އޭއައި ގެ އެހީގައި ހޮލީވުޑް ފިލްމް ތަކުގައި އެކްޓަރުން ޅަކުރަނީ

ޓެކު ކަލޯ 02 ފެބްރުއަރީ 2023

ރޮބާޓް ޒެމެކްކިސް ގެ ފިލްމް "ހިއަރ" ގައި ހޮލީވުޑްގެ ތަޖްރިބާކާރު އަދި ކާމިޔާބު އެކްޓަރ ޓޮމް ހޭންކްސް އަދި ރޮބިން ރައިޓް އާއި އެހެނިހެން ބައިވެރިންވެސް "މެޓަފިޒިކްސް ލައިވް" ނަމަކަށް ކިޔާ އޭއައި ޓޫލް އެއް ބޭނުން ކޮށްގެން ޅަ ކުރުމަށް ވަނީ ނިންމާފައެވެ. ޓޮމް ގްރެހަމް އުފައްދާފައިވާ އާޓިފިޝަލް އިންޓެލިޖެން ކުންފުންޏާއި އެކީ ހޮލީވުޑްގެ މަޝްހޫރު ކްރިއޭޓިވް އާޓްސް އެޖެންސީ އެކުގައިވަނީ އިސްތިރާޖީ ފަހުމުނާމާއެއްގައި ޖަނަވަރީ މަހު ސޮއެކޮށްފައެވެ.

ޓިކްޓޮކްގައި މަޝްހޫރުވެފައިވާ ޓޮމް ކްރޫޒްގެ ޑީފްފޭކް އެކްޓަރ ޑީޕްޓޮމްކްރޫޒް ޕްރޮޖެކްޓް އަދި އެމެރިކާސް ގޮޓް ޓެލެންޓް ސޯ ގައި ގެނެސްދީފައިވާ ޑީޕްފޭކް ތަކުގެ ފަހަތުގައިވާ ޓެކް ކުންފުނިން ބުނެފައިވަނީ އެމީހުންގެ އެންމެ ފަހުގެ މެޓަފިޒިކްސް ލައިވް ޓޫލް ގެ އެހީގައި ހައިރިޒޮލިއުޝަން ކޮށް އަސްލާއި ނުހަނު އެއްގޮތަށް މޫނުބަދަލު ކޮށް އެކްޓަރުން އުމުރު ޅަ ކޮށްލެވިދާނެ ކަމަށާއި، މިހުރިހާ ކަމެއް ކުރަމުންގެންދާނީ ފަހުން އެއްވެސް ވިޝުއަލް އިފެކްޓް ޓަޗްއަޕް ކުރަން ނުޖެހޭގޮތަށް ލައިވް ހުށަހެޅުންތަކުގައި ރިއަލްޓައިމްކޮށް ވަގުން ވަގުތަށެވެ.

މި ޕްރޮޖެކްޓް ގައި މެޓަފިޒިކްސް ގެ އެއް މުވައްސިސު ކަމުގައިވާ ކްރިސް އުމޭ މި ފިލްމް ގެ އޭއައި ސުޕަވައިޒަރ ދައުރު އަދާ ކުރަމުން ދާއިރު އެކުންފުނީގެ ޗީފް އިނޮވޭޝަން އޮފިސަރ ޖޯ ޕަލްއެޓް މަސައްކަތް ކުރާނީ މެޓަފިޒިކްސް ވިޝުއަލް އިފެކްޓް ސުޕަވައިޒަރ ގެ ދައުރުގައެވެ.

މެޓަފިޒިކްސް ގެ ސީއީއޯ އަދި އެއް މުވައްސިސް ކަމުގައިވާ ގްރަހަމް ބުނެފައިވަނީ ސީއޭއާ އާއި އެކު މެޓަފިޒިކްސް އިން މިކުރާ މަސައްކަތުގެ ސަަބަބުން މުނިފޫހިފިލުވުމުގެ ދާއިރާގައި ހައިޕަރރިއަލް އޭއައި ގެ މުސްތަޤްބަލެއް ބިނާ ކުރެވިގެން ދާނެ ކަމަށާއި ދުރުނޫން މުސްތަޤްބަލެއްގައި އޭއައިމެދުވެރިކޮށް އުފައްދާފައިވާ އަސްލާއި އެއްގޮތް އިމާސިވް ކޮންޓެންޓް އުފައްދާ އޭގެ ޑާޓާ ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.

އިތުރަށް ކިޔާލުމަށް :

ޑީޕްފޭކް އަކީ ކޮބާ؟ ޑީޕްފޭކް ދެނެގަންނާނީ ކިހިނެއް؟

އިނގިރޭސި ރާނީގެ ޑީޕް ފޭކް ކްރިސްމަސް މެސެޖް ދެކުނިން ތަ؟

މިފަހަރު ޑީޕްފޭކް ސެޓެލައިޓް ފޮޓޯ!

ޓެކު ކަލޯ

ޓެކު ކަލޯ

ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.