ޔުނިވާސިޓީ އޮފް ކެލިފޯނިއާ، ލޮސް އެންޖެލިސް (ޔޫސީއެލްއޭ)ގެ ދިރާސާވެރިން އަލީގެ އެހީގައި ޑީޕްފޭކް ދެނެގަނެވޭނެ އައު އޭއައި ސިސްޓަމެއް އުފައްދާފިއެވެ. މި ޓެކްނޮލޮޖީއިން އެހެން ސިސްޓަމްތަކާއި ހިލާފަށް އެއްފަހަރާ 15 ނުވަތަ އެއަށްވުރެ ގިނަ ވީޑިއޯ ބަލައި، ދާދި އަވަަހަށް ގިނަ އަދަދެއްގެ ވީޑިއޯ ބަލައިލެވޭނެއެވެ.
ޕްރޮފެސަރ އައިޑޯގަން އޮޒްކާން އިސްނެގުމުގެދަށުން ދިރާސާވެރިން ޑިޖިޓަލް ކޮމްޕިއުޓިންއާއި އޮޕްޓިކަލް ޕްރޮސެސިން ބޭނުންކޮށްގެން ޑީޕްފޭކް ބެލޭ ނިޒާމެއް ތައާރަފުކޮށްފައިވެއެވެ. އެންމެ ފުރަތަމަ ޑިޖިޓަލް އެންކޯޑަރަކުން ކޮންމެ ވީޑިއޯއަކުން މުހިންމު މައުލޫމާތު ނަގައި، އަލީގެ ޕެޓާނަކަށް ބަދަލުކުރެއެވެ. ދެން އެ ޕެޓާން ޚާއްޞަ އޮޕްޓިކަލް ލޭޔަރތަކުގެ ތެރެއިން ދައުރުކުރެއެވެ. މީގެން އަލީގައިވާ ދިފެރިވުން ބަލައި އޭގެން އޭއައި ހިސާބުކުރެއެވެ.
ޓެސްޓްތަކުގައި މި ސިސްޓަމުން 15 ސެލެބް-ޑީއެފް ވީޑިއޯ އެއްފަހަރާ %99.86ގެ ސެންސިޓިވިޓީއާއި 95.72%ގެ ސްޕެސިފިސިޓީއާއިއެކު އެވްރެޖްކޮށް %97.79 ގެ ޞައްޙަކަމާއެކު ތަހުލީލުކޮށްފައިވެއެވެ. މީގެއިތުރުން އެއްފަހަރާ 18 ވީޑިއޯއަށް ކެޕޭސިޓީ އިތުރުކުރުމުންވެސް އޭކިއުރެސީ %96.13 ގައި ހިފަހެއްޓިފައިވެއެވެ.
ދިރާސާވެރިން މި ސިސްޓަމް ގޫގުލްގެ ވީއޯ-3 ބޭނުންކޮށްގެން އުފައްދާފައިވާ ވީޑިއޯތައްވެސް ޓެސްޓްކޮށްފަިއިވެއެވެ. މިގޮތުން ކުޑަކުޑަ ބަދަލުތަކަކާއިއެކު މި މޮޑަލްގެ ވީޑިއޯތައްވެސް %97.61 ސެންސިޓިވިޓީގައި %94.80 އެކިއުރެސީގައި ޑީޕްފޭކް ފާހަގަކުރެވުނެވެ. މިކަމުގައި ބޭނުންކޮށްފައިވަނީ މި މޮޑަލަށް ކުރިން ނުފެނިފައިވާ ވީޑިއޯތައްކަން ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން މި ސިސްޓަމުން އޭއައި ޑިޓެކްޓަރުތަކަށް އޮޅުވާލުމަށްޓަކައި ވީޑިއޯތަކަށް ނޮއިޒް އިތުރުކޮށް، ކޮމްޕްރެސްކޮށް، ފުސްކޮށް، އަދި އެހެން ގޮތްތަކުން އޮޅުވާލަން އުޅުނަސް ޑީޕްފޭކްތައް ރަނގަޅަށް ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ޑީޕްފޭކްތައް ބޭނުންކޮށްގެން ކުރާ އެޓޭކްތަކާއި ކުށްތަކުން ރައްކާތެރިކުރުމަށް އޮޕްޓިކަލް ކޮމްޕިއުޓޭޝަން ބޭނުންކުރެވޭނެ ގޮތްތަކެއް ތައާރަފުކުރެވިފައިވެއެވެ.
ޔޫސީއެލްއޭގެ ޓީމުން ބުނާ ގޮތުގައި މި ޓެކްނޮލޮޖީ ބޮޑު ސްކޭލްގައި ޑީޕްފޭކް ހޯދުމުގެ ފުރަތަމަ ފަށަލައެއްގެ ގޮތުގައި މަސައްކަތް ކުރެވިދާނެ އެވެ. އޮޕްޓިކަލް ޕްރޮސެސިންގެ ސަބަބުން ގިނަ އަދަދެއްގެ ވީޑިއޯތައް އަވަހަށް ސްކްރީން ކުރެވޭއިރު، ވަރުގަދަ ޑިޖިޓަލް ސިސްޓަމްތަކުން ޝައްކު ކުރެވޭ ކޮންޓެންޓްތައް އިތުރަށް ތަފްސީލުކޮށް ބެލޭނެ އެވެ. އީލައިޓްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި އަލި ބިނާކޮށް އުފައްދާ އޭއައި އިން އުފައްދާ ވީޑިއޯތައް އިތުރަށް ރިއަލިސްޓިކްވަމުންދާ ގޮތް ދެނެގަތުމަށް އެހީތެރިވުމަށް އަވަސް އަދި ހަކަތަ ރައްކާތެރި ގޮތެއް ހޯދައިދެވިދާނެ އެވެ. މި ދިރާސާ އީލައިޓްގައި މިދިޔަ މަހު ފަހުކޮޅު ޝާއިރުކޮށްފައިވެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.