އެންމެފަހުން އިންޓަނެޓް އެކްސްޕުލޯރާ އުވާލަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިކްރޮސޮފްޓްއިން މިހަފްތާގައި އާންމުކޮށް އަންގައިފައިވަނީ އެ ކުންފުނީގެ އެންމެ ދުވަސްވީ، ނަމަވެސް ގިނަބަޔަކު ނުރުހޭ ބުރައުޒާ އިންޓަނެޓް އެކްސްޕުލޯރާއަށް ސަޕޯޓް ދިނުން ހުއްޓާލާނެ ކަމަށެވެ.

މީގެ މާނައަކީ ބަގް ފިކްސިންއާއި، އަޕްޑޭޓްތައް ދެނެއްް އައިއީއަށް ނާންނާނެއެވެ. އަދި މިދިޔަ އަހަރު އޮގަސްޓްއިން ފެށިގެން މައިކްރޮސޮފްޓްގެ އަމިއްލަ އެޕްލިކޭޝަންތަކާއި ގިނަ ވެބްސައިޓްތައްވެސް އައިއީގައި މަސައްކަތްކުރުން ވަނީ ހުއްޓާލާފައެވެ. މީގެ ތެރޭގައި މައިކްރޮސޮފްޓް ޓީމްސްއާއި އަދި އޮފީސް365 އޮންލައިން އެޕްލިކޭޝަންތައްވެސް ހިމެނެއެވެ.

އެންމެ ގިނައިން އާންމުން ކުރިން ބޭނުންކުރި މި ބްރައުޒާއަށް މިހާރު 2 ގަރުނުވާން ކައިރިވެފައިވާއިރު ބްރައުޒާ މާކެޓުގައި އައިއީގެ ޝެއާ 2010 ގައި 50 އިންސައްތައަށް ވުރެން ދަށަށް ގޮސްފައިވެއެވެ. އަދި މިހާރު 5 އިންސައްތައިގައި އޮތްއިރު، ނެޓްމާކެޓްޝެއާ ބްރައުޒާ މާކެޓުން އިނގޭ ގޮތުގައި ގޫގަލް ކްރޯމް އަކީ މާކެޓުގައި އެންމެ މަތީގައި 69 އިންސައްތައިގައި އޮތް ބްރައުޒާއެވެ.

އައިއީ ހުއްޓާލަން ނިންމާފައިވިޔަސް އަދި ވިންޑޯޒް ކޮމްޕިއުޓަރުތަކަށް ފުރަތަމަ ސެޓްއަޕް ހަދާއިރު މި ބްރައުޒާ ނީންނާނެކަން ކަށަވަރު ކޮށްފައިނުވެއެވެ.

މިހާރު މައިކްރޮސޮފްޓްގެ ގިނަ އެޕްލިކޭޝަންތަކުގެ ރަނގަޅު ޕާފޮމަންސާއި އެކީ ބޭނުންކުރެވޭ ބްރައުޒާއެއް ގޮތުގައި މައިކްރޮސޮފްޓްއިން އެޖް ބްރައުޒާ ވަނީ ތަޢާރަފްކޮށް ކޮންމެ ދުވަހަކު އިތުރަށް މި ބްރައުޒާ ތަރައްގީ ކުރަމުންދާކަންވެސް ފާހަގަކުރެވެއެވެ.

އިތުރަށް ކިޔާލުމަށް :

އެޖް ބްރައުސާއަށް ކުޑަކުދިންނަށް ޙާއްސަ މޯޑެއް

މައިކްރޯސޮފްޓް އެޖް އިން އޮޓޯޕްލޭ ވީޑިއޯ ބްލޮކް ކުރަނީ

މައިކްރޯސޮފްޓް އެޖް ލެގަސީ ރިޓަޔަރކޮށްފި

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.