ފޭސްބުކްއިން ވާޗުއަލް ރިއަލިޓީއަށް ހާއްސަކޮށް 10 މިލިއަން ޑޮލަރުގެ ކްރިއޭޓާ ފަންޑެއް ހުޅުވުމަށް ނިންމައިފިއެވެ. މި ފަންޑުގެ ބޭނުމަކީ އެކުންފުނީގެ ހޮރައިޒަން ވީއާރް ޕްލެޓްފޯމަށް ބޭނުންވާ ކޮންޓެންޓް އުފެއްދުމަށް ބާރުއެޅުމެވެ. ހޮރައިޒަން ވޯލްޑްސްގެ ނަންދީފައިވާ މި ޕްލެޓްފޯމަކީ މިވަގުތު ބީޓާ ޓެސްޓިންގައިވާ ޕްލެޓްފޯމަކަށް ވިޔަސް ފޭސްބުކްގެ އަމާޒަކީ މިފަންޑު މެދުވެރިކޮށް މި ޕްލެޓްފޯމް ބޭނުންކުރ ފަރާތްތަކަށް ކަމުދާނެ ވީހާވެސް ގިނަ ކޮންޓެންޓް އުފެއްދުމެވެ.
އެގޮތުން ކުރިއަށް އޮތް އަހަރުތެރޭގައި މި ފަންޑް މެދުވެރިކޮށް 3 ބަޔަކަށް ހަރަދުކުރެވިގެންދާނެއެވެ. އެއީ:
1. ހޮރައިޒަން ވޯލްޑްސްއަށް ވީހާވެސް ގިނަ ކޮންޓެންޓް ހޯދުމުގެ ގޮތުން އެކުންފުނިން ހުޅުވާލައިގެން ބާއްވާ މުބާރާތްތަކަށެވެ. މި މުބާރާތްތަކުން ވަނަވަނައަށް އަންނަ ފަރާތްތަކަށް 10،000 ޑޮލަރާއި ހަމަޔަށް ފައިސާގެ އިނާމު ދިނުމަށް އެކުންފުނިން ވަނީ ނިންމާފައިއެވެ.
2. ދުނިޔޭގެ އެކިކަނަކޮޅުތަކުގެ އެކި ފަންތީގެ މީހުނުނަށް ހޮރައިޒަން ވޯލްޑްސްއަށް ކޮންޓެންޓް އުފައްދަން ދަސްކޮށްދިނުމަށް ބޭއްވޭ އެކްސެލެރޭޓާ ޕްރޮގްރާމްތަކަށް. އެގޮތުން ފޭސްބުކްއިން ވަނީ ސެޕްޓެމްބަރު މަހުގައި މިސިލްސިލާގެ ފުރަތަމަ ޕްރޮގްރާމް ބާއްވާފައިއެވެ. އަދި 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަށް އެޕްލިކޭޝަން ބަލައިގަތުން އެކުންފުނިން ނޮވެމްބަރު މަހުގައި ފަށާނެއެވެ.
3. ހާއްސަ ތީމްތަކަށް ހޮރައިޒަންއަށް ކޮންޓެންޓް އުފެއްދުމަށް ބޭނުންވާ ފަރާތްތަކަށް
މި ފަންޑުގެ ސަބަބުން ފޭސްބުކްގެ ވާޗުއަލް ޕްރޮގްރާމްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް ބެލެވެއެވެ. އެގޮތުން މިހާރުވެސް އެކުންފުނިން ވަނީ އޮކިއުލަސް ވީއާރް ހެޑްސެޓްތަކަށާއި އެކޯސިސްޓަމްތަކަށް ބޮޑެތި ހޭދަތަކެއް ކޮށްފައިއެވެ. މީގެ އިތުރުން ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ހާމަކޮށްފައިވާ ގޮތުގައި އޭނާގެ އަމާޒަކީ މީހުން ފޭސްބުކް މެޓަވާސް ކުންފުންޏެއްގެ ގޮތުގައި ބަލައިގަތުމެވެ. އެގޮތުން މިކަން ހާސިލުކުރުމަށް އެކުންފުނިން އުފައްދާފައިވާ އެއް އުފެއްދުމަކީ ހޮރައިޒަން ވޯކްރޫމް އެޕްލިކޭޝަނެވެ. މިއެޕްލިކޭޝަނަކީ ވީއާރް މީޓިންގްރޫމެކެވެ.
ފޭސްބުކްއިން އެކުންފުނީގެ ވާޗުއަލް ރިއަލިޓީ އުފެއްދުންތަކަށް ކޮންޓެންޓް އުފެއްދުމަށް ހަލުވިކަމާއިއެކު މަސައްކަތްތަކެއް ކުރަމުންދާއިރު އެކުންފުންޏަށްވަނީ އެޕިކް ގޭމްސްއާއި ރޮބްލޮކްސްފަދަ ކުންފުނިތަކާއި ވާދަކުރަންޖެހިފައިއެވެ. މި ދެކުންފުންޏަކީވެސް އެކުންފުނީގެ ޕްލެޓްފޯމްތައް ބޭނުންކުރާ ފަރާތްތަކުން އުފައްދާ ކޮންޓެންޓަށް ވަރަށް ބޮޑަށް ބަރޯސާވާ ދެކުންފުންޏެވެ.
އިތުރަށް ކިޔާލުމަށް :
ފެސްބުކް އިން ވީއާރ ހެޑްސެޓް ތަކުގައިވެސް އިޝްތިހާރު ކުރަނީ
ސްމާޓް އައިނު: ފެއިލްވުމަށް ފަހު މިހާރު އަންނަ ކުރިއެރުން
ވީއާރްއަށް ހާއްސަ ދިހަވަރަކަށްހާސް މުވައްޒަފުން ފޭސްބުކްގައި
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި