނަ އޭއައި އެޖެންޓުތަކެއް އެކުލެވޭ މި އެންޓަޕްރައިސް ނޮލެޖް އެސިސްޓެންޓް އިން 2,000 އަށްވުރެ ގިނަ މެޓްރިކްސް އާއި މިލިއަނުން ޑޭޓާ ޕޮއިންޓްތައް ބަލައި، ކޯޗުންނަށް ބޭނުންވާ ޓެކްޓިކަލް އިންސައިޓްތައް މުޅި މުބާރާތުގައި ފޯރުކޮށްދީފައިވެއެވެ. މީގެ އެންމެ ބޮޑު ކާމިޔާބީއަކީ ބޮޑެތި ފުޓްބޯޅަ ޤައުމުތަކަށް ލިބޭ ފަދަ މުހިންމު އެނަލިޓިކްސް ރިސޯސްތައް، މިއަހަރު އަލަށް ކޮލިފައިވި ކިއުރަސާއޯ އާއި ކޭޕް ވާޑް ފަދަ ކުދި ޤައުމުތަކަށްވެސް ހަމަހަމަކަމާއެކު ފޯރުކޮށްދީ، އާޓިފިޝަލް އިންޓެލިޖެންސް ޑިމޮކްރަޓައިޒް ކޮށްދިނުމެވެ.

މީގެ އިތުރުން ރެފްރީންނާއި ބްރޯޑްކާސްޓިންގް ދާއިރާއަށް އަމާޒުކޮށްގެން ލެނޮވޯ އިން ތައާރަފުކުރި އާ އީޖާދުތައް މުޅި މުބާރާތުގައި ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން އޮފްސައިޑް ބަލާ ވަގުތު ޖެނެރިކް މޮޑެލްތަކުގެ ބަދަލުގައި، ކޮންމެ ކުޅުންތެރިއެއްގެ ޙަޤީޤީ ހަށިގަނޑުގެ ބޮޑުމިނާއި ފިޒިކަލް ޑައިމެންޝަންތަކަށް ތައްޔާރުކޮށްފައިވާ "އޭއައި އެނޭބަލްޑް ތްރީޑީ އަވޭޓާރސް" ބޭނުންކޮށްފައިވެއެވެ. މިއީ ވީއޭއާރް ގެ ނިންމުންތައް މުޅި މުބާރާތުގައި އިތުރަށް ސައްހަކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ހަމައެއާއެކު ފީފާ ކްލަބް ވޯލްޑް ކަޕް 2025 ގައި ތަޖުރިބާކުރި ރެފްރީންގެ ބޮޑީ ކެމެރާ ނުވަތަ "Referee View" މިފަހަރުގެ ވޯލްޑް ކަޕްގެ ހުރިހާ މެޗެއްގައި ވެސް ވަނީ ބޭނުންކޮށްފައެވެ. ލެނޮވޯގެ އޭއައި ސްޓެބިލައިޒޭޝަން ޓެކްނޮލޮޖީގެ އެހީގައި މި ކެމެރާތަކުން ފެނުނު މަންޒަރުތައް އިތުރަށް ސާފުވެ، ދުނިޔޭގެ 6 ބިލިއަނަށްވުރެ ގިނަ ބެލުންތެރިންނަށް ރެފްރީގެ ނަޒަރުން މެޗުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބުނުއިރު، މިރޭގެ ފައިނަލް މެޗުގައިވެސް މި ތަޖުރިބާ ފޭނުންނަށް ލިބިގެންދާނެއެވެ.

މުބާރާތުގެ އޮޕަރޭޝަންސްތައް ބެލެހެއްޓުމަށްޓަކައި މިޔާމީގައި ޤާއިމްކުރި ޚާއްސަ ޓެކްނޮލޮޖީ ކޮމާންޑް ސެންޓަރު އިން 600 އަށްވުރެ ގިނަ ސައިޓްގެ ޑޭޓާ މުޅި މުބާރާތުގައި ރިއަލް-ޓައިމްކޮށް މޮނިޓަރ ކޮށްފައިވެއެވެ. އަދި ވެނިއުތަކުގެ "ޑިޖިތަލް ޓްވިން" ހަދައިގެން ދަނޑުތަކަށް ވަން ސަޕޯޓަރުން ކޮންޓްރޯލްކުރުމާއި، "ސްމާޓް ވޭފައިންޑިންގ" ސިސްޓަމް މެދުވެރިކޮށް ސަޕޯޓަރުންނަށް ފަސޭހައިން މަގު ހޯދައިދިނުމުގެ އިންތިޒާމު މިރޭގެ ފައިނަލް މެޗާ ހަމައަށްވެސް ވަނީ ނުހަނު ފުރިހަމައަށް ބޭނުންކޮށްފައެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައިވާ ފަދައިން 2026 ގެ ވޯލްޑް ކަޕަކީ މި ދުނިޔޭގައި ބޭއްވުނު އެންމެ ބޮޑު ޝޯއަށް ވެގެންދިޔައިރު، ލެނޮވޯ އާއެކު ޑިޖިޓަލް ޓެކްނޮލޮޖީ އާއި އޭއައި ބޭނުންކޮށްގެން ސަޕޯޓަރުންނަށް ވަނީ "ސިކުނޑި ހަމަޖައްސާލާނެ" ތަޖުރިބާއެއް ދީފައެވެ.

ލެނޮވޯއިން ބުނި ގޮތުގައި މިރޭގެ ފައިނަލް މެޗާއެކު ނިމިގެންދާ މި މުބާރާތަކީ ތާރީޚުގައިވެސް އެންމެ ބޮޑަށް އޭއައި ބޭނުން ކުރި ގްލޯބަލް ސްޕޯޓިންގ އިވެންޓުގެ ގޮތުގައި ރެކޯޑުކުރެވިގެންދާނެ މުބާރާތެކެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.