ލުއި ފަސޭހަ ޑިޖިޓަލް ޚިދުމަތްތަކާއެކު އާބަން ސެންޓަރ

އަޙްމަދު ދާއޫދު 08 އޯގަސްޓު 2023

އާބަންކޯގެ ހުރިހާ ޚިދުމަތެއް އެއްތަނަކުން ލިބޭ އާބަން ސެންޓަރު މިއަދު ހުޅުމާލޭގައި ހުޅުވައިފިއެވެ.

އަރބަން ސެންޓަރަކީ އަރބަންކޯގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަގޮތަކަށް އެއްތަނަކުން ފޯރުކޮށް ދިނުމުގެ ބޭނުމުގައި ހުޅުވި ސެންޓަރެކެވެ. މިއީ އެ ކުންފުނި އިތުރަށް ކުރިއަރާ ފުޅާވަމުން ދާވަރަކަށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިގެންދާ ވަރަށް ބޮޑު މަސައްކަތެއް ކަމަށް އެކުންފުނިން ބުނެއެވެ.

އާބަންކޯއިން ބުނީ އަލަށް ހުޅުވި އާބަން ސެންޓަރަކީ އޮންލައިންކޮށް އެކުންފުނީގެ ޚިދުމަތްތައް ހޯދަން ދަތިފުޅުވާ ބޭފުޅުން، ފިޒިކަލީ ޚިދުމަތް ފޯރުކޮށްދިނުމަށް ހުޅުވި ސެންޓަރެއް ކަމަށެވެ. އެގޮތުން އާރބަން ސެންޓަރަށް ވަޑައިގަތުމުން އަރބަންކޯގެ މުވައްޒަފުން އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

މިއަދު ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާބަންކޯގެ މޭނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ، މިއީ ކަސްޓަމަރުންގެ ޝަކުވާތަކަށް، ގާތުން ޚިދުމަތް ދީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މައުލޫމާތު ލިބި، މައުލޫމާތު ފޯރުކޮށްދެވޭނެ ތަނަކަށް ވާނެކަމަށެވެ.

އާތިފް ވިދާޅުވީ ކުރިން އާބަންކޯގެ ހެޑް އޮފީހުގެ ރިސެޕްޝަނުން ލިބުނު މަދު ޚިދުމަތްތަކާ ޚިލާފަށް މިހާރު އާބަން ސެންޓަރުގެ ރިސެޕްޝަނުން ގިނަ ޚިދުމަތްތަކެއް ލިބޭނެ ކަމަށެވެ.

އާބަންކޯއިން ބުނީ އެކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް ބޭނުންވާ ކަންކަން ގާތުންބަލާ އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުން ކަމުގައެވެ.

މިހާރުވެސް އޮންލައިންކޮށް މައިއާބަންކޯ އަދި އާބަންކޯގެ މޯބައިލް އެޕް މެދުވެރިކޮށް ޚިދުމަތްތައް ދިން ކަމުގައި ވިޔަސް، އޮންލައިންކޮށް ޚިދުމަތް ހޯދަން އުނގަދޫވާ މީހުންނަށް އާބަން ސެންޓަރުގެ އެހީގައި ޚިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވިޔަސް އާބަންކޯއިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް އާބަން ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ސެންޓަރު ހުޅުވަން ނިންމާފައި ވަނީ ވިނަރެސް ފްލެޓްގެ ގްރައުންޑް ފްލޯގައެވެ.

މިފަދަ ސެންޓަރުތަކަކީ ޓެކްނޮލޮޖީއިން ގެނުވާ ބައިބައިކުރުންތައް މަދުކުރަން ކުރެވިދާނެކަމެކެވެ.އަދި ޓެކްނޮލޮޖީ ގެ ބޭނުން ނުކުރެވޭ މީހުންނަށްވެސް ޚިދުމަތްތައް ހަމަހަމަ ގޮތެއްގައި ހޯދައިދިނުމަށް މިފަދަ ސެންޓަރުތަކުގެ ބޭނުން ކުރެެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.